ކާރިސާއެއް ދިމާވެއްޖެ ނަަމަ އަމަލު ކުރާނެ އުސޫލެއް ސްޓޭންޑާޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ) އެއްގެ ސިފައިގައި އެކުލަވާލެވިފައި އޮންނަން ޖެހޭ ކަމަށް އެންވައިރޮމެންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވައިރޮމެންޓް އެންޑް ކަލައިމެޓް ޗޭންގް ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ފަހަކަށް އައިސް ރަށް ގިރުން ކުރިއަށް ވުރެ ބޮޑަށް އާއްމުވެފައި ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަށް ދިމާވި ހާލަތަކާއި ގުޅިގެންން ކަމަށެވެ. އެއީ އިންޑިއާ ކަނޑުގެ އޮޔާއި މޫސުމަށް އައި ބަދަލުތަކުގެ ސަބަބުން ދިމާވިކަންތައްތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރަށް ގިރުމުގެ ސަބަބުން ގެއްލުން ވަމުންދާ ރަށްތައް ފާހަގަކޮށް، އެކަމާއި ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންނަމަވެސް ރަށް ގިރުމުގެ މައްސަލަ ހައްލުކުރަން، އެއްވެސް އުމްރާނީ މަސައްކަތެއް ކުރާނަމަ އެ މަސައްކަތް ކުރަން ޖެހޭނީ ޕްލޭނިން މިނިސްޓްރީންކަމަށް ޑރ.ހުސެއިން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މޫސުމުގެ ސަބަބުން ކުއްލި ކަމެއް ދިމާވުމުން އަޅާނެ ފިޔަވަޅުތައް އެނގެން ޖެހޭ ކަމަށެވެ.

 

"އެބަ ޖެހޭ އެސްއޯޕީއެއް އޮންނަން. ކުއްލި ހާލަތުގައި ދިމާވާ ކަންކަމަށް އަމަލު ކުރާނެ ގޮތެއް އެނގެން. އަދި އެކަންކަމަކީ ގަވާއިދުގެ ތެރެއިންވާ ކަންކަމަށް ވާން އެބަ ޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދަން ކުރެވޭނެ އިތުރުކަންކަން ދެނެގަތުމުގެ މަސައްކަތް، މިހާރުވެސް ކުރަމުންދާ ކަމަށް އެންވައިރޮމެންޓް ޕްރޮޓެކްޝަން އެެޖެންސީ (އީޕީއޭ) ވަނީ ބުނެފައެވެ.

އެހެންކަމުން އެ މައްސަލަ ދިމާވާ ރަށްތަކުގައި އެންވާރްމެންޓް އެނަލަސިސް އެސެސްމެންޓް ހެދުމަކާއި ނުލާ، ރަށް ގިރުން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ މިހާރުވެސް އެހުއްދަ ރާއްޖޭގެ ދިހަރަށަށްވުރެ ގިނަ ރަށަކަށް ދެއްވާފައިވާ ކަމަށާއި، އެ ހުއްދަ ދެމުން ދަނީ މީގެ ކުރިން ވެސް ކުއްލި ފިޔަވަޅު އެޅުމަށް ހުއްދަ ދޭން ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިދުވަސްވަރު ރަށްގިރުމުގެ މައްސަލަތައް ކުރިމަތިން ވަމުންދާއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ މި މައްސަލަ ހައްލުކުރަން މަޝްވަރާތައް ފަށާފައެވެ.

މަޖިލީހުން ކުރާ މަސައްކަތަކުގެ ތެރެއިން ރަނގަޅު ހައްލެއް ހޯދައިދީ، ރަށް ގިރުމުގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދާދިނުމަށް މަސައްކަތް ކުރައްވާކަން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިޒޯޓް ބޯއި

    ދިވެހިރާއްޖޭގެ ސިވިލް ސާވަންޓުން ވަޒީރުން ދައުލަތުގެ ވެރިޔާ މަޖިލީސް މެމްބަރުން ސަރުކާރު ކުންފުނި ތަކުގެ ވެރިންނާއި މުއައްޒަފުން ދިވެހިރާއްޖޭގެ ރިސޯޓުތަކުގަ މަސައްކަތް ކުރާ ގޮތް ބަލާ ދިރާސާ ކުރަން ގޮވާލަން. އެސް.އޯ.ޕީ، މެމޯ، ރިޕޯޓް ތަށް، ކަސްޓަމާ ސާވިސް، ޑެޑް ލައިން ތަކަށް މަސައްކަތް ނިންމާ ގޮތް، އޮޕަރޭޝަން ގެންދާ ގޮތް، ރެކޯޑުސް ބެލެހެއްޓުން ކިޔާނެ ކަމެއް ނެތް ގެންދާ ގޮތް ބަލާ ދަސް ކުރާން ވީ. ކޮންމެ ކަމެއް ދިމާ ވިޔަސް ކުރިމަތިލާން ރެޑިވެގެން ތިބޭތަން. ފަރުވާތެރިކަން ފެނިގެން ދާނެ. "ގިނަ ރިސޯޓުތަށް"

  2. ޙަސަނު

    މިނިސްޓަރޫ ތިޔައުޅުއްވަނީ މާފަހަތުގަޔޭ ތިޔަވިދާޅުވާ އެސްއޯޕޫތައް ހަދާފަހުންނަތާ މިހާރު އެތައްއަހަރެއްވެއްޖެ ރަންގަޅައްކަންކަންބައްލަވާ މެޑަލްޖަހަންތިޔަޒާތުގެ ވާހަކަނުދައްކަވާ.

  3. Anonymous

    ތިހެން ކިޔާ ޕާޓީގެ ކުދިންނަށް ވަޒީފާ ދީ ބަހައްޓާ. ހަބަރުދާރު ހަދާންކުރާތި އަދި އެބަްޮތް