ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރު ކުރި އޯޑިއޯ ލަވަ އަލްބަމެއް ފުލުހުން ނެރެފިއެވެ.

މިއޯޑިއޯ ލަވަ އަލްބަމް ރަސްމީކޮށް ނެރެދެއްވާފައިވަނީ، ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އޭޕްރީލް 14 ވަނަ ދުވަހުގެ ރޭ ރަސްރަނި ބަގީޗާގައި ބޭއްވި ޑިނަރ ނައިޓްގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދުއެވެ.

މި އަލްބަމްގައި ޖުމްލަ 5 ލަވަ ހިމެނެއެވެ. ލަވަތައް ހައްދަވައިދެއްވާފައިވަނީ ރާއްޖޭގެ ނަން މަޝްހޫރު ޅެންވެރިން ކަމުގައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ޢަބްދުއް ރަޝީދު ޙުސައިން، ރަމްލާ އަބްދުލް ޣަނީ، އާދަމް ޢަބްދުއް ރަޙްމާން (އުތީމުއާދަމްބެ) އަދި އާދަމް ނަސީރު އިބްރާހީމްއެވެ.

މިއަލްބަމްގައި ހިމެނޭ ލަވަތައް ކިޔާފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ޝިފާ ތަޢުފީޤު، ރާފިއަތު ރަމީޒާ، މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) މަރިޔަމް އަޝްފާ، އިބްރާހީމް ޒައިދު އަލީ، އިބްރާހީމް މަމްދޫހް (މަންޑޭ)، މާއިން ރަޝީދު، ހަސަން ޠަލާޤު، ޢަބްދުﷲ ނާޝިފް (ތާތި)، ޢަބްދުﷲ މިއުޝާދު، ޝަލަބީ އިބްރާހީމް، މަޖީދު އިސްމާއީލް، ޢާއިޝަތު އަމާނީ، މަރިޔަމް ޝައުޝަތު، ޢާއިޝަތު ޒާރާ އިސްމާޢީލް، އަދި ޔާމީން ރަޝީދުއެވެ.

މިއޯޑިއޯ ލަވަ އަލްބަމް ތައްޔާރު ކޮށްފައި ވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ޓޮނިކް ލައިވް ސްޓޫޑިއޯއާއި ދެމެދު، 2018 ޖެނުއަރީ 4 ވަނަ ދުވަހު ވެވުނު އެއްބަސް ވުމެއްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު