އަވަށްޓެރި އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހަ މަޝްރޫއެއް ފެށުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަ މަޝްރޫއުގެ ތެރެއިން ފަސް ޕްރޮޖެކްޓެއް ކުރިއަށް ގެންދާނީ އައްޑޫ ސިޓީގައި ކަމަށެވެ. އެގޮތުން ޓޫރިޒަމް ޒޯންތަކެއް ގޮތުގައި ތަރައްގީ ކުރާނީ ސ. ހިތަދޫ، ސ. މަރަދޫ، ސ. ފޭދޫ، ސ. ހުޅުދޫ އަދި ސ. މީދޫ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހަ ވަނަ މަޝްރޫއެއްގެ ގޮތުގައި ހއ. ހޯރަފުށީގައި ބިއްލޫރި ފެން ފުޅި އުފައްދާ ފެން ޕްލާންޓެއް ގާއިމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

މަޝްރޫއުތަކުގެ ތަފްސީލް ދެއްވައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ސަބަބުން އެ ސަރަހައްދަށް އަމިއްލަ ފަރާތްތަކުން ކުރާ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ ކަމަށެވެ. އަދި މި ހުރިހާ މަޝްރޫއުތަކަށް 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ހޯރަފުށީގައި ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ސަރުކާރުގެ އިދާރާތަކަށާއި، އޮފީސްތަކުގެ އިތުރުން އާންމު ތަންތަނަށް ބިއްލޫރު ފުޅީގައި ބަންދުކުރާ ފެން ފޯރުކޮށްދެމުން ދާނޭ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެއިން ނައްތާލުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ޕްރޮޖެކްޓު ކުރިއަށް ގެންދެވިއްޖެ ނަމަ މިހާރު ރާއްޖޭއަށް ދިމާވެފައިވާ ސިންގަލް ޔޫސް ޕްލާސްޓިކުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ. އަޅުގަނޑު މި ދަނޑިވަޅުގައި ފާހަގަކޮށްލަން ބޭނުންވަނީ މި މަޝްރޫއުތަކަކީ ރާއްޖެއަށް ނުހަނު ފައިދާކުރުވަނިވި އަދި ބޭނުންތެރި މަޝްރޫތަކެއް ކަމަށް. އަދި މިފަދަ މަޝްރޫތަކަށް އިންޑިއާގެ ފަރާތުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވިއެވެ.

ހަ މަޝްރޫއެއްގެ އެއްބަސްވުމުގައި ފޮރިން މިނިސްޓަރު (ކ) އަދި އިންޑިއާ ސަފީރު ސޮއިކުރައްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ސަންޖޭ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއްގައި ފުރިހަމައަށް އެއްބާރުލުންދީ، ކަންކަން ކޮށްދިނުމުގައި އިންޑިއާ އިން އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަންޖޭ ވިދާޅުވީ، މި މަޝްރޫތައް ކުރިއަށް ގެންދިއުމުގެ ބާރު މިހާރު އޮތީ އައްޑޫ ސިޓީ ކައުންސިލާއި ހޯރަފުށީ ކައުންސިލްގެ އަތް މަތީގައި ކަމަށާއި، އެފަރާތްތަކުން ބޭނުންވާ ނަމަ މާދަމާވެސް މި މަޝްރޫތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު (ވ) ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ރާއްޖެއިން ބޭނުންވާ ކޮންމެ ކަމަކަށް މީގެ ކުރިންވެސް އަޅުގަނޑުމެން ވާނީ އެއްބާރުލުން ފޯރުކޮށްދީފައި. އެހެންވީމަ ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް ވެވެން އޮތް ހުރިހައި ގޮތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނަން." ސަންޖޭ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފަ އެވެ. އިންޑިއާއަކީ މިހާރު ރާއްޖެ އަށް އެންމެ ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. މޯދީ ޖީ

    ގަމާރު ދިވެހިން ބޮޑެތި މަޝްރޫއު

    54
    2
    • ޙައްގުބަސް

      މި އިންޑިޔާ ސަރުކާރުން ރާއްޖެ ހިސޯރު ކުރެވެން އޮތީ ކޮންގޮތެއްތޯ ބަލާ ވަރަށް ވިސްނުތެރިކަމާއެކު ކުރާކަމެއް!! ރާއްޖޭގެ ސްޓްރެޓިޖީކް ތިން ސަރަޙައްދަކަށް މިދަނީ މިމީހުން ވެރިވެގަންނަމުން! އެކެއް އައްޑޫ ސިޓީ.. ރާއްޖޭގެ އެންމެ ދެކުނު އަތޮޅު ހެލިކޮޕްޓަރު ހެނގަރާ އެކު 40 ސިފައިން!! މި ސިފައިންތައް މިހާރު ވަނީ ގަން ދޫކޮށް އަތޮޅުގެ އެކި ރަށްތަކުގައި އެކޮމަޑޭޝަން ހަމަޖައްސާ ހުރިހާ ރަށްތަކަށް ބެހިގެންފަ!! ދެކުނު ހިސޯރު ކުރެވުނީ!! ދޭއް ހއ.އަތޮޅު ފެން ޕްލާންޓުގެ ނަމުގައި އެމީހުން ފެކްޓްރީ އަޅައިގެން އުތުރު ހިސޯރުކޮށްގެން ތިބުން!! ތިނެއް ލ.ކައްދޫ ހެލިކޮޕްޓަރު ހެނގަރު ހަދައިގެން 40 ސިފައިންނާއެކު!! މި ސިފައިންތައްވެސް އުޅެނީ ލ.އެކި ރަތްތަކުގައި!! މެދުތެރެ ހިސޯރުކުރީ!! މިއީ ވަރަށް ވިޔާނުދާކޮށް ޢަމަލުކުރަމުންދާ ބައެއް!! ސަރުކާރުން އެނގި ތިބެނަމަވެސް ނުވަތަ ނޭނގި ތިބެނަމަވެސް ކުރާ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް!! ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު މިވިއްކާ ހުސްކުރަނީ އިންޑިޔާއަށް! އަމިއްލަ ބަސް ބުނުމާ އަމިއްލައަށް ކަންކަން ނިންމުމުގެ ޙައްގު ގެއްލި މިދަނީ!! އެއްވެސް ހާމަކުރުމެއްނުވާ އެތައް އެއްބަސްވުމެއް އަޑިނޭގޭ ގޮތަށް އިންޑިޔާ ސަރުކާރާއެކު ދިވެހި ދައުލަތުން ކޮށްފަައިވާކަމަށް އެބަބުނޭ!! ދިވެހި ރައްޔިތުންނާ ސިޔާސީ ލީޑަރުންގެވެސް ގައުމު މީ!! މިގައުމަށް ހެވެއް އެދެން ބޭނުންނަމަ އެބަޖެހޭ މިގައުމާ ދޭތެރޭ ތަންކޮޅެއް ފުންކޮށް ވިސްނަން!! ވަގުތު ދަނީ ކުޑަތަނަވަމުން!!

      16
  2. ޔާމިން

    އިރާދަކުރެއްވިއްޔާ ތިކަމެއްނުހިގާނެ އިންޝާﷲ

    57
    2
  3. ލައިލާ

    އިންޑިޔާގެއެހީއެއްބޭނުމެއްނޫން

    60
    3
  4. މޯދީ

    ހިލޭ އެހީ އެއް ނޫން. އޮޅުވާލަން ނޫޅެ... ރާއްޖޭގެ އުތުރާއި ދެކުނުން 2 އަތޮޅެއް ވަނީ އިންޑިޔާ އަށް ހިބައިން ދީފަ. މިލިޓަރީ ބެސް ވެސް ހަދާނެ، އެމީހުން އަޅުކަން ކުރަން ފައްޅި ވެސް އެތަންތާ އަޅާނެ. ބަލަން ތިބެއްޗޭ

    64
    4
  5. ހާރޫނު

    ބަލަ އެންމެފަހުން އެމްބެސެޑަރު ކަލޭގެ އެ ބުނި އެއްޗެއް! ހުރިހާ ބާރެއް އޮތީ ސިޓީކައުންސިލް އަތްމަތީގަޔޯ. ޑެން ވީ އަވަހަށް ރީނދޫ ބައިގަނޑަށް ވޯޓުދޭން. ކާމިޔާބު ނުވާނެހެން ހީވީމާ ސޮއިކޮށްލި ހުސް ކަރުދާސް ޕްރޮޖެކްޓް ތަކެއް.

    27
    2
  6. ގުލްޗަމްޕާ

    އަންނި ވެރިކަމުގަ ކަލޭމެން ތިހެން ކިތައް ފައްޅި އަޅާ ނިންމައިފި!

    22
    1
  7. ޒަކީ

    ދެކުނަށް 5 އެތި ދިނިއްޔާ އުތުރަށް އެކަތި.. މާލެއަށް 10 ދިނިއްޔާ ދެކުނަށް އެކަތި.. ސަރުކާރުގެ ހަމަހަމަ ކަމާ އިންސާފު

    10
    4
  8. މާމީ

    50000 މީހުނަށް އާބާދީ އިތުރުކުރަން (ރޫހާނީލީޑަރު) ބުނެގެން ހިންގާ މަޝްރޫޢު މީގައިސްކަންދެނީ 40 އިންމަތީ މީހުނައްްްްްްކަމައް ވަނީ،،

    14
  9. ާސުރެން ސުރެން

    ޢެދުމެއްނެތި ހިލޭ އެހީ ފޯރުކޮށްދޭނީ އެންމެ ޤައުމަކުން. ޢެއީ ޖަޕާނު . ތި އިންޑިޔާ މީހުންއަތުން ތުވަރުގެ ހިލޭ އެހީއެއް ލިބިދާނެކަމަކަށް ޤަބޫލެއް ނުކުރެވޭ

    27
  10. މާރިޔަތު

    އެއްކަމެއް ކޮށް ނުދިނަސް ހެލިކަޕްޓަރު ބާއްވާފައި އިންޑިޔާ ސިފައިން މިތަނުން ބޭރުކުރޭ.

    21
  11. ރާއްޖެ

    މޮދީ އައިސް ސޮއި ކުރި ކަންތައް ނިންމާލެވުނީތޯ؟ ޙުޅުމާލޭ ކްރިކެޓް ސްޓޭޑިއަމް ވެސް އަޅާ ނިމިއްޖެ.

    17
  12. ޑެއިލް

    ހިލޭ އެހީ. ބަދަލުގަ ދިންއެއްޗެއް ނެތްތަ. ހެލި ކަޕްޓަރަށްވީވަރުވާނީ. ހިންގުމުގެ ހުރިހާ ހަރަދެއް ދައުލަތުގެ ބަޖެޓުން. އެ ކަމަ ކު ހިލޭ.

    18
  13. Anonymous

    ޢިންޑިއާ ވާލާމެން އެމީހުންގެ ގައުމުގެ ރައްޔިތުންގެ ޙާލުނުބަލާ ބޭރުގައުމުތަކަށް ތިފަދަ ބޮޑެތި މަޝްރޫއުތައް ހިލޭ ހޭދަކުރާވާހަކަބުނުމުން ރީނދޫހުން ޖެހިފައިވާ މޮޔައިން ގަބީލުކުރާނެ ދޮތެ؟ އިންޑިއާގައި އަނގައާއި އަތާއިދިމާނުވެ، ބޯހިޔާވަހިކަމެއްނެތި މަގުމަތީގައި ނިދައިގެން ދިރިއުޅެމުންދަނީ ކިތައްބިލިޔަން ރައްޔިތުންތޯ؟؟ ކަރަންޓާއި ފެނުގެ ޚިދުމަތެއްނުލިބި ޗަކަފެންބޮވެ ޗަކަފެނުން ފެންވަރަމުންދަނީ ކިތައްބިލިޔަން ރައްޔިތުންތޯ؟؟ ފަގީރުކަމުން ސްކޫލަކަށް ނުދެވިގެން އަސާސީ ތަޢުލީމުންވެސް މަހުރޫމުވަމުންދަނީ ކިތައް މިލިޔަން ރައްޔިތުންތޯ؟؟ ރަނގަޅުނިޔަތެއްގަ ކުރާހޭދަތަކެއްނަމަ ފުރަތަމަ އިސްކަންދޭނީ ތިމަންނަމެންގެ ގައުމާއި ރައްޔިތުންނަށް، މިއައްދާރު ޚާރިޖީ ޝާހިދުއާއި ދެމެދު ވާނެ ވަރަށްބޮޑެތި ސިއްރުތަކެއް

  14. ޓްވީޓް

    މިރާއްޖެއަށް ވަންނަ ޑޮލަރުކޮޅު ޑިއޭގޯގާސިއާ (ފޯޅަވަހި) ކޮޅުން ބޭރުކުރަން އިންޑިޔއިން ފަށާ މަސްރޫޢުތައް. ގަނޑުކޮށް އިންޓަނޭޝަނަލް އައްޑ އެއަރޕޯރޓްއިން ނޫނީ މޮހޮނަށް ދީފައޮތް އޮޑިން ( އިންޑޔ އިން ދީފައޮތަ ހެލްކޮޕްޓަރުން ) ބޭރުކުރަންވީ. ނުވާންވީ ސަބަބެއްނެތް، މިހާރުވެސް އެއުރެން ދިވެހި ސިފައިން ނުލާ ހެލްކޮޕްޓަރު ނުލާ ދިމަދިމާލަށް ނައްޓާލައިގެން ދާކަމަށް ވަނީ. ޢަނެއްކާވެސް އިސްތިއުމާރީ ކަމެއް ފެށެނީބާ

    18
  15. ދޮންބެ

    އައްޑޫ އާއި ހއ. ހދ ގައި، ކޮބައިބާ މީގެ ސިއްރަކީ!

    11
  16. ބާރީ

    ވޯޓް ސްޓަންޓް....ދޯ

    13
  17. ބްރޯ

    ޕްލާސްޓިކް ނައްތާލަ ވާހަކަ ބޭރުން ހިލެ އެހިއަ ލޯނު ހޯދައިގެން ޕްލާސްޓިކް ނައްތާލަ ވާހަކަ ޕްލަސްޓިކާ ނުލާ އުޅެވެންނެތް.2 ވަނަފަހަރަށް ފުރަތަމަ ބޭނުންކުރި ޕްލާސްޓިކް ދަޅުފުޅި ބޭނުން ނުކުރުމުން ޕްލަސްޓިކް ގެ ކުނިބުނި އިތުރުވެ އެތަކެތިނައްތާލުމަސް ދަވްލަތުން ހަރަދުކުރަންޖެހުމަކީ ކުޑަކަމެއްބަ ؟ އޭގެބަދަލުގާ ޕްލާސްޓިކް ޜީއެކްސްޕޯޓް މާކެޓެއް ހޯދާދިނިއްޔާ މާރަނގަޅުވާނެދޯ.

    14
  18. ކަންބުލޮ

    ނަމުން ހިލޭއެހީ ނަމަވެސް ކްރެޑިޓްފެސިލިޓީގެ ގޮތުގަހަމަޖައްސަނބުނި ފައިސާއުން މީގެންކޮންމެކަމަކައް ފައިސާކަންޑާ.

    12
  19. ބެއްޔާ

    ލޯކަލް ކައުންސިލް އިންތިކާބަށް އައްޑޫ މީހުން ގުނބޯހައްދަނީ.

    13
  20. ވަޒީރެއާލާ

    ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅާއި އެންމެ ދެކުނުގެ އަތޮޅަށް އިންޑިޔާގެ ހިލޭ އެހީގެ މަޝްރޫޢު ހިންގުމުގެ ބޭނުމަކީ ރާއްޖެ އިންޑިޔާގެ މުށުތެރެއަށްލުން.

    15
  21. ުްަބުރިތޯ

    ކައުންސިލް އިންތިޚާބާ ދިމާކޮށް ތިކަންކުރީމަ މީހުންކިޔާނީ ވޯޓް ހޯދަންވެގެން ޖަހާބޯޅައެކޭ.ކައުންސިލް އިންތިޚާބުގެ ފަހުން ތިޔަކަންތަށް ނުވެޖިއްޔާ އަނެއްކާވެސް ރަށްޔިތުން އޯޅުވާލީކަމަށް ބެލެވޭނީ އަދި ދޮގުވައުދު ވާބައެއްކަމަށް ބުނާނީ.

  22. ޓަވަރު

    އައްޑޫ ވިއް ކާލަނީ އިންޑިޔާއަށް!

  23. ސަބީން

    އެހީއަށްވުރެ އެއްވެސް ސަބަބެއްނެތި އިންޑިއާއަށް ނޭރޭ ދިވެހިންގެ ކަންތަކަށް ހައްލެއްދިނުން މުހިއަމު ވަގުތުން މިކަމާގުޅޭ އާޓިކަލްއެއް ލިޔުވޭނެތޯ

  24. މަރި

    ވާކަން ވެވޭހުރިކަން ވާނޭކަން. ނިކަންދައްކަބަލަ. އެއްބަސްވުން ކުރެވޭކަމެއް ހިލާނެތް

  25. ކޮބާކަލޭ

    މަސްރޫއުތަކެއް ނުފެށިޔަސް ވަރިހަމަ މިތަނުގައިތިބި އިންޑިޔާ ސިފައިން ބާލާ އެވެސް ލައްކަބޮޑުވަރު!!

  26. މޫސަ

    އިންޑިޔާއިން ހިންގި ބިޔަ މަޝްރޫއެއް
    ފެހެންދޫ ކުދިން ސް ކޫލަށް ގެންދަން 6 ފޫޓުގެ ޑިންގީއެއް ދިނުން.

  27. ށުމަން

    ޢަމިއްލަ ރައްޔިތުން ނަށް ސާފު ބޯފެން ކޮޅެއް ދިއްކޮއްނުލާ އައިސް ދިވެހިން ނޭ މި ކިޔާ ބައިގަޑަށް އަހަރެމެން މިކުރާ ހަރަދު ކަލޭމެންް ހީކުރަނީ ހަމަ އެހީ އޭ ބުނެ ކަލޭމެންް ނަށް ބަހާލާފަ ދާނެ ކަމަށް ތަ. ކަލޭމެން ހިންގާނީ އަހަރެމެންގެ އެޑްމިނިސްޓްރޭޝަން ގެދަށުން ވ.އަވަހަށް.
    (ސުބަރްމަނިޔަމް ޝޭކަރ)