ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޖެޓީން މޫދަށް ވެއްޓުނު ޗައިނާ ކުއްޖަކު ސަލާމަތްކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި ޓްވީޓެއްގައި ބުނީ މޫދަށް ވެއްޓުނު ޗައިނާ ކުއްޖާ ސަލާމަތް ކުރީ ފަޔާ ފައިޓާ ޓްރެއިނީއެއް ކަމަށްވާ އިބްރާހިމް ނަސްރު ކަމަށެވެ.

ނަސްރުގެ މަސައްކަތް ފާހަގަކޮށް އެމްއޭސީއެލް އިން ބުނީ ނަސްރު، ކުއްޖާ ސަލާމަތް ކުރުމަށް ކުރި މަސައްކަތަކީ އަމިއްލަ ނަފްސަށް ބެލުމެއް ނެތި ކުރި މަސައްކަތެއް ކަމަށާއި ނަސްރާއި މެދު އެމްއޭސީއެލް އިން ފަހުރުވެރިވާ ކަމަށެވެ.

ޗައިނާ އިން ރާއްޖެއަށް އައްޔަން ކުރައްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް ވެސް ވަނީ ނަސްރުގެ ހިތްވަރުގަދަ މަސައްކަތް ފާހަގަ ކުރައްވާފައެވެ. ނަސްރުގެ ކިބައިން ފެނުނީ ގިނަ ދިވެހިންގެ ކިބައިން ފެންނަ އަޅާލުމާއި ލޯބި ފެނިގެން ދިޔަ އަމަލެއް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ ކުއްޖަކު ޖެޓީ މަތިން މޫދަށް ވެއްޓުމުގެ ހާދިސާ ހިނގީ އިއްޔެ އެވެ. މޫދަށް ވެއްޓުނު ކުއްޖާ އާއި ފަޔާ ފައިޓަރު ޓްރޭނީ ވަނީ ކްލިނިކަށް ގެންގޮސް ފަރުވާ ދިނެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވެ އެމީހުން ވަނީ ދޫކޮށްލާފައެވެ.

ޗައިނާ މީހުންނަކީ އާއްމުގޮތެއްގައި މޫދާއި ވަރަށް ބީރައްޓެހި ބައެކެވެ. ޗައިނާ ގިނަ މީހުންނަށް ފަތަން ނޭނގޭތީ މީގެ ކުރިން ވެސް ރާއްޖޭގައި ބައެއް ހިތާމަވެރި ހާދިސާތައް ހިނގާ، ޗައިނާ ފަތުރުވެރިން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގާ ޕަރީ

    އެމީހުން ރައްޓެހިވާނީ މުޑުދާރު ކެއުންތަކާ..

  2. ބޯކިބާ

    ޗައިނާމީހުނަށް ފަތަންވެސް ނޭނގޭނެ... ހެހެހެ. އޮލިމްޕިކްސްގަ ފެތުމުގަ އެމެރިކާ ނަގާފަ އެންމެ މެޑަލް ގިނައީ ޗައިނާއެއްނޫންތަ.

  3. މަށައް އެނގެއްޖެ

    އެމީހުނަށް ޓްރެއިނީ އެއްވިޔަސް އެއީ ޓްރެއިން ފޮރމަރ ޕޮލިސް އޮފިސަރ އެއް.