ކަނޑުމަތީގެ 2 އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު ހަވީރު ހިނގި ފުރަތަމަ އެކްސިޑެންޓު ހިނގަން މެދުވެރިވީ ހުޅުލޭ ފެރީ އަކާއި ދިއްފުއްޓަށް ދަތުރު ކުރާ ލޯންޗެއް ޖެހިގެންނެވެ.

މި ހާދިސާ ހިނގި ކަމަށް މިއަދު ހަވީރު 16:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައި ވާއިރު މި އެކްސިޑެންޓުގައި ލޯންޗުގައި އިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގިއިރު ދެ އުޅަނދު ދުއްވަން އިން މީހުން އަތުގައިވެސް ލައިސަންސް އޮތެވެ.

މިއަދުގެ ދެވަނަ އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ 19:24 ހާއިރު ވިލިމާލޭ ފެރީ އަކާއި ވިލާ ގޭސް ދޯންޏެއް ޖެހިގެންނެވެ.

ފުލުހުން ވިދާޅުވީ ދެވަނަ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އަދި ދެ އުޅަނދު ދުއްވަން ތިބި މީހުން އަތުގައިވެސް ކަނޑު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް ކަމަށެވެ.

ފުލުހުން ގެންދަވަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާނުވާ.

    ތި ފެރީ ތަ ކަކކކ ކީ ރޭލެއްހެން ދަތުރު ކުރާ އެއްޗެއް ދަގަޑުމަތިން ނައްޓާފިއްޔާ ފުރޮޅާލާނެ..

  2. ފައްތާހު

    ދިއްފުށްޓަށް ދަތުރުކުރާ އިއްޒަތްތެރި މެމްބަރެއްގެ ލޯންޗެއް. މިގޮތަށް ގެނެވުނު ނަމަ ފުރިހަމަ ވީސް. ތި ލޯންޗް ތަކަކީ ބޮނޑިއެއް ނުލިބޭ ގޮތަށް ދުއްވާ ލޯންޗް ތަކެއް ނޫން. ހަފްތާ އަކު 2 ދުވަހު ތިޔަ އަލްޓެކް ލޯންޗުން ދަތުރު ކުރާ މީހެއްގެ ހައިސިއްޔަތުން އެފަދަ ސްޓަންޓް ހަދާ ގޮތަށް ނުދުއްވަން އަބަދުވެސް ނަސޭހަތްތެރިވަން. ދެރަ ކަމެއް ދިމާވީމަ، އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. މި އުޅެނީ ދޮރު ބަންދު ކުރާތީ އެއްނޫން. ޝުކުރިއްޔާ