ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އިން ސަލާމަތް ވުމަށް ދިވެހިންތަކެއް މާސްކު ބަހާ ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ވަނީ އެ ފަރާތްތަކަށް ތައުރީފު ކޮށްފައެވެ.

ފޭސްބުކުގައި މީހަކު އާއްމުކޮށްފައިވާ އެ ވީޑިއޯގައި ބުނެފައިވަނީ "އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަމާ، އަޅާލުން ދެމާތޯ" އެވެ.

ދައުރުވަމުން އަންނަ އެ ވީޑިއޯ އިން ފެންނަ ގޮތުގައި 2 ގްރޫޕެއްގެ ބަޔަކު މާސްކު ބަހަން ތިބެއެވެ. އެގޮތުން ފުރަތަމަ ފެންނަނީ ސައިކަލަކުން ދިޔަ ބަޔަކު މަގުގައި ތިބި މަސައްކަތު ބަޔަކަށް މާސްކު ބަހާ މަންޒަރެވެ. އަނެއް ގްރޫޕު މަގުގައި މަޑު ކޮށްގެން ސައިކަލުތަކުން ދާ ފަރާތްތަކަށް މާސްކު ދެއެވެ.

މިފަދަ ގޮތަކަށް މިފަރާތްތަކުން މާސްކު ބަހަން ފަށާފައިވަނީ ވައިރަސް އާއި ގުޅުގެން އެކި ފިހާރަތަކުން ލިމިޓް ކޮށްގެން މާސްކު ވިއްކަން ފަށާފައިވާ ދަންޑިވަޅެއްގައެވެ. މީގެ އިތުރުންވެސް ބައެއް ފިހާރަތަކުން ވަނީ ހިލޭ ވެސް މާސްކު ބަހަން ފަށާފައެވެ.

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި މި ވައިރަސް ދުނިޔޭގެ އެކި ގައުމުތަކުން ފެންނަން ފަށާފައިވާ އިރު، މިހާރު ރާއްޖެއިންވެސް ވަނީ މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނި އައިސޮލޭޓް ކޮށްފައެވެ.

https://www.facebook.com/dewin.asif/videos/796140654194548/?t=1

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ނާސަނާ

    ކޯއްޗެކޭ ކިޔާކަށް ތީ ދެއްކުންތެރިކަމެއް.

    8
    71
  2. ވިސްނޭ މީހާ

    ދެ އްކުންތެރިކަމަށް ވިޔަސް އަދި ހެޔޮނިޔަތުގަ ވިޔަސް އެ ވީޑިޔޯ އިން ފެނިގެންދަނީ ރަގަނޅު އާދަކަދަ އިގެ ނަމޫނާ އެއ އް..... ވިޔަފާރިވެރިންވެސް މިގޮތައް އަމަލު ކުރުން އެންމެ އެދެވިގެންވަނީ.....

    75
    1
  3. ހުޝާން

    ނާސަނާ؟ ބަޔަކު ރަނގަޅު ކަމެއް ކުރީމަ އެކަމަށް ފާޑު ކިޔާ ނަހަދާ! އެކަމަށް ހިތްވަރުދީ! ♥️ ކަންކަން ދެނެވޮޑިގެން ވާނީ، މާތް ރަސްކަލާނގެ، ކަލޭ އަކަށް ޖަޖެޖް ނުކުރެވޭނެ! ♥️

    62
    2
  4. ހުޝާން

    ނާސަނާ؟ ބަޔަކު ރަނގަޅު ކަމެއް ކުރީމަ އެކަމަށް ފާޑު ކިޔާ ނަހަދާ! އެކަމަށް ހިތްވަރުދީ! ♥️ ކަންކަން ދެނެވޮޑިގެން ވާނީ، މާތް ރަސްކަލާނގެ، ކަލޭ އަކަށް ޖަޖެޖް ނުކުރެވޭނެ! ♥️ ވެލްޑަން ބޯއީސް!

    35
    2
  5. ނުހާ

    މޮޔަ ބައެއް

    3
    51
  6. ދެވިން ދި ފެއިލް

    ކަމެއް ނެތިގެން އުޅޭ ބައެއް. ސަލާންޖަހަމުން ދުވޭ

    2
    48
  7. ފާތުން

    ވަރަށްވެސް އުފާވެރި މަންޒަރެ.ޖަޒާކަތްﷲ ހަ އިރަން

    61
  8. ޢަންސާރު

    ދިވެހިންނަކީ އެއްބައިވަންތަ ބައެއް...އަހަރެމެން މުސްލިމުންނަށް ވި ކަމީ މަތިވެރި ނިއުމަތެއް.އަލްހަމްދު ލި ﷲ

    33
  9. ސސސ

    މިތާގަ ކޮމެނުތައްކިޔަމުން ބޯހަލާކު. ރަންގަޅުކަމެހް ކުރީމަ އެޗެހި ކިޔަންވީ

    26
  10. ަސދަ

    ތިލެވެލްގެ ކަމެއްކުރާ ހިސާބަކަށް ކަންކަން އަދި ނުދޭ. ޑރ ން ގެ އިރުޝާދު އަޑުއަހަންވީ.
    ތިއަށްވުރެ ރަނގަޅުވީސް ހޭލުންތެރިކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔަނަމަ.

    12
  11. މާސާ ﷲ

    ވަރަށްވެސް އުފާވެރި މަންޒަރެއް ޖަޒާކަތްﷲ ހަ އިރަން

  12. މމސ

    ވަރަށް ރަނގަޅު ކަމެއް ތިކޮށްދެނީ އަސްލު ދިވެހިންގެ ތެރޭގައި އޮންނަ އަހުވަންތަކަން ތިރަންޒުކޮށްދެނީ މާތްﷲ ތިޒުވާނުންގެ މަސައްކަތުގައި ބަރަކާތް ލައްވާ ދަރުމައާއި ސަވާބު މިންވަރުކޮށްދެއްވާންދޭ، އަދި އެޒުވާނުންނަށް ދުޅަހެޔޮ ސިއްހަތެއް މިންވަރު ކޮށްދެއްވާންދޭ އާމީން...

    10
  13. އަސްލޭ

    ހަމަ %100 ދެއްކުން ތެރިކަން،

    10
  14. އިހުސާންތެރިޔާ

    ދި ވެހިންނަކީ ތަފާތު ބައެކެ ވެ. ހިލޭ ބެހިޔަސް ހެޔޮގޮތެއް ނޯ ވެއެ ވެ. ބޮޑު އަގުގާ ވިއްކިޔަސް ބޯފަޅައިގެން ދާ ވަރަށް ގޮ ވެލިފަތި ގޮ ވާނެއެ ވެ.

  15. ލަޔާން

    ހީވަނީ މަޝްހޫރު ވާން ސްޓަންޓެއް!!! ދެން ވަރަށް ބޮޑަށް ޝުކުރިއްޔާ!!! ތިކަންތަށް ކުރާތި ކޮންމެ ދުވަހަކު!!! އެއްފަހަރު ކުރިނަމަ ތިއީ ހަމަ ސްޓަންޓެއް

    1
    1