ދިވެހި ރައްޔިތުންގެ ވެހިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އަމުރަށް ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުނުކޮށްދީ ސްޓިކާ ޖަހަނީ މިނިސްޓަރުގެ ސީދާ އަމުރަށް ކަމަށެވެ. އެހެންވެ، ރާއްޖެ އަށް "ހަގީގީ" ޓްރާންސްޕޯޓް މިނިސްޓަރެއް ބޭނުންވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަންކަން ހިންގެވުމުގައި ނަހުލާ ވަނީ ނުކުޅެދިފައެވެ.

ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް އިޝާރާތް ކުރައްވައި ޖާބިރު ވިދާޅުވީ އަންހެން ބޭފުޅުންނަށް މަގާމުތައް ދިނުމަށް އެއްވެސް ވަރަކަށް ދެކޮޅު ހައްދަވާފައި ނުވާ ކަމަށެވެ. އަދި އީވާ ވެސް އެ މަގާމަށް ވަޑައިގަތީ އިންތިހާބެއްގައި ވާދަކުރައްވައި އެ އިންތިހާބު ކާމިޔާބު ކުރައްވައިގެން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އަންހެނުންނަށް މަގާމްތައް ދިނުމާ ދެކޮޅު ނޫން ކަމަށާއި ދެކޮޅު ވަނީ ކޯލިޝަން ޕާޓްނަރުގެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލަށް ވަޒީރުކަން ދީފައި ހުރުމާއި ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު އަޑު އަަހަނީ ތަރިކަ މުދާ ބަހާ ވާހަކަ. ޓްރާންސްޕޯޓް މިނިސްޓްރީ މީހަކަށް ދޭ ވާހަކަ މީގެ ކުރިން އަޑއަހާފައެއް ނެތްް. މެއިން ޓްރާންސްޕޯޓާއި ބެހޭ ވާހަކަ މި ދައްކަނީ. ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި އުޅޭ މީހެއް އަޅުގަނޑަކީ. މި ރާއްޖޭގެ ޓްރާންސްޕޯޓްގެ ސިސްޓަމް އޮޕަރޭޓްކުރަން ހުރި މިނިސްޓަރު ގާބިލިއްޔަތު ކަމާއި މެދު އެބަޖެހޭ ސުވާލު އުފައްދަން. ގާސިމް އިބްރާހިމް އަނބިކަނބަލުންނަށް ވީމަ ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބެންޏާ ދެން ކިހިނެއްތޯ މިކަން ރަނގަޅުވާނީ؟ އިއްޒަތްތެރި ރައީސަކީ މި މަޖިލީހަށް ހޮވިގެން ވަޑައިގެންނެވި އަންހެން ކަމަނާއެއް. މަޖިލީހުގައި އަންހެނަކާއި މެދު ހުތުރުކޮށް ވާހަކަ ދައްކަން، އިބާރާތް ކުރަން އަޅުގަނޑަށް އުނދަގޫ. ނަމަވެސް، ރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރާކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކޮށް، ލޭންޑް ޓްރާންސްޕޯޓް ރަނަގަޅު ކުރަން ޖެހޭ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ނިޒާމް ރަނގަޅު ކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"ޓްރާންސްޕޯޓް މިނިސްޓަރުހާ ނާގާބިލު މީހަކު މަގާމުގައި ބަހައްޓައިގެން މި އުޅެނީ ކީއްވެތޯ؟ ކާކުތޯ އެކަން ކޮށްގެން އުޅެނީ؟ މި ރާއްޖޭގެ ޓްރާންސްޕޯޓްގެ ނެޓްވޯކް ރަނގަޅު ކުރުމަށްޓަކައި ހިނގަން ޖެހޭ، މިނިސްޓްރީގެ ސައިންޓިފިކް އޮޕަރޭޝަން ނުހިނގާ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކޮށްފައި ނެތް. އޭނަ އަށް އެނގޭނެތާ އޭނަ ކޮންމެ ކަމެއް ކުރިއަސް ގާސިމް އިބްރާހިމް އަނބިކަނބަލުން ވީމަ އެ މަގާމުގައި ހުންނާނެކަން. ގސިމް އިބްރާހިމްގެ އަނބިކަނބަލުން ނޫން ހާލަތުގައި އެ މަގާމުގައި ހުންނާނެ އެއްވެސް ގޮތެއް މި މަަޖިލީހުގެ ރައީސް، މުއްސަނދިންގެ އަނބިންނާއި މުއްސަނދިންގެ ދަރިން ބެލެހެއްޓޭނެ. އެކަމަކު އާއްމު ރައްޔިތު މީހާއަށް ބަލަން ޖެހޭ އެބަ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިގޮތަށް ވިދާޅުވި އިރު، މާލޭގެ ޕާކިންގެ މައްސަލަ ހައްލު ނުކުރެވުމާއި، މާލޭގެ ޓްރެފިކްގެ މައްސަލަ ހައްލުކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ޤާސިމް އަންހެނުން ނަހުލާއަކީ ތަޢުލީމީ އަދި ތަޖުރިބާއެއްނެތް މީހެއް. ޖަބިރަކަސް އެބުނީ ހަމަ ތެދު. ޤާސިމް އަންހެނުން މަޤާމުން ދުރު ކުރަން ފެނޭ

    29
    6
    • ނަކް

      ކަލޭ ކޮންތާކުން ހޯދި މަޢުލޫމާތެއް؟؟ ނަހުލާއަކީ އީލެވަލް އަދި އޭލެވަލް ނިންމާ ލަންކާއިން އެޑްވާންސް ޑިޕްލޮމާ ނިންމާފަ ހުރި ކަނބަލެއް.. މިވަރުވެސް ނުވާ މީހުން އެބަތިބި މި ސަރުކާރުގަވެސް ކުރީ ސަރުކާރުގަވެސް..

      5
      5
  2. ސާކިރު

    ޖާބިރު ބުންނަސް ރަގަޅުވާހަކއެއް ޒުވާނުންފެލަނީ މިސަރުކާރުން ކޮންމެމަހަކު ސްޓިކާޖަހާގެން މިލިޔަނުން ރުފިޔާނަގަމުންދާއިރު މީގެންވެސްއެގެނީ ޒުވާނުންނާމެދު އިހުމާލުވާމިންވަރު...

    30
    1
  3. ދިޔާނާަ

    ޖާބިރު މާ ރަނގަޅުވާނެ އަމިއްލަ ނަފްސު އިސްލާހު ކުރިއްޔާ މީސްމީހުންގެ އަނބިންނާ ނުތޮޅި. ތި ވައްތަރަށް އުޅޭ މީހުންނަކަށް ތާއިދު މީހަކު ނުކުރާނެ

    13
    10
  4. ސޭޓާ

    ބުރުމާ ޤާސިމް އަންހެނުންނަށް ވިލާ ކުންފުނީގެ މިނިސްޓަރުކަން ދީބަލަ. ސޭޓުގެ އަންހެނުން އުޅެނީ ސަރުކާރު ބަދުނާމު ކުރަން.

    23
    4
  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ބަލަ މިހިރަ ބީތާޔާ! ސްޓިކާ ޖަހައިގެން ދައުލަތަށް ވަކިއަދަދެއް އާމްދަނީހޯދަން ބަޖެޓުގަ ޖަހައިގެން އެކަން ކުރަނީ ނަހުލާތަ؟ އެބަޖެޓް އެގޮތަށް ފާސްކުރީ ނަހުލާތަ؟ ނޫނީ ތިތިބަ އިއްޒަތްތެރި މެންބަރުންތަ؟ ދޮޅުރޯނާވެފަހުރި ފައްކާ ބުރާންޗެއްމީ!

    19
    7
  6. ާސުރެން ސުރެން

    ޖާބިރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުނުކޮށްދީ ސްޓިކާ ޖަހަނީ މިނިސްޓަރުގެ ސީދާ އަމުރަށް ކަމަށެވެ.*** ބޭފޅާ! ޕާރކްކުރާތަންތަން ހަދަނީ މާލެ ސިޓީ ކައުންސިލުންނޭ. ބުރާންތުކަން ފިލުވާލަބަލާ. ދިޔާނާ ކަޓުވާލީ ޤާސިމެއްނޫނޭ. ޙަމަބުއްދި ކޮށްބަލަ. ބޭހޅާ.

    5
    1
  7. ނީޒާ

    ދިޔާނާ އޭހީ ކަމުގަ ހުރެގެން ތެޅި ނަކަހަށްވުރެއް އައިޝާ މާބޮޑަށް ވެސް ހިންގުންތެރިވެފަ ރަނގަޅު

    3
    3
  8. ދުރޫސުލްއަހުލާގު

    ދުވާލު ޑިއުޓީގައި ރޭގަޑު ޑެލިވަރިކުރުމުގައި.... އާއިޝާ ވެސް މިގޮތައް މައްސައްކަތް ކުރަން ބޭނުންވޭތޯ؟ ފައިސާ ވެރިންނަށް ނިކަމެތިންގެ ހާލެއް ނޭގޭނެ. މިގޮތަށް ޤަވާޢިދު ހެދުމުން ރޭގަޑު ވަގުތުތަކުގައި މާލެ މަގުމަތީގައި ދުއްވާއެއްޗެހީގެ ބާރު ކުޑަތައް؟ ދުވާލު ޑެލިވަރީ ނުކުރެވޭގެ ހެއްދުމުން މިއީ އެންމެ ރަގޅު ނިމުމެއްބާ؟ މެންދުރު ގަޑިއަކީ ހާއްސަކޮށް މާލެ މަގުމަތި އެންމެ ބާރު ކުޑަގަޑި. ކީއްވެތޯ މިގަޑި ޑެލިވަރީ ކުރާ މީހުނަށް މުދާ އުފުލުމުގެ ހުއްދަ ނުދޭންވީ؟ ވަރަށް ރަގަޅަށް ދިރާސާކޮށްފަ ނޫން ގޮތަކަށް މިކަހަލަ ނިމުންތައް ނުނިންމުމަށް އެދި ސަރުކާރަށާއި ސަރުކާރުގެ އިސްފަރާތަކަށް ގޮވާލަން.

    4
    1
  9. ދަތްދޫނި

    ސާބަހޭ މަގޭ ޖާބިރޫ. ޖާބިރަކީ ހަމަ ޙަޤީގަތާއި އެއްގޮތައް ވާހަކަ ދައްކަވާ ބޭފުލެއްކަން ފާހަގަ ކުރަން. ހިތާމަ އަކީ ބައެއް ފަހަރު ހިނދު ކޮލު އަންނާތީ. އެހެން ނޫންނަމަ ޤައުމުގެ ވެރިކަން ކުރަންވެސް އޯކޭ.

    6
    2