29 އަހަރަށް ވުރެ ގިނަ އަހަރު ވަންދެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މަސައްކަތް ކުރެއްވި އިބްރާހިމް އާސިފް ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

އާސިފް ނިިޔާވިއިރުު ހުންނެވީ ކޮލަންބޯގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީގެ މަގާމުގައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އާސިފްއަކީ އެންމެނާ ގުޅޭ، އެކުވެރި، މަސައްކަތަށް ފަރުވާތެރި ބޭފުޅެެއް ކަމަށެވެ. އަދި އޭނާއަކީ ކިޑްނީ ބައްޔަށް ދިގު މުއްދަތަކު ފަރުވާ ހޯއްދަވަމުންވެސް އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ޚިދުމަތުގައި ޚާރިގިއްޔާގައި މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އާސިފް ނިޔާވުމާއި ގުޅިގެން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ އާސިފްގެ އާއިލާއަށް ތައުޒިޔާގެ މެސެޖް ފޮނުވާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ހާރިޖިއްޔާގެ މުވައްޒަފުންނާއި އެކު އާސިފްގެ ހަނދާންތައް އަބަދުވެސް ދެމި ހުންނާނެ ކަމަށެެވެ.

އަދި އާއިލާ އަށް ކެތެތެރިކަން ދެއްވާ، މަރްޙޫމްގެ ފާފަތައް ފުއްސަވާ ސުވަރުގެ ގޭގެ މަތިވެރި ނިޢުމަތް ލެއްވުމަށް އެދި އާސިފްގެ ތައުޒިޔާގެ މެސެޖްގައި ވެއެވެ.