ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެމްޕޭން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން "އަހުން ވެސް ރައީސް ޔާމީން އާއި އެކު " ނަމުގައި ބޮޑު ޖަލްސާއެއް ހއ. އިހަވަންދޫގައި ބާއްވަން ނިންމައިފިއެވެ.

އަންނަ ހުކުރު ދުވަހު އޮންނަ މި ޖަލްސާގައި ޕީޕީއެމް ލީޑަރޝިޕްގެ އިސްބައެއް ބޭފުޅުން ވެސް ބައިވެރިވާނެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެމްޕޭން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ލ. ގަމުގައިވެސް ވަނީ ޖަލްސާއެއް ބާއްވާފައެވެ.

އެ ޖަލްސާއަކީ ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަ ކުރުމަށާއި އެމަނިކުފާނު ހައްދުންމަށްޗަށް ގެނެސްދެއްވާފައިވާ ތަރައްގީއާއި ކުރިއަށް ގެންނަން ނިންމާފައިވާ ބައެއް މަސްރޫއުތަކާއި ބެހޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޖަލްސާއެކެވެ.

އިދިކޮޅު އަދި ސަރުކާރުން ވެސް ސިޔާސީ ހަރަކާތްތަށް ވަރުގަދަ ކުރަމުންދާއިރު އިދިކޮޅު ފަރާތް ތަކުން ވަނީ ހއ . އިހަވަންދޫގައި ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި އިދިކޮޅު ފަރާތް ތަކުންވަނީ ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ ތަފާތު އިންޒާރުތަަށް ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަބީޢު

    ތިވާނީ ހަމައިންނެއްޓިގެން ތިބެ ނެގި ވޯޓަކަށް އެހެންވެ ކަންނޭގެ ތިވަރު ކަމެއް ކުރެވިދާނެތޯވެސް ބަލާނުލާ ތިގޮތަށް ތިނިންމީ

  2. ާކަމަރު

    ރާއްޖެތެރެ މީހުންގެ ބަހުރުވަޔައް މަލާމަތްވެސް ކުރަމުންދޯ އެމީހުންގެ ރުހުންހޯދަނީ؟

  3. އެނގޭތަ

    ތިހެން ބާއްވާ ޖަލްސާ އަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ. ރައީސަކު ހޮވަނީ ޖަލްސާތަކަކުން ނޫނެވެ. އިންތިޚާބީ ވޯޓަކުންނެވެ.