ކުޑަކުދިންގެ މައްސަލަތަކުގައި އިހުމާލްވެފައި ވަނީ ހަމައެކަނި ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް އެކަނި ނޫން ކަމަށާއި އެކަމުގައި ދިވެހި ދައުލަތް އިހުމާލުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކަން ޖެންޑަ މިނިސްޓްރީ އަށް އެނގި ތިބެ އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ބެހެއްޓި މައްސަލައިގައި މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް މަޖިލިހުގައި ބަހުސް ކުރެއްވި ގިނަ މެމްބަރުން ވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގައި ޝިދާތާ ވަނީ މި މައްސަލައިގައި ވަރަށް ބޮޑަށް އިހުމާލުވެފައެވެ. އެކަމަކު، އެ ޒިންމާ ހަމައެކަނި ނަންގަވަން ޖެހިވަޑައިގަންނަވާ ބޭފުޅަކީ ޝިދާތާ އެކަނި ނޫން ކަމަށް ވެސް އިދިކޮޅު މެމްބަރުން ފާހަގަ ކުރެއްވިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ހިޝާންގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ޖެންޑާ މިނިސްޓްރީ ހިމެނޭ ގޮތަށް ކުޑަކުދިންގެ މައްސަލަތައް ބެލުމަށް އޮތް ހުރިހާ މުއައްސަސާއަކުން ވަނީ މިކަމަށް އިހުމާލުވެފައި ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭނީ ހަމައެކަނި ޝިދާތާ އަށް ނޫން ކަމަށާއި މިކަމުގައި ޝާމިލްވާ ހުރިހާ އެންމެންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ކުދަކުދިންނަށް ޖިންސީ ގޯނާ ކުރުމާ އިހުމާލުގެ ވާހަކަ ތަކުރާރުކޮށް ދެކެވެމުން ދާއިރު ވެސް ދައުލަތަކުން، ސަރުކާރަކުން މިކަމާ ދޭތެރޭ ފިޔަވަޅެއް އަޅާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މިއަދު މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން ހުށަހަޅައިގެން މަޖިލީހުން މި ވާހަކަ ދައްކަމުން ދާއިރު ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ؟ ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރު ވަކި ނުކުރައްވަންވީ؟ މަޖިލީހުންތޯ އޭނަ ވަކި ކުރައްވަން ޖެހޭނީ؟ ރައީސުލްޖުމްހޫރިއްޔާތޯ ޖެހޭނީ؟. މިބާވަތުގެ ކަންކަމުގެ ސަރުކާރަށް ކީއްވެގެންތޯ ފިޔަވަޅު އަޅަން ނުކެރެނީ؟ އަޅުގަނޑު ދަންނަވާނީ މިއީ ސަރުކާރުގެ ފެއިލްވުމެކޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ވިދާޅުވީ ލޯބި ނުވާ މިނިސްޓަރަކަށް ރުހުން ދިނީ ކީއްކުރަންތޯ ސުވާލު އުފައްދަވައިފައެވެ. އޭރުގައި ވެސް ރުހުން ނުދިނުމުގެ ފުރުސަތު އޮތް ކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ.
ޝިޔާމް ވިދާޅުވީ މިހާރު ފެންމަތިވީ ވަނީ ހަމައެކަނި ޖެންޑާ މިނިސްޓަރު އިހުމާލުވި މައްސަލަ ނޫން ކަމަށާއި، މުޅި ގައުމު އޮތީ ފެއިލްވެފައި ކަމަށެވެ.
"ބަލާލި ކޮންމެ ދިމާލަކުން އަޅުގަނޑުމެންނަށް ފެންނަނީ މުޅި ގައުމު ފެއިލްވަމުން އަންނަ މަންޒަރު. ގައުމު ފެއިލްކޮށްލީ މި މުއައްސަސާގައި ތިއްބެވި ސަރުކާރަށް ނިސްބަތްވާ، މަނިކުފާނު ވިދާޅުވާ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން" ޝިޔާމް ވިދާޅުވިއެވެ.
މަޖިލިހުގެ ރިޔާސަތުގައި އިންނެވި، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވައި ޝިޔާމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޝިދާތާގެ އިތުރުން ނަޝީދު ވެސް މިކަމުގެ ޒިންމާ ނަންގަވަން ޖެހޭ ކަމަށެވެ.
"މިއަދު ޝިކާރައަކަށް އެހެން މީހަކު ހަދާ އެ ވަޒީރުން މިތަނުން ކަނޑަން މަސައްކަތް ކުރާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ. ނިކަން ކެރިގެން މިކަން ކޮށްލަން އެބަޖެހޭ ނޫންތޯ. ނައިބު ރައީސް އެކޭ ކިޔާނެ ކަމެއް ނެތް. ޝިދާތާއެކޭ ކިޔާނެ ކަމެއް ނެތް، ޕާޓީ އަށް ނިސްބަތްނުވާ ހުރިހާ ވަޒީރުން މިތަނަށް ގެނެސް މަގާމުން ވަކިކުރަންވީ" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ދެެއްކެވި ވާހަކައަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ހިތާ ނުވާ ކަމަށް ޝިޔާމް ވިދާޅުވުމުން އެމަނިކުފާނުގެ ހިތްޕުޅަށް މޮޅިކަން ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ކަމެއް ގޯސްކޮށް ދާކަމުގައިވާ ނަމަ އެކަމެއްގެ ވާހަކަ ދެއްކުން އެންމެ ހައްގުވެރީ ރައްޔިތުންގެ މަޖިލީހުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"މިދައުރަށް މަޖިލިސް ހުޅުވިގެން ދިޔަ ދުވަހު ރައީސް އިބްރާހިމް މިހައްމަދު ސޯލިހް މިތަނަށް ވަޑައިގެން ވިދާޅުވި، މި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ރަނގަޅު ވާހަކަ. އަދި ވިދާޅުވި ސަރުކާރަށް މަގު ދެއްކުމުގައި އެންމެ ގާތް އެންމެ ރަނގަޅު ބައިވެރިއަކީ ރައްޔިތުންގެ މަޖިލިހޭ" ނަޝީދު ވިދާޅުވިއެވެ.
މިއީ ގުދޯ ގުދޯ ގޮވުމުގެ ގަޢުމީ އިނާމާއި ޝަރަފްގެ މެޑަލް ޙައްޤުވާ ދެ ފަރާތް
މިމީހުންނަކީ ދެއަނގައިން ވާހަކަދައްކާ ބައެއް، ކުރިން ސިދާތާ މައްސަލައަކަށްވެ އިސްތިއުފާއަށްގޮވި، މިހާރު މަޖިލިސްއިން ސިދާތާ ވަކިކުރަން އުޅުމުން މިކިޔަނީ އެހެންލަވައެއް، މިހެންވެ އިންތި އަބަދުވެސް ބުނަނީ މީ ވަހުތާނެއްފަދަ ލާހޫރޭ ބައެކޭ
ބަަލަ އެކިޔާއެއްޗެއް ނިކަން އިނގިބަލަ..އެބުނާބަހަކީ ސިދާތާވެސް އަދި ދައުލެއްވެސް ފެއިލްވިވާހަކަ..
ކިޔާއެއްޗެއް މަށައްދޯ ނޭގިގެންމިއުޅެނީ، ބޯހަލާކުވެސްތީ މިބައިގަނޑުގެ ދަލުގަޖެހިފަ ހުރިމީހެއްތާ؟ ކޮންމެ މިނިސްޓްރީއަކަށްވެސް ވަކިމެންޑޭޓެއް ދީފައޮށްނަނީ، އެބައެއްގެ ޒިންމާ ރަނގަޅައްނަގާނަމަ މިިފަދަކަންތައްތައް ތަކުރާރުވުން ދުރުވާނެ، ދައުލަތް އެއްކޮށް ކުށްވެރިކުރާ ހިިސާބައްދިޔަކަމައް ބުނެވޭކައްނެތެއްނުންތޯ، މިޔަދުމަޖިލިސްއިން އެނިންމީ ޒިންމާ ފުރިހަމައަށް އަދާނުކުރާ މީހާ ވަކިިކުރަން
2017 ގަ ވެރިކަމުގަ ހުންނެވީ މިހާރުގެ ރައީސް ތޯ؟
ކަލޭމެން ތިޔަ " ސްޓަންޓް " ތިޔަޖައްސަނީ މިރާއްޖޭގެ މީހުންގެ ބޯކާލަން ކަމަށް ހީކުރަނީ ނަމަ އެކަމެއް ނުވާނެ ! ކުޑަކުދިންނަށް އަދި އަންހެނުންނަށް ޖިންސީ ގޯނާ ކުރީކީ މިއަދަކު އިއްޔެ އަކު ނޫން ! މިކަމެއް ހިގާތާ ވީދުވަހެއްވެސް ނޭގޭ ! ކޮންމެ ކުއްޖަކުވެސް އަދި އަންހެނަކުވެސް އެކަން ސިއްރު ކޮށްފާ އޮންނަނީ ސަބަބު ތަކެއް މެދުވެރި ވާތީ ! މަޖްބޫރުވުން ، ބިރުވެރިކަން ، އަދިވެސް އެތައް ސަބަބެއް ދިމާވާތީ ! ކަލޭމެން ދަންނަ ނަމަ މިދިވެހި ރާއްޖޭގައި ދޭތެރެ ދުރުކުމޭ ކިޔައިގެން ފިރިހެނުން އެއްޖިންސުން ގުޅުން ހިންގާ ރަށެއް އޮތްކަން ކުރީގެ މީހުންގެ ވާހަކަތަކުން އެގޭ ! އެކަންކަން ވާނުވާ ނުބެލުނީ ކޮންބައެއްގެ އިހުމާލުންތަ ؟ މިހާރު ކުޑަކުދިންނަށާއި އަންހެނުންނަށް ތިޔަ ގޯނާ ކުރާކަން ފާޅުގައި އެގެން ފެށީމާ އެކަން ވަކިބައެއްގެ ބޮލުގާ އަޅުވަން ވީކީ ނޫން ! އެކަންކަން ފަޅާ އަރާކަމާމެދު ޝުކުރުކޮށް އެފަދަ ނުލަފާ އަމަލު ހިންގާ މީހުނަށް ޢުޤޫބާތް ދޭންވީ ! މިފަދަ ޖަނަވާރުގެ އަމަލުތައް ހުއްޓުވަން ނޫޅޭމީހުންނާއި ހުރަސް އަޅާމީހުންނަށްވެސް ހަޢްޤު އުޤޫބާތް ދޭންވީ !
އިހުމާލް އޮތީ ސިދާތާ ގެ ކިބަޔަކު ނޫން ދަރިންނަށް އިހުމާލް ވަނީ މައިންބަފައިން . ދަރިން މާތްﷲ ހަވާލުކުރައްވަފަ ފޮނުއްވަނީ މައިންބަފައިންނާ . އެ ދަރިންނަށް އިހުމާލްވަނީ މައިންބަފައިން. ދެމަފިރިންގެތެރެއިން އެކަކީ އާއިލާގެވެރިމީހާ އަނެކަކީ ގޭގެވެރިމީހާ ގޭގެވެރިމިހާ އަށް ގެ ނުބެލެހެއްޓުނީމަ ދަރިންނަށްގޯޅިއެޅެނީ އެހެންވެ. ދަރަިން ބަލަނެ މިހަކު ނުހުރެ ދެމަފިރިން ނިކުމެ ހޯދަނި ފައިސާ ، އިންސާނުން މާތް ﷲ ހައްދަވަފަވަނީ ތަފަތު ދަރަޖަ ތަކުގަކަން ކިރިތި ގުރްއަނުގާ އންގަވަފަ ވައިރު ހަމަހަމަ ކަމަށް ދައުވަކުރުމަކި އިހުމަލު ވެވޭ އެންމެ ބޮޑު ސަބަބު.
ތިހާކެރިވަޑައިގައްނަވައްޏާ ހޯރައިއްބެ އަނބުރާ ޖަލައްވައްދަބަލަ ދެން މޑޕ ނޫން ހުރިހާ ވަޒީރުން ވަކިކޮއްލަބަލަ
ސިދާތާ ބޭރުކޮށްލުމަކީ މޑޕ އަޑީގައި ހުރެގެން ގަސްތުގައި
ހިންގި ޖަރީމާއެކެވެ.