ޗައިނާގެ ވުހާންގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ދިވެހިން އެ ސިޓީގެ ރައްޔިތުންނަށް ހިތްވަރުދިނުމުގެ ގޮތުން ހެދީ ވީޑިއޯއެކެވެ. ދިވެހިންގެ އަޑުކޮޅުތައް ހިމަނައިގެން ހެދި އެ ވީޑިއޯއަށް މިހާރު ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ.

ޗައިނާ ބަހުންނާއި، އިނގިރޭސި ބަހުން ދިވެހިން ތިބީ ވުހާން ސިޓީގެ ރައްޔިތުންނާއެކު ކަން ހާމަ ކުރުމަށް ހެދި އެ ވީޑިއޯގައި މިހާރު އެންމެ ހިނގަމުން ދަނީ ޓިކްޓޮކްގައެވެ.

އެ ވީޑިއޯ ޓްވިޓާގައި ހިއްސާކޮށްފައި ވަނީ މޯލްޑިވްސް ޗައީނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނިޒޭޝަން އިންނެވެ. އެ ޖަމިއްޔާއިން އެ ވީޑިއޯ ހިއްސާ ކުރުމުން އެ ވީޑިއޯވަނީ ޗައިނާ ފޮރިން މިނިސްޓްރީގެ ޓިކްޓޮކް ޕާޖުގައި ހިއްސާކޮށްފައެވެ، އަދި އެވީޑިއޯ ވަނީ ޗައިނާގައި އެންމެ ހިނގާ އެޕް ވީޗެޓަށްވެސް ލާފައެެވެ.

"ކޮރޯނާ ވައިރަހަކީ ހިތްހަރު އެއްޗެއް ނަމަވެސް އަހަރެމެން ދެ ގައުމު (ދިވެހިރާއްޖެ/ ޗައިނާ)ގެ މީހުންގެ ހިތްތައް ވަނީ ގުޅާލެވިފައި. ގުޅިގެން އަހަރެމެން ކާމިޔާބީ ހޯދާނަން". ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޒް-ހޮންގް ކުރެއްވި ޓްވީޓެއްގައި ވެއެވެ.

އެ ވީޑިއޯ ޓިކްޓޮކަށް ލިތާ ދެ ދުވަސް ނުވަނީސް މިލިއަނާއި ގާތް ކުރާ އަދަދަކަށް އެ ވީޑިއޯ ބަލާފައި ކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.

ކޮރޯނާ ވައިރެސް އެންމެ ބޮޑަށް ފެތުރިގެން ގޮސްފައި ވަނީ އެ ސިޓީގައެވެ. އެ ސިޓީއަކީ ނުވަ ދިވެއްސަކު އުޅެމުން ދިޔަ ސިޓީއެކެވެ. އެ ސިޓީގައި މިހާރު ތިބީ ދެ ދިވެއްސެކެވެ. ބާކީ ތިބި ދިވެހިން މިހާރު ވަނީ އިންޑިއާގައި ކަރަންޓީންކޮށްފައެވެ.

https://www.facebook.com/MCTCOmv/videos/2676839202428419/

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 426 އަށް އަރާފައެވެ. އަދި ޗައިނާ އާއި އެހެން ގައުމުތައް ވެސް ހިމެނިގެން މިހާތަނަށް ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 20620 އަށް މިހާރު ވަނީ އަރާފައެވެ.

ޗައިނާ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ބުނާ ގޮތުގައި އިއްޔެ ވަނީ 642 މީހަކު ކޮރޯނާވައިރަސް އިން ރަނގަޅު ވުމުން ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެ

    ތި ވީޑިއޯ ހެދި ބަޔަކަށް ޗައިނާގައި އުޅޭ މުސްލިމުންނައް ޗައިނާ ސަރުކާރުން ދޭ އަނިޔާގެ މައުލޫމާތު ނުލިބޭކަން ވަރަށް ސާފު.

    60
    10
  2. ނިކަމެތި

    ނިކަމެތި ބަލިހާލުގަ ޖެހޭ ދިވެހިންނަށް ވެސް މިހެން ދިވެހީންގެ ބަޔަކު ނުވަތަ އެހެން ބަޔަކުވެސް ހިތްވަރު ދޭނެނަމައޭ ހިތަށްއެރި

    64
    1