ހާލު ބޮޑު ކުޑަ ކުއްޖަކު ހޮސްޕިޓަލަށް ގެންގޮސް ފުރާނަ ސަލާމަތް ކޮށްދިނުމުގައި އެހީތެރިވި ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު ރިފާއުގެ އަގު ވަޒަން ކޮށްފިއެވެ.

ރިފާއު ކުރި މަސައްކަތުން އޭނާއަށް އަގުވަޒަންކޮށް ހިތްވަރުދެއްވާފައި ވަނީ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް ޑީސީޕީ އަބްދުﷲ ނަވާޒްއެވެ.

ހާލުބޮޑުވެގެން ހޮސްޕިޓަލަށް ގެންދިޔަ ކުޑަ ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދިނީ ރިފާއުއެވެ. އޭނާ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ކޮނޑުމަތީ ބާއްވައިގެންނެވެ. ޓްރެފިކް ގެ ސަބަބުން މަގުމަތީގައި ކުރިއަށް ނުގެންދެވި ތާށިވި އެ ކުއްޖާއަށް ރިފާއު އެހީތެރިވި މަންޒަރު ގިނަ ބަޔަކަށް ވަނީ ފެނިގެން ގޮސްފައެވެ.

ރިފާއުގެ މަސައްކަތުގެ އަގު ވަޒަންކޮށް ފުލުހުންގެ ފަރާތުން އޭނާއަށް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފުލުސް ?

    ????????????????????????

  2. ާސ

    ??????????

  3. ޕްރައުޑް

    ????????????

  4. ަަމުހައްމަދު

    ??????

  5. ދެކޭގޮތް

    ހަނދާނީ ލިޔުމަކަށް ވުރެ ރަގަޅުވާނެދޯ ޕުރޮމޯސަންއެއް ދިނިޔާ

  6. Anonymous

    ???????

  7. އައްޑޫ

    ތިފަދަ މިސާލެއް ފުލުހުން މިޤައުމުގައި ވަރަށް ގިނަ. އޭގެ ފާހަގަކޮށްލެވޭ ފުލުހުން އައްޑޫ ހުޅުމީދޫގައި ވެސް އެބައުޅޭ.