ދަރުމަވެރިޔާގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރަމުން އަންނަ އަހްމަދު ހިޝާނަކީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެއްކަން ފުލުހުންގެ އިންޓެލިޖެންސުން ޖެންޑާ މިނިސްޓްރީ އަށް މާކުރިން ވެސް އެންގިކަން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައި ވަނީ ހާމަވީ މިއަދު ހައި ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމެއްގައެވެ.

މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމަކީ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ހޯދަން ހިޝާން ފެމިލީ ކޯޓަށް ހުށަހެޅުމުން އެކަން އެގޮތަށް ކޮށްދެވެން ނެތް ކަމަށް ކުރި ހުކުމް ހިޝާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި އަޑުއެހުމެކެވެ.

އެ މައްސަލާގެ އަޑުއެހުމުގައި ފަނޑިޔާރު ނިޔާޒް ވިދާޅުވީ، ހިޝާނަށް ބެލެނިވެރިކަން ނުދޭން ފެމިލީ ކޯޓުން ހުކުމް ކުރީ ހިޝާންއާ މެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށް ފުލުހުން އިންޓެލިޖެންސުން ދިން މައުލޫމާތާ އެކު ޖެންޑާ މިނިސްޓްރީން އެކުލަވައިލި ރިޕޯޓަކަށް ރިއާޔަތްކޮށްފައި ކަމަށެވެ.

ނިޔާޒް ފާހަގަކޮށްފައިވާގޮތުގައި، ބެލެނިވެރިކަން ހޯދަން އެދުނު ކުއްޖާ 2018 ވަނަ އަހަރުން ފެށިގެން އުޅެނީ ހިޝާންއާ އެކީގައި ކަމަށެވެ.

ސިކުނޑީގެ އުނިކަމެއް ހުންނަ ނަމަ އުމުރުން 18 އަހަރު ވިޔަސް އަމަލުކުރަން ޖެހޭނީ ކުޑަކުއްޖަކާ މެދު އަމަލުކުރާ އުސޫލުންކަމަށްވާއިރު، ފަނޑިޔާރު ނިޔާޒު ވަނީ އެ ހިޝާންގެ ބެލުމުގެ ދަށުގައި ހުރި އެކުއްޖާއާ މެދުވެސް އަމަލު ކުރަންޖެހޭނީ އެ އުސޫލުންކަން ފާހަަކުރައްވާފައެވެ.

އަދި ނިޒާން ވަނީ ހިޝާން މައްޗަށް އެފަދަ ކަންތައްތަކެއް ތުހުމަތު ކުރެވޭއިރު ޖެންޑާ މިނިސްޓްރީން އެކަމާ އަޅާނުލީ ކީއްވެތޯ ފަނޑިޔާރު ވަނީ، ޖެންޑާ މިނިސްޓްރީން ކޯޓަށް ހާޒިރުވި ލީގަލް އޮފިސަރާއި ސުވާލު ކުރައްވާފައެވެ.

އަދި މީގެ އިތުރުން ފަނޑިޔާރު ނިޔާޒް ވަނީ، ހިޝާނަށް ގައުމީ އިނާމުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބެސެޑަރުކަން ދިންއިރުވެސް، ޖެންޑާގައި ބެހޭ ގޮތުން މި ހުރިހާ މައުލޫމާތެއް ހުއްޓައެވެ.

މީސް މީޑީއާގައި ހިޝާންގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމަށް ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަލީ

  މިހާރު ދެން ކުއްޖެއްގައިގައި ލޯބިން ފިރުމާލިއަސް ޖިންސީ ގޯނާއަށް ވާ ހިސާބަށް ހިނގައްޖެ ކަންނޭނގޭ. މިބުނީ އޭނަ އެކަހަލަ ކަމެއް ނުކުރެއެކޭ އެއް ނޫން. ކުރިއްޔާ އެކަން ސާބިތު ކުރަން ވެއްޖެނޫންތޯ؟ ފުލުހުންގެ އިނޓެލް އަކީ ރާއްޖޭގަ ވަރަށް ފާޑެއްގެ އެއްޗެއް. ނުރުހޭ މީހާ އާއި ދެކޮޅަށް އެތަށް މިލިއަން އިންޓެލްއެއް އެމީހުން އެއްކުރާނެ.

  86
  6
 2. ޒެންޑާ

  އެހެންވެ ދޯ އަވަހަށް ފިލަން އުޅުނީ ރާއްޖެ ދޫކޮށް. ހިތައް އަރާ މިނޫން މީހެއް ނޫޅެނީ ބާއޭ މިޤައުމުގަ ޖިންސީ ގޯނާ ކުރާ މީހުންނާ ދީނަށް ފުރައްސާރަ ކުރާ މީހުންނާ މީހުން މަރާ މީހުންނާއި ވަގުންނާއި ހަމައިގަ ތިބެން ނުޖެހޭ މީހުންނާއި ފްރައިޑޭ އެނޖޯއީ ކުރާ މީހުން

  58
  4
  • މަހުދީ

   ރުހުމުގައި ޒިނޭ ކުރިޔަސް މައްސަލައެއް ނެތް ދޯ؟

   18
   4
 3. .....

  ކުޑަ ކުދިން ރޭޕް ކުރަނިއްޔޭ ކިޔާފަ ދެމަފިރިން ޖަލަށްލީމާ ހަގީގީ ކުޑަކުދިން ރޭޕް ކުރާ މީހުން ﷲ ފަޟީހަތް ކުރައްވަވާގޮތް ނިކަން ދެކިބަލަ...އަސްތަޣްފިރުއްﷲ

  19
  1
 4. ދަންޑަހިލް

  މައްސަލަ ބާތިލްކުރުމަށްފަހު ފަނޑިޔާރުން ޖެހޭތަ މައްސަލައާއިގުޅޭ ވާހަކަ ދައްކަން އެއީ އަމިއްލަޔަށް މާ ކަންކަން އެނގޭކަމަށް ދެއްކުމަށްހިންގި ނާ ތަހުޒީބު ޢަމަލެއްކަމަށް ފެންނަނީ ތިޔަ ފަނޑިޔާރަކީ ވަރަށް ކަންކަން އެނގިގަނެގެން އުޅުއްވާ ބޭކަލެއް އޭނަ އަށް ހީވާ ކަހަލަ އެނޫން އެހެން މީހުނަށް އެއްވެސްކަމެއްނޭނގެނީއޭ ވަރަށް ބޮޑުވާން ބޭނުންވާ ފަނޑިޔާރެއްކަމަށް ފާހަގަކުރެވޭ ފަޑިޔާރެއް ތީ އެހެން މައްސަލަ ތަކުގަވެސް އިސް ފަނޑިޔާރަށްވުރެ ނުފޫޒު ގަދަކޮށް ސުވާލުކޮށް ހަދާކަން ފާހަގަ ކުރެވޭ

  2
  10
 5. ބަދުނާމް

  ލާދީނީ ސަރުކާރު ބަރަހަނާވީމަ އެންމެ ފަހުން ހިޝާން ހައްޔަރު ކުރުމަށް ވަރަށް މޮޅު އުކުޅެއް ދިހެދީ ސާބަހޭ ހާރާން ސަރުކާރަށް ކޮންމެހެން ވެސް ޚިމާޔަތަށް އެދޭ މީހެއް ވިއްޔާ ހައްޔަރު ކުރެވޭތޯ ބަލާތި މަގޭ ފުރައިޑޭ

  10
  8
 6. ސޮނިފުހޭ

  ޢިންސާނުންނަކީ އިންސާނުންނަށްވީތީ ކުށްކުރެއެވެ އާދަމްގެ ފާނުވެސް ކުށް ކުރެއްވިއެވެ އެންމެ ހެޔޮލަފާ މީހަކީ ކުށައް ފަހު ހިތުގެ އަޑިން ﷲ އަށް ބިރުވެތިވެ ތައުބާ ވާ މީހާ އެވެ ޙަރާމް އިޒް ޙަރާމް. ޙަލާލް އިޒް ޙަލާލް މިދިވެހިންގެ ތެރޭ އެތަކެއް ކުއްވެރިންނެއް ވަރަށް ޝަރަފާ އެކު ދިރިއުޅެއެވެ ޝަރަފްވެރި ކަމުގެ ބޮޑުކަމުން އެބައެއްގެ އަސްލު ސޫރަ ނުފެންނަނީއެވެ ހަސަދަ ފިލުވުމަށް ނޫނީ އެފަދަ މީހަކު ހޯދާކަށްވެސް ދިވެހިން ބޭނުމެއްނުވެއެވެ ގުދޯ ގުދޯ ނުގޮވާ އަމިއްލަ ނަފްސު އިސްލާހު ކުރާށެވެ ބަނގުރަލާ ހިލޭ އަންހެނުންނާ ނުލާ ދިރިއުޅެން ދަސްކުރާށެވެ މައިންގެ މަސައްކަތަކީ މުރުއްވަތްތެރި ގަޓްހުރި ދީންވެރި ހެޔޮލަފާ ފިރިހެންދަރިއެއް ބިނާކުރުމެވެ

  21
  1