ކައުންސިލްތަކުގެ މޭޔަރުން ފެއިލްވެފައިވަނީ ނިމިދިޔަ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީއާއި ގުޅޭ ގޮތުން މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ކައުންސިލަރުންނަށް ވަރަށް ބޮޑަށް ގޮންޖެހުން ތަކާއި ފިއްތުންތައް ކުރިމަތި ކުރުވާފައި އޮށް ކަމަށާއި އެބޭފުޅުންގެ މަސައްކަތަށް އެ ސަރުކާރުގައި ހުރަސް އަޅާފައިވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ފެއިލްވީ ކުރީގެ ސަރުކާރުން. އަޅުގަނޑުމެންގެ ސިޓީ ކައުންސިލްތަކަށް އެނގިވަޑައިގަންނަވާނެ މަސައްކަތް ނުކުރެވުނު އެންމެ ބޮޑު ސަބަބަކީ ރައީސް ޔާމީން ލާމަރުކަޒީ ގާނޫނު ރޫޅާލުމާ، ސިޓީ ކައުންސިލްތައް ހަލާކު ކޮށްލުމާ" ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ކައުންސިލަރުންގެ ބާރުތައް ކުޑަކޮށް ބައެއް ކައުންސިލަރުން ސަސްޕެންޑްވެސް ކޮށްފައެވެ.

"ކައުންސިލްގެ އިދާރާވެސް އަތުލީ، ކައުންސިލްގެ ގޮނޑި މޭޒުވެސް އަތުލީ، ކައުންސިލްގެ ކައުންސިލަރުންގެ މުސާރައިން ބައެއް ނެގީ، ކައުންސިލަރުންވެސް ހައްޔަރު ކުރެއްވި އަދި ކައުންސިލަރުންގެ ހުރިހާ ބާރެއް މިދިނީ ހައުސިން މިނިސްޓްރީ އެއް އުފައްދައި އެތަނަށް" ނަޝީދު ވިދާޅުވިއެވެ.

އިއްޔެ އެމްޑީޕީގެ ޕްރައިމަރީގައި ރާއްޖޭގެ 3 ސިޓީއެއްގައި ތިއްބެވި އެޕާޓީއަށް ނިސްބަތްވާ ކައުންސިލަރުން ވަނީ ވޯޓުން ބަލިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސިޓީ ކައުންސިލް މޭޔަރ ޝިފާ މުހައްމަދު، ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ފަލާހް އަދި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސާދިގު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ހައްޕު

    ނަސީދު ތިހިރީ ބުއްދި ގޯސްވެފަ. މީސްތަކުންނޭ އޭނާޔާ ދުރުހެލިވޭ.

    118
    2
    • ނަންނު

      ކުރީ ސަރުކާރު ފެއިލްވީ މި ސަރުކާރާ ހުރެ

    • އަދުރޭ

      ދުރުހެލިވާންވީ މީހާ އެހެރީ 5 އަހަރަށް ޖަލައްލާފަ

  2. ޅލލލ

    ކަލޭ ޢާ ހުރެ ފެއިލް ވީ

    110
    1
  3. ޙުސައިން މ. މުލި

    އަޅެ މީފައްކާ މޮޔައެއްތަ. މިދިޔަ ސަރުކާރު އޮއްވާ ތިޔަ މޭޔަރުން ތައް ހޮވުނީވެސް. މިސަރުކާރުން ކަމެއް ނުވީމަ މޭޔަރުން ނުހޮވުނީ.

    90
  4. Mahujanu

    ވަރަށް ރީތި ގޮތަކަށް ރީނދޫކުލަ ފޮހެވެން ފަށަ އިފި. އަލް ޙަމްދުލި އްލާހި.

    108
  5. މާލެ ބޭބެ

    ނަސީދޫ،، މާބަޑުވެ ވިހާ ދަރިފުޅަށް 6 މަސް،
    މިއީ، ފަހަތަށް ހިނގާ ސަރުކާރެއް، ފަހަތަށްގޮސް އަގަވަތަށް ވެއްޓޭނެ. ނަޝީދު ހިންގި 3 އަހަރުގެ ސަރުކާރުގެ ސަބަބުން ރާއްޖެ ފަނާވީ..... ފަނާވަނީ...ފަނާވަނީ

    80
  6. ޕާޓީގެނޯއް

    މި އަނގަގަދަ މީހާއާހެދި ޕާޓީގެ އަގުވެއްޓި ޕާޓީވެސް ފޭލިވަނީކަންނޭގެއި ހުރިހަ ކަމެއްގެ ތެރެއަށް ދޮގު، ވަގުހަދަނީ

    60
  7. ބޮލި މުލައް

    އެހެންވީމަ މިފަހަރު ހޮވުނު މީހުން ހޮވުނީ ރައްޔަތުން ބަލައިގަންނާތީއެއްނޫނޭ ދޯ ތިބުނަނީ.
    ކޮބާ ޕްރައިމަރީ ކާމިޔާބުކުރީމަ ރީތިގެއެއްގެ ސޮލަވާތަށް އަރުވައިފިއެއްނު.

    30
  8. ހޯހޯ

    ކަމެއް ވާއިރަށް ކުރީ ސަރުކާރު ކުރީސަރުކާރު. މިސަރުކާރަށް ކަމެއް ވޭތަ ކުރީ ސަރުކާރަށް މި ކިޔަނި

    46
  9. އަފީ

    މީ ހަމަ ބުރާންޗެއް! ފުރަތަމަކަމަކަށް ކުރަންވީ މީނަ ރައީސް ޔާމީން ގެ ޒާމަތުގައި ބިނާ ކުރި ދަރުމަވަންތަ ހޮސްޕިޓަލްއަށް ގެންގޮަސް ސިކުނޑީގެ ޓެސްޓެއް ހަދަންވީ!

    44
  10. ....

    ކުރީގެ ސަރުކާރުންް ތިހެން އެހެން މީހުންގެ ކުއްދެއްކިތަނެއް ނުފެނޭ....އާންމުކޮށް އިންސާނުން އަނެކާގެ ކުށް ދައްކާ އުޅެނީ ތިމާގެ އުނިކަން ނުވަތަ ކުށް ފޮރުވަން....އެސަރުކާރޭ ނުކިޔާ ކުރަންް ބުނި ކަންކަން ކުރެވޭތޯ ބަލަންވީނު..އިނގޭ މިހެން ބުނާއިރުވެސް ނުވާނެކަން....ޔަހޫދީން އޮތީ ތާރީހުގައ ތި ޑްރާމާ ކުޅެފަ....

    43
    1
  11. ވަހީދުބެ

    ޗައިނާއިން ފެނިގެން މިއުޅޭ ކޮރޯނާ ވައިރަހަކީ ޔާމީނުގެ އުފެއްދުމެކޭ ނުބުނީކީއްވެ.

    45
  12. ނުރަބޯ

    މިދިޔަ 15 މަސްދުވަހުވެސް ކުރީ ސަރުކާރުންދޯ މިރާއްޖޭގަ ވެރިކަންކުރީ އެހެންވީމަ. މުސްކުޅި ބަހެއްގަ އޮންނާނެ "އަނގަ އޮތިއްޔަކާ ކާޅެއް ނުކާނެޔޭ" ކަލެޔަށްވެސް ތިވަނީ އެހެން. ކަމެއް ނުވީމަ އަނެއްމީހާ ގޯސްވީ

    43
  13. ބަރުގޮނު

    އެމް.ޑީ.ޕީ ވާ ކޮންމެ ފޭލް ވުމެއްގެ ސަބަބަކީ ނަޝީދު. އޮޅުވާލަން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއްނެތް.

    45
  14. ފާއިޒު

    ތީ ސީދާ ކަނޑައެޅިގެން ދޮގެއް. އެހެން ވީއިރު މޭޔަރުންނަށް މޭޔަރުންގެ ސަރުކާރު އައިސް އިނޑިޔާގެ ފުރިހަމަ އެހީއާއެކު އެމް ޑީ ޕީގެ ބޮޑު ބަޖެޓުން ފާއިތުވި އަހަރުގައި ރައްޔިތުންނަށް ކޮށްދެވުނީ ކޮންކަމެއް

    12
  15. ދީވާލްޕާ

    މަސްނުބޭނުނީމަ ކަނޑުނުބައިނުކަރަނީ ތިމާމެންނައް ވޭތުވިދުވަސްތަކުގައި ކަމެއްނުކޮއްދެވުނީމާ ނުބައިކުރަނީ ކުރީސަރުކާރު ސާބަހޭގަމާރު

    12
  16. ޒެޑް

    މޭޔަރުން ފެއިލވީ އެ މޭޔަރުންނަށް ކަލޭގެ ތާޢީދު އޮތްކަން ރައްޔިތުންނަށް އެނގުމުން، ކަލެޔާ ދެކޮޅަށް ގިނަ މީހުން ވޯޓު ދިނުމުން. މި އިންތިޚާބުން އެނގުނު އެއްޗަކީ ކަލޭގެ އަސްލު ސައިޒު. ޔޫކޭ އަށް ފުރުމަށް ތަންމަތި ބަނދޭ!

    14
  17. Anonymous

    މަނިއްޕުޅާ: އޮޅުވާލަން ނޫޅޭ މިޕުރައި މަރީ އިންތިހާބަކީ މަނިއްޕުޅަށް ލިބުނު ހިތުންނުފިލާވަރުގެ ހިއްދަތި
    ނާކާމިޔާބީއެތް އެ 3 މޭޔަރުން ރައްޔިތު މީހާ ބަލައިނުގަތީ މަނިއްޕުޅުގެ ފޫކޮޅުގައި އެނބުރޭ ފިރިހެން
    ބަޅިނދު ތަކަކަށްވާތީ.
    ޟުކުރިއްޔާ ރައީސް އިބޫ.
    މަރުހަބާ ރައީސް އިބޫގެ ޓީ މް.

    10
  18. ޢަދުރޭ

    މީނަ މީ ކުޑައިރުވެސް ނާސިސިސްޓިކް ޑިސްއޯޑަރ ކިޔާ ނަފްސާނީ ބަލި ޖެހިފަ ހުރިމީހެއް . މީނަ އެންމެ ކުޑައިރު އެގޭގައި އުޅުނު މީހުން ބުނެ . މީނަ އަމިއްލަޔަށް ތަނަކުން ވެއްޓުނަސް އަވަހަށް ބަލާނީ އެ ހިސާބު ކޮންމެސް ތަނެއްގައި މީހަކު ފެންނަން ހުރިތޯ ކަމަށް ދެން . ފެނިއްޖިއްޔާ ރޮއެ ގަނެފަ ބުނެޔޯ އެހެރަ މީހާޔާ ހެދި ޔޭ ވެއްޓުނީ ... މީނަގެ އެއްވެސް ނާކާމިޔާބެއް. އަދި ކުށެއް މީނަ މިހާތަނަށް ޤަބޫލް ކޮށްފަ އެބަ އޮތްތަ؟ ވެރިކަމުން އިސްތިޢުފާ ދީފަ އެކަމުގެ ޒިންމާ އެޅުވީ ވަޙީދު ބޮލުގައި ..ސަރުކާރު ހަމަޔަކަށް ނޭޅުވުނީމަ އޭގެ ޒިންމާ އެޅުވީ ސިފައިން ބޮލުގައި . ދަރަނި ބޮޑުވެ ލިބޭ ޢާމްދަނީން ދެކޮޅުނުޖެހުނީމަ. އެކަމުގެ ޒިންމާ އެޅުވީ ރައްޔިތުން ބޮލުގަ .. އަދިވެސް ތަނެއް އޮތިއްޔާ ތިމަންނަޔަށް ވާނެއޭ ކިޔާފަ ބޯ ގަޅާލާތި

    17
  19. ެައަލިބިޔާއްކަލޯ

    މަނިއްޕުޅާ: އޮޅުވާލަން ނޫޅޭ މިޕުރައި މަރީ އިންތިހާބަކީ މަނިއްޕުޅަށް ލިބުނު ހިތުންނުފިލާވަރުގެ ހިއްދަތި
    ނާކާމިޔާބީއެތް އެ 3 މޭޔަރުން ރައްޔިތު މީހާ ބަލައިނުގަތީ މަނިއްޕުޅުގެ ފޫކޮޅުގައި އެނބުރޭ ފިރިހެން
    ބަޅިނދު ތަކަކަށްވާތީ.
    ޟުކުރިއްޔާ ރައީސް އިބޫ.
    މަރުހަބާ ރައީސް އިބޫގެ ޓީމް.

  20. މޮޔަ އަންނި

    މިދިޔަ ސަރު ކާރާ ހެދި އެމްޑީޕީ ޕުރައިމަރީން ހޮވުނު މީހުންތައްވެސް
    އިރާދަ ކުރެއްވިއްޔާ ނުހޮވޭނެ

    25
    1
  21. ???

    ކަލެ އަށް ތަބާވީ އެއްމެން އެކުރަނީ ފާފައެއް..
    ކަލޭތީ މާތް ނަބިއްޔާއަށް ފުރައްސާރަކޮށްފަވާ މީހެއް.. އަދި ދީނީ ބައެއް ހުކުމް ތަކަށް ފާޅުގަ އިންކާރު ކުރާ މީހެއް

    18
  22. Anonymous

    ބަލަގަ ގަމާރާ! މޭޔަރުން ފެއިލްވީ، ނިޒާމުގެ މައްސަލައަކާހުރެ. އެއްވެސް ހާލެއްގައި ރާއްޖޭގައި މިހާރު އޮތް ނިޒާމުގެ ތެރެއިން މޭޔަރުގެ ބޭނުމެއް ނުހިފޭނެ. އެއިރެއްގައި ވެރިކަމުގައި ތިބޭ ބަޔަކާ އެއްބާރުލުން ނުދޭ މޭޔަރުންނާއި ކައުންސިލްތައް ތިބޭހާ ހިނދަކު މިކަން ކާމިޔާބު ނުވާނެ. މޭޔަރަށް އޮންނަންޖެހޭނެ ބާރަކީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންގެ ލަފާ ހޯދާދިނުން. ވަކި ތަފާތު ކުރުމެއް ނެތި. އެކަމަކު ޕްލޭނިންގ މަރުހަލާއާއި ތަންފީޒީ މަރުހަލާތަކުގައި ގޮތް ނިންމާނީ ސަރުކާރުން. ހަމައެކަނި މޭޔަރަށް އޮންނަންޖެހޭނެ ދައުރަކީ މުނިސިޕަލްޓީ މަސައްކަތްތަ

    10
  23. Anonymous

    ﷲ އަށް ހަމްދު ކުރަން. މޑޕ ނެތިގެން ދިއުމުގެ އަލާމާތްތައް

  24. ބެއްޔާ

    ރައީސް ނަޝީދު ބޭނުން ކައުންސިލަރުން ހޮވާފަ އެތިބީ. ނޮހޮވުނު މީހުންގެ ބޮލަށް ޗިޕެއްޖަހާލީތީ. އެމީހުންނަށް މަޖްލހުން ވަޒީފާދޭންވީނުން. ކަލޭތީ ފައްކާ ޔަހޫދީއެއް. ކަލޭ މަކަރުވެރިކަމެއް އެމްޑިޕީ ކުދިންނަކަށް ނުވިސްނޭނެ.

  25. އާބިދާ

    މޭޔަރުން ފެއިލްވީ ކަލޭގެ ސަބަބުން، މޭޔަރުން ފޭލްވީއޭ ބުނާއިރު ލަދެއްނުގަނޭދޯ، ބަލަ އެއިން އެގިގެން އެދިޔައީ މިސަރުކާރުން ރައްޔިތުންނަށް ކަމެއްކޮށް ނުދެވޭކަން، އެކަމުގެ ހިތްހަމަ ނުޖެހުން އެދިޔައީ، މިސަރުކާރު އައިފަހުން އަހަރަކަށް ވުރެވެން ގިނަދުވަސް ފަހަނަޅާ ދިޔައިރު ޤައުމަށް ކޮށްދެވުނީ ކޮންކަމެއް، ބެޖެޓް އެއްކޮށް ދަތުރު ޚަރަދުތަކަށް ހުސްކުރުން ފިޔަވައި ކުރި އެއްކަމެއް ނިކަން ދައްކަބަލަ

  26. ބޭބީއިބްލިސް

    ބޮޑުއިބްލިސްގެ ލާހިދަރިން ތެރެއިން ނޮހޮވުނު ކޮންމެލާހިދަރިއަކަށް ދިހައަހަރުގެ ރޭޓުން ކުރީގެ ރައީސްގެ ޖަލުހުކުމުގެ މުއްދަތު އިތުރުކުރަންވީނު.

  27. އަލިބެ

    މޭޔަރުން ފެއިލްވީ ރައިސް ނަޝީދުގެ ނާގާބިލް ކަމުން

  28. ނިއުމާ

    މިދިޔަ ސަރުކާރާހެދި އޭ ކަލޭ ބުނާއިރު ފާއިތުވި އެއްއަހަރުދުވަސް ނިމުނުއިރު މޭޔަރުންނަށް ކަމެއްނުވީ ކީއްވެ؟ މޭޔަރުން ފެއިލްވީ ކަލެޔާހެދި.މިދިޔަ އަހަރު ދައުލަތުގެ ބަޖެޓް ތައްޔާރުކުރީ ދެސަރުކާރު ގުޅިގެން އަދި ނުވީތާކަށް ކަލޭމެންގެ ސަރުކާރަށް ބޭނުންވާވަރަށް އިތުރުކުރުމުމުގެ ފުރުޞަތު ނިމެން އުޅުނު ސަރުކާރުން އޮތީދީފަ.މޭނޭޖް ކުރަން ނޭގޭ ބަޔަކަށް ނުވަތަ ނޭނގޭ މީހުން ކަންނުވީމަ އަބަދުވެސް އަޅުވާނީ އެހެން މީހުން ބޮލުގަ. މަސްނުބޭނުނީމަ ކަނޑު ގޯސް ކުރާ އުޞޫލްދޫކޮށްލާ.

  29. ދޮންބެއިބުރޭ

    އަޅެފަހެ މިސްރުކާރުން ކުރެވޭ ކަމެއްއެބައޮތްތަ. ނުވަންޏާ އިސްތިއުފާދީ. 7 ފެބުރުއަރީ ވަރަށްކައިރި.