ރާއްޖެ ހިންގަން އެންމެ ރަނގަޅީ ބޮޑު ވަޒީރަކު ހުންނަ އުސޫލުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް ހުށަހަޅުއްވާފައިވާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ބޮޑުވަޒީރެއް ހުންނަހެން ޤައުމު ނުހިންގާ ނަމަ ޤައުމު ނުހިނގާނެ ކަމަށެވެ.

ބޮންޑާީ ވިދާޅުވީ ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމް ނަމަވެސް، ރިޔާސީ ނިޒާމެއްގެ ސިފަތައް ނުފެންނަކަމަށާ، ހަގީގަތުގައި ގައުމު ހިނގަމުން އައީ ބަރުލަމާނީ ނިޒާމަކަށް ކަމަށެވެ. އަދި މިހާރު ރިޔާސީ ނިޒާމެއްގެ ތެރެއިން ކޯލިޝަން ހަދައިގެން ތިބީ، "ހަތަރު ފަށް" ކޮށްގެން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ކަންކަން ތަންފީޒް ކުރަން ބަލާއިރު، އުނދަގޫވާ ސަބަަބަކީ ކޯލިޝަންގެ އެއްބާރުލުން ނުލިބުން ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މަޖިލީހުގައި ވެސް ކޯލިޝަން އެކުގައި މަސައްކަތް ކުރެވޭތަން ނުފެންނަ ކަމަށެވެ.

"މި ކޯލިޝަނުން އިޚުލާސްތެރިކަމެއް އަޅުގަނޑަކަށް ނުފެނޭ. މިއަދު ނެތޭ މިތާގަ ޖޭޕީ ލީޑަރެއް ވެސް ނެތް. އެހެން ޕާޓީއެއް ވެސް ނެތް. އަޅުގަނޑުމެން އެކަނި ތިބެގެން މި ވާހަަކަދައްކަނީ. އެކަމަކު މިތިބީ ކޯލިޝަން ހަދައިގެން މިތިބީ." ބޮންޑާ ވިދާޅުވިއެވެ.

އޭނާ ވަނީ އެއްގަމު ދަތުރުފަތުރުގެ ބިލާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ އެއްގަމު އުޅަނދު ފަހަރު މާލޭގެ މަގުމަތީގައި ގިނަވާ މައްސަލައަށް، ޖޫރިމަނާކޮށްގެން ހައްލު ނުލިބޭނެ ކަމަށެވެ.

މާލޭގައި ވެހިކަލް ގިނަ ވުމާއި، ދަތުރުފަތުރުގެ ނިޒާމް ދޯހަޅިވުމުގެ މައްސަލައަށް ހައްލު ލިބޭނީ މިހާރަށް ވުރެ ބޮޑަށް، ކަމާއި ބެހޭ ފަރާތްތަކުން ފުޅިގެން ކުރާ މަސައްކަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބާ ދަގަނޑަށް ވާން ދޫކޮށްލާފައި ހުރި ވެހިކަލްތަކަކީ ގިނައިން ސަރުކާރުގެ ކުންފުނިތަކުގެ ވެހިކަލްތައް ކަމަށް ވާއިރު، އެތަކެތި ނެގުމުގައި ސަރުކާރަށް ބޮޑު ދައރެއް އަދާކުރެވނެ ކަަމަށް ބޮންޑާ ވިދާޅުވިއެވެ.

"އަގުބޮޑު ކާރުތައް ހަމަ އަދިވެސް އެތެރެ ކުރަނީ. އިއްޒަތްތެރި ރައީސް ނިޒާމްގެ މައްސަލައެއް މިއީ. އަޅުގަނޑުމެން ކިތަންމެ ވަރަކަށް ރަނގަޅު ކުރަން އުޅުނަކަސް ނުވާނެ. މި ގާނޫނުގައި ކަންކަން ރަނގަޅުކުރުމަށްޓަކާ ހިމަނާފައި ވަނީ އަނެއްކާވެސް ޖޫރިމަނާތަކެއް. އެއްހާސް ރުފިޔާއިން ދެހާސް ރުފިޔާއިން ޖޫރިމަނާކުރުން. މާލޭގެ މަގުތަކުގައި މިހާރުވެސް ގިނައިން ތޮއްޖެހިފައި ހުރި ވެހިކަލްތަކަކީ ކުންފުނިތަކުގެ ވެހިކަލްތައް." ބޮންޑާ ވިދާޅުވިއެވެ.

ބޮންޑާ ވިދާޅުވީ މިހާރު އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އޮތްގޮތުން، އެ ބިލަށް ގެންނަ އިސްލާހުން މާބޮޑު ފައިދާއެއް ނުވާނެ ކަމަށެވެ. އަދި އެ ޤާނޫނުގެ ސަބަބުން ދައުލަތަށް އިތުރަށް ޚަރަދު ބޮޑުވާނެ ކަަމަށް ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުގެ ޤާނޫނަށް ބަދަލު ގެންނަނީ، ޤާނޫނާއި ޚިލާފަށް އެއްގަމު ދަތުރުފަތުރު ކުރުމުގައި ހިނގާކަންކަން ހުއްޓުވާ، އެ ޤާނޫނު ހިންގުން ހަރުދަނާ ކުރުމަށް ކަމަށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެންނަން މެމްބަރު ޔާސިރު ހުށަހެޅުއްވި ބިލްގައިވެއެވެ.

އެ ބިލުގައި އިސްލާހު ކުރަން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެ ޤާނޫނުގެ 3 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ވަނީ ނިންމާފައެވެ.

އެގޮތުން އިތުރުކުރާ މާއްދާގައި ބުނެފައިވަނީ އެ ޤާނޫނު ތަންފީޒުކުރުމަށް ލަފާދޭން 6 އިދާރާއަކުން މީހުން ކަނޑައަޅަން ވާނެކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ

  1. އެއްގަމު ދަތުރުފަތުރު ކުރުމުގެ ސިޔާސަތު ކަނޑައަޅާ ވުޒާރާ
  2. މަގުހެދުމާއި އިމާރާތްކުރުމާއި ގުޅޭ ސިޔާސަތު ކަނޑައަޅާ ވުޒާރާ
  3. ޓްރާންސްޕޯޓް އޮތޯރިޓީ
  4. އެޓާނީ ޖެނެރަލްގެ އޮފީސް
  5. މޯލްޑިވްސް ޕޮލިސް ސަރވިސް
  6. ލޯކަލް ގަވަރމަންޓް އޮތީރިޓީ

އެއިން ކޮންމެ އިދާރާއަކުން، އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނު ތަންފީޒްކުރަން ލަފާދިނުމަށް ކަނޑައަޅާނީ އެކަކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބެއްޔާ

    އެއީވެސް ބޮޑުވަޒީރުކަމުގަ ނަޝީދު ހުރެގެންނޭ ނުބުނީ ކީއްވެ. ބަލަ މިހާރުވެސް އެއީ ހަމަ ބޮޑުވަޒީރު ރައީސަކީ އިބޫ. އިއްޔެއޮތް ރިޔާސީ ބަޔާން އިއްވިއިރުވެސް އިބޫ ހުަންނަށްޖެހުނީ ކޮޅަށް. ބޮޑުވަޒީރު ބޮޑު ގޮނޑީގައި ހަމަޖެހިލައިގެން. އިހުތިރާމްނުކުރިޔަސް ބޮޑުވަރުދެން..

  2. ދޮނާބެ

    ތި ކަމަށް ދަހިވެތިވެ ފެންބޮވައިގެންފަ ހުރީ އެންމެ މީހެއް. އެއީ ކެނެރީގޭ ބުއްޅަބޭ. ތިކަމުގެ ދަހިވެތިކަމުގައި ކޮންމެފަދަ ކަމެއްވެސް ކޮސްފާނެ އެ ޝައިތާނު

  3. ދަވާލި19

    ތިއުޅެނީ ގައުމު ހިންގާކަށެއްނޫން ތިއުޅެނީ އުމުރުދުވަހު ރައްޔިތންގެ ލާރިބަނޑުއަޅައިގެން އޭގެއިން އަނބިދަރިންނައްކާންދީ ވެރިކަމުގަ ބަގުޑިބައްދައިގެން ތާއަބަދުތިބެވޭނެ ގޮތެއް ހޯދަން ހަމަހިލާ އެކަކައްވެސް ތިކަމެއްނުވާނެ ބިޑުވަޒީރެއް މެދުވަޒީރެއް ކުޑަވަޒީރެއް ލިއަކަސް

  4. ޖާނޭ

    ބަރުލަމާނީ ގައި މާބޮޑަށް ކޯލިޝަން ހަދަން ޖެހޭނެ. ކޯލިޝަންގެ މަޖިލިސް މެމްބަރުން ވަކިވުމުން ސަރކާރު ވެއްޓޭނެ. ތިޔައި ތަންދޮރު ނުބަލާ "އަންނ" ވެރިކަން ބޭނުންވާ ވަރުން އޭނަގެ ބަސް. ބަލަގަ ކޯލިޝަނާ ހެދިޔޭ ތިމީހުނަށް ވެރިކަން ލިބުނީ. 2008ގައި މައުމޫނު ގެ ދައުރު ނިމުމުން ތިޔަ ބުނާ " ވަރުގަދަ އެމް،ޑީ.ޕީ" ކާމިޔާބު ކުރީވެސް ކޯލިޝަނުން. 2013 ވެރިކަން ޔާމީނު ޢަބުދުލް ޤައްޔޫމާސްވެސް ކާމިޔާބު ކުރެވުނީ ކޯލިޝަނުގެ ސަބަބުން. 2018 ވަނަ އަހަރު ތިޔަ ބުނާ ވަރުގަދ "އެމް.ޑި.ޕީ" އަށް ވެރިކަން ލިބުނީވެސް ކޯލިޝަންގެ ސަބަބުން. ވެރިކަން ލިބުނީމާ ކޯލިޝަން ލަވަ ޕާރޓީ އަށް ވީ. ކޯލިޝަނަކީ މުސީބާތަކަށް ވީދޯ؟ ހަޤީޤަތުގައި ތިޔަ ޕާރޓީއަކީ ޕާރފޯމް ނުކުރެވޭ ޕާރޓީއެއް.

  5. ފަޒޫ

    ކޯލިޝަނުން ގުޅިގެންތޯ މަޖިލިސް މެމްބަރުން ހޮވީ ؟ މެމްބަރުން ހޮވަންވީމަ ކޯލިޝަނެއްނެއް
    ވަކިވަކިން ޕާޓީތައް ކޯލިޝަން ޕާޓީތައް އެއްފަރާތްކޮއްފަ ހޮވީ މަޖިލީހުން ކަމެއް ނިންމަންވީމާ ކޯލިޝަން ކޯލިޝަން ތިދެން ވަރަށްބޮޑު ޖޯކެއް

  6. ގުއިދައިތަ

    އާނ ބޮޑުވަޒީރަކަށް ވާންވީ ކަލޭ.. އޭރަށް މިޤައުމު ހުންނާނީ ހިންގިފަ.

  7. ބޭނުންވިގޮތް

    އަޅެ މީނަ މަޖިލީހަށް ހޮވި ބަޔަކު ވެސް ތިބީ ދެބަންދިހާރަ ވެފަތަ؟ މިކަހަލަ ތާކުން ތާކު ނުޖެހޭ ކަޅިއަރާފަ ތިބޭ މީހުން މާލޭ މީހުން މިހޮވަނީ މަޖިލީހަށް. އަމިއްލަ ސިކުނޑިން ވިސްނަން ވެސް އިނގޭ މީހެއް ނޫން މީ.

  8. އަދާލަތު

    ބަރުލަމާނީގެ ކުލަވަރު ފެންނަން ފަށައިފި. ވޯރާ ޒަމާން ފެށި، ކުދިވިޔަފާރިތައް އުވެނީ. މިހާރު ކުދިވިޔަފާރި ތަކުގެ ވެރީން ދެން އުޅެންޖެހޭނީ، ވޯރާވެރިންގެ މަޖޫރީންނަށް.

  9. ފައިރޫޒު

    އެކަމަކު ޖޯކަރެއް ނޫން. ތަސައްރަފު ފު ދޭ މީހެއް ލާންވާނީ