މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީގައި ދިރިއުޅެމުން ދިޔަ ހަތް ދިވެހިންނަށް ވެދެއްވި އެހީއަށް ޗައިނާ އަދި އިންޑިއާ ސަރުކާރަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

އެ ހަތް ދިވެހިން މިހާރު ވަނީ އިންޑިއާއަށް ގެންގޮސްފައެެވެ. މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން ވިދާޅުވީ، ވޫހާން އިން އިންޑިއާ އަށް ދަތުރުކުރި ދިވެހިން އިންޑިއާގައި ކަރަންޓީން ކުރާނެ ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާސްގެ މިނިސްޓަރަށާއި، މޯދީއަށް ޝުކުރު އަދާކުރައްވާ ރައީސް ސޯލިހު މިއަދު ކުރައްވި ޓްވީޓެއްގައި ވިދާުޅުވީ، ޗައިނާގެ ވުހާންގައި ތިބި ދިވެހިން އިންޑިއާއަށް ގެނެެސްދެއްވި ކަމަށްޓަކާއި ޝުކުރު ދަަންނަވާ ކަމަށާއި، މީގެންވެސް އިނގެނީ އިންޑިއާ އާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ ވަރުގަދަކަން ދައްކައިދޭ މިސާލެއް ކަމަށެވެ.

މީގެ އިތުރުން ޗައިނާގެ ސަފީރަށް ޝުކުރު ދަންނަވާ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާގެ ވުހާން ސިޓީގައި ދިރިއުޅެމުން ދިޔަ ހަތް ދިވެހިންނަށް ވެދެއްވި އެހީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެ ހަތް ދިވެހިން އިންޑިއާއަށް ގެންގޮސްަފައި ވަނީ ވުހާންގައި ތިބި އިންޑިއާގެ 323 މީހުންނާއިއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒުލޭކަ

    ޗައިނާއާ ހެދި ޖެހުނު މުސީބާތެއްް، އަދިވެސް އެމީހުންނަށް ގިނަ ގިނައިން ޝުކުރު އަދާކުރޭ، ގިނަ ގިނައިން ވާލާއި ކިނބުލާ ހަރުފަޔާ ކުރަތްޕާ ކައިތޯ

  2. ޒިވިރޭމްއުފް

    ސާބަސް ސާބަސް ރައީސް އިބޫއަށް. ޝުކުރިއްޔާ ބޮޑުވަޒީރު މޯދީއަށް.