126 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ބާއްވާ "21 ވަނަ ސިފައިންގެ ފޮޓޯ މަޢުރަޒު" ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ އުފަން ރަށްކަމުގައިވާ ހއ.މުޅަދޫގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މިއަހަރުގެ ސިފައިންގެ ފޮޓޯ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ސިފައިންގެ އަހަރީ ދުވަސްކަމުގައިވާ 21 އޭޕްރީލް ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، ހއ.މުޅަދޫ ސްކޫލު ހޯލުތެރޭގައެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީޚާއި އަދި އޭގެއިތުރުން ސިފައިންގެ ޚިދުމަތްތަކާ ގުޅުންހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށްވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި މިފަހަރު ފޮޓޯ މަޢުރަޒު، ހއ.މުޅަދޫގައި ބޭއްވުމަށް ނިންމާފައި މިވަނީ، އެ ރަށަކީ ތިނެއް ނޮވެމްބަރ ގެ ޢުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި، ކޯޕްރަލް މުޙައްމަދު އިބްރާހީމް (މެކާނޯ) ގެ އުފަން ރަށް ކަމުގައިވާތީ، ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

މި ފޮޓޯ މަޢުރަޒަކީ، އެމްއެންޑީއެފް ނޮދަން އޭރިއާ އާއި އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސް އަދި ހއ.މުޅަދޫ ކައުންސިލު އިދާރާ ގުޅިގެން ކުރިއަށްގެންދާ ފޮޓޯ މަޢުރަޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޥަެމްކޮ