ގދ. ޕާކް ހަޔާތް މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މަރުވެފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އެމެރިކާގެ 59 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ވިދާޅުވީ، އޭނާ ގެނބިގެން ވިލިގިނލި ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 18:20 ހާއިރު ކަމަށެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
ރާއްޖެގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ތެެރެއިން މޫދަށް އެރި އުޅުމުގެ ތެރޭގައި ދިމާވާ ހާދިސާތަކުން މަރުވާ މީހުން ގިނައެވެ.
ހުރި ހިތާމައެއްގެ ބޮޑު ކަމާއެ! ރިސޯޓް ތަކުން މޫދަށްއެރޭ ފަތުރު ވެރިން މިހާރަކަށްއައިސް މަރުވާ ވާހަކަ އެބައިވޭ. ޓްއަރިޒަމް މިނިސްޓަރ އިސްތިއުފާ ދޭކަށް އަދިވެސް ނުވޭތޯ؟ މިފަދަކަންކަން ހިނގަނީ ރިސޯޓްތަކުގެ ކަންތައް މިނިސްޓްރީން ނުބަލާތީ.