ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށާއި ނިކަމެތިންގެ ހައްގުތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކުރީގެ ޑިސްއެބިލިޓީގެ އެމްބެސެޑަރު އަހުމަދު ހިޝާންގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓަފައިކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ، ހިޝާން އާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލަ އޮތީ ޕްރިލިމިނަރީ ސްޓޭޖްގައި ކަމުން ތަހުގީގު ކުރިއަށްދާ މިންވަރަކަށް ބިނާކޮށް މައުލޫމާތު ހާމަ ކުރެވެން އޮތް މިންވަރަކުން މައުލޫމާތު ހާމަކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހިޝާން އާ ގުޅޭގޮތުން ބަލަމުން ދަނީ ކޮން ކަހަލަ މައްސަލައެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، އޭނާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ހިޝާން ވަނީ ފުލުހަށް ހާޒިރު ކުރިކަން ޔަގީން ކޮށްދެއްވާ ފުލުހުންގެ ފަރާރުން ފުރިހަމަ އެއްބާރުލުން ލިބޭކަމަށާއި އެބޭފުޅުން މަސައްކަތް ކުރާ ގޮތާމެދު ހިތްހަމަ ޖެހޭކަމަށް ޓްވިޓަރ މެދުވެރިކޮށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ބައެއް މީޑިއާ ތަކުން ފަތުރަމުންދާ ހަބަރުތަކަކީ ރަނގަޅު މައުލޫމާތު ނޫން ކަމަށާއި އެ ކަން ފާހަގަކޮށް ކުށް ރަނގަޅު ކޮށްދިނުމަށް އެދޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުމް ބޭ ބެ---

    ޢެހެންވީމާ ދޯ އަވަހަށް ބަޗަން އުޅުނީ

    11
    4
  2. ޜޮށި ފަރީދާ

    ޓި ވެދާނެ ތެދަކަށްވެސް އެހެން ނޫނީ ވެދާނެ އޭނަގެ އަބުރު ކަތިލުމުގެ ގޮތުން ރެޕިއުޓޭޝަން ނައްތާލުމަށް ފެން މަތި ކުރި ދޮގު ވާހަކަ ޔަކަށްވެސް ﷲ މޮޅަށް ދެނެވޮޑިގަންނަވާނީ ނޭގި ތިބެ ޢެކަހަލަ ވާހަކަ ދައްކާކަށްނުވާނެ އޭނަ ޔަކީ ވަރަށްގިނަ ނިކަމެތިންގެ މަދަދު ގާރެއް ކުށް ހީ ތަކުން ދުރުވެ ހަގީގަތް ހޯދުމަށް ނަސޭހަތް ތެރިވަން ސަބަބެއްނެތި މީހުންގެ ނަން ހުތުރު ނުކުރޭ

    26
    1
  3. މުރަކަކޮޅެން

    ރަނގަޅު