އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކެންޑިޑޭޓުން ނިކުމެ، ގޮނޑިތައް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު ރިޔާޒު ރަޝީދު އިއްޔެ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގައި ކައުންސިލަށް ކުރިމަތިލެވޭނެ ގާބިލް ބޭފުޅެއް ނެތް ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެ ކަމާ މެދު ޝައްކު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ރިޔާޒް "ވަގުތަށް" ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ އަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ގޮނޑިތަކަށް ކެންޑިޑޭޓުން ނެރޭނެ ކަމަށެވެ.

ޖޭޕީން ކައުންސިލަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ނަޝީދު ބޭނުންފުޅުވަނީ އެމްޑީީޕީގެ ފިކުރުގެ އިތުރުން އެހެން ޕާޓީތަކުން މެންބަރުން އިންތިހާބަށް ނެރުމަށެވެ.

ރިޔާޒް އެގޮތަށް ވިދާޅުވި އިރު، ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ވަނީ ނިންމައިފައެވެ. ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ ވާދަކުރަން ނިންމި އިރު، ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި، އިދިކޮޅު ކޯލިޝަން ޕީޕީއެމްގެ އިތުރުން ޑީއާރުޕީން ވާދަކުރުމަށް ވަނީ ނިންމާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 980 ކައުންސިލަރުން ހޮވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދިޔޯ

  ތިޕާޓީން އަމިއްލަޔަށް ނުކުމެ މިހިސާބަށް ކައުންސިލްގެ ގޮޑިއެއް ކާމިޔާބު ކުރެވުނުތަ. ލަދުހަޔަތްވެސް ކުޑަ.

  7
  1
 2. މާމީ

  ޔަގީން ކަން އޮތްލެއް ބޮޑުކަމުން ފުވައްމުލައްސިޓީ މޭޔަރު ކަމައް މީހަކު ނެރުނީ؟ 100ވޯޓު ވެސް ނުލިބޭނެ ގާސިމް އައް ހުވަފެން ދައްކާ މީހުން ...

  8
  1
 3. މުފައްކިރު

  ކޯލިޝަންގެ އެހީ އެއްނެތި އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ނަޝީދު ފާޅުގަ ވިދާޅުވާ ވިދާޅުވުމަކީ ޕީ ޕީ އެމް ޕީ އެން ސީ ފިޔަވާ އެހެން ޕާޓީ ތަކުން ޕީ ޕީ އެމް އަށް ހަސަދައިގެ ނިޔަތުގެ ތެރެއިން ޕީޕީއެމް ނިސްބަތްވާ ކެންޑިޑޭޓަކަށް ވޯޓު ނޭޅުމުގެ ޔަގީން ކަމާއެކު. އެހެން ޕާރޓީ ތަކުންވެސް ވެރިކަމުގެ ހުވަފެނުގައި އުޅޭނަމަ ވަކިތަކުން ސަލާމަތްވެ އަމިއްލަޕާޓީގެ ގާބިލް ކަމުގައި ބަސްބުނެ ގައުމިއްޔަތުގެ ނަޒަރުގައި ޕާޓީގެ ވިސްނުމާ ފިކުރާ ޕާރޓީ އަކަށް ތާއީދު ކުރުމުގެ މުހިއްމުކަން ޕާޓީގެ މެމްބަރުން ނަށް ވިސްނައިދީ ޒިންމާދާރުވާން އެބަޖެހޭ ނޫންތޯ؟

  3
  1
 4. ގައްޔޫމް

  މީނަ ބޭރުކުރޭ..މުޅިން އަމިއްލަ އެހެންޑާ ހިންގާ ތެޔޮ ވަ.. ރިޔާޒް