ހުޅުމާލޭގައި ތިން މީހެއް ގަޔަށް ވަޅި ޖަހައިފި އެވެ.ވަޅިން ހަމަލާ ދިނުމުން ޒަހަމްވެފައި ވަނީ ޗައިނާ ދެ މީހަކާއި، އޮސްޓްރޭލިއާ މީހެކެވެ.
އެ މީހުންނަށް ވަޅިން ހަމަލާ ދީފައި ވަނީ ހުޅުމާލެގެ ތިން ސަރަަހައްދެއްގައެވެ.
ޒަހަމްވި މީހުންނަށް ދަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ހުރި "ވަގުތު" ނޫސްވެރިޔާ ބުނީ އޭނާއަށް ފެނުނު ދެ މީހުންގެ ވަޅި ޖަހާފައި ހުރީ ބުރަކައްޓަށް ކަމަށެެެެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި މިރޭ ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާތީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ވިދާޅުވި، މިރޭ 8:10 ހާއިރު އެ މީހުންނަށް ހަމަލާދީފައި ވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހެއް ކަމަށެެވެ.
މި މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.
މީ ވަރަށް ދެރަ ކަމެއް... ވަޅި ޖަހައިގެންނުވާނެއްނު. މިކަން ވަރަށް ބޮޑަށް ކުއްވެރި ކުރަން.
ތިވާނީ ބަޔަކު ރާވައިގެން މި ސަރުކާރު ބަދުނާމު ކުރުމަށް ކުރާ ކަމަކަށް. ހިތާމައަކީ މި ކަމުގައި ގެއްލުން ވާނީ ވަކި މި ސަރުކާރަކަށް ނޫންކަން. މި ޤައުމުގެ ރައްޔިތުންނަށް ކަން. މިކަމުން ގެއްލުން ވެގެން ދާނީ ހަމަ އެކަނި ފަތުރު ވެރި ކަމަކަށް ނޫންކަން. މި ޤައުމު ބޭރު ދުނިޔޭގައި ލޭބަލް ވެގެން ދާނީ މައިފެއަރ ގޭންގުންގެ ޤައުމެއްގެ ގޮތުގާ. މިކަމަކީ މިކަން ކުރި ބައެއްގެ މުސްތަޤު ބަލަށްވެސް އަދިރި ވެގެން ދާނެ ކަމެއްކަން ޔަޤީން.
ސަރުކާރު ބަދުނާމެއް ނުވާނެދޯ އެމީ ހުން ކުރުވާ ކަމެއް ވިއްޔާ.
އާނ މި ސަރުކާރު ބަދުނާމު ކުރަން ވަޅި ނުޖަހައިގެން ވިއްޔާ މިއުޅެނީ. ކެނެރީ މާފިއާ އޭ ކިއްޔާ މާ ތާހިރު ވާނެ
ޓެރަރިސްޓް ހަމަލާއެއްކަމަށް ލަފާކުރެވެނީ.
މިސަރުކާރުގެ އަނދިރި އެޖެންޑާ ކުރިއަރުވަން ހިންގި ޓެރަރިޒަމްގެ އަމަލެއް
މިހުންނަނީ މިސަރުކާރު ބަލިކޮއްލުމައް ބަޔަކު ރަވައިގެން ކުރާ ވަރައް ފިނޑި އަމަލެއް މިކަހަލަ ކަންތައް ކޮއްގެން ޔާމީނު ޖަލަކުން ނުނެރެވޭނެ މިކަން ކުރިބަޔަކައް ޗައިނާގަ ހުކުންކޮއް އަދަބު ކަނދައަޅަންޖެހޭ
ބަލިކުރާކައް ނުޖެހެ ބަލިއެނދުގަ އޮތީ ނޭވާހޮޅިއައް އެޅިފަ ހުޅުމާލެއިން ޑްރައިވަރގެ ކަރު ބުރިކޮއްލީވެސް ޔާމީން ޖަލުން ނެރެންބާ ގައިމު އެކަންކުރީ އެމްޑީޕީ ސޮރެއް އަދި މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް ސްލޯލީ ގެ އުފަން ރައް ކަމުގައިވާ ޅ ހިންންވަރު ސޮރެއް
އަނހަ. މިވެސް ޔާމީން މަތިވީ؟އަޖައިބެއް
ކުރީ ސަރުކާާރުު ގާ ވިއްޔާާ އެއީ ރައީސް ޔާ މީން ކަ މެއް
މިހާރު މީ މިސަރުކާރު ބަދުނާ މު ކުރުން
އަ މިއްލަޔައް ހެދި މަރުކޮ މިސަނުން މީހުން މަރާކަ މައް އިގުނީީ އެ މްޑީޕީ މީހުން އެހެން ވީ މާ އޭރުވެސް މިހާރުވެސް މީ ހުން މަރަނީ އެ މް ޑީ ޕީ ގުންޑާއިން
ކާންދޭ އަތުގައި ދަތް އެޅުން. މިކަމުގެ އަސަރު ރާއްޖެއަށް ވަރަށްބޮޑުކޮށް ކުރާނެ.
ވަރައްދެރަ ހިތާމަހުރިކަމެއް
ދެރަވަނީތަ؟ ކަލޭމެން ވާން ޖެހޭނީ އުފަލެއްނު؟
ޖަޒީރާ ކުދިންގެ ކަންތައް ފެށުނީ. ލައްކަ ދުވަހު މައިތިރިވެގެން ތިބެވިއްޖެ. ހުސްނުވާ ސުއޫދުގެ ޓީމާ ހަވާލުކޮށްލާ. އިސާހިތަކު އަތުލާނެ އެ ބަޔަކު. ވަރަށް ފާސްޓު ގޮލައެއް އެއީ.
ލާއިންްސާނީއަނިޔާއާއި ލާއިންސާނީމި ޢަމަލު އެންމެހަރުކަށިކޮއް ކުއްވެރިކުރަން
މުސްލިމުންގެ ތެރޭގައި އިންސާނިއްޔަތުގެ ވާހަކަ ދައްކަނީ ކީއްކުރަން؟ ކާކު އަޑުއަހާނެ ކަމަށް؟
އަބަދު ސަރުކާރު ދިފާޢު ކުރުމުގައި ވާހަކަދައްކާތަން އެބަފެނެއެވެ. އެކަމަކު އެއީ ޙައްލެއް ނޫނެވެ. ހިނގާފައިވާ ޙާދިސާ ތަކަކީ މުޅިގައުމަށް އޭގެ ނުބައިއަސަރު ކުރާނެ ކަމެކެވެ. ރާއްޖެ އައިސްތިބޭ މެހުމާނުންނަށް ރައްކާތެރިކަން ނެތްނަމަ އިގުތުސާދަށް ލޮޅުންއަރާނެއެވެ. ތެދެއްބުނާނަމަ މިސަރުކާރު އައިފަހުން މިފަދަ ޙާދިސާތައް ވަކިންގިނައެވެ. އިހަށްދުވަހަކު މާލޭގެ މަގުމަތިން 14 ވަރަކަށް މީހުންގެ ގުރޫޕަކުން މީހަކު ތަޅާތަން ފެނިގެން ދިޔައެވެ. މިފަދަ ވާހަކަތައް ހިތަށް އައުމުން ގައިން ހީބިހި ނަގައެވެ. ގައުމުގެ އަމަން ބަލަހައްޓާ ފަރާތްތަކުން މިހާރައްވުރެން ބޮޑަށް ސަމާލުވާން ޖެހޭކަމަށް ދެކެމެވެ.
ތިޔެއް އިނގޭނެ އިންޑިޔާ މީހެއްގެ ގަޔަށް ޖެހިނަމަ މިސަރުކަރުން ސްޓާ ފޯސްނެރެގެންއެބަޔަކު ހޯދާ އުލުބައިނދާނެ މިގައުމުގާ އެއްވެސް ތަނެއްގަ އަމާން މެއްނެއް ރޯމަރަދުވާލު މީހުންމަރާ ވައްކަން ކުރާއިރުވެސް ވެރިކަމާހެދި ހޭބަލިވެގެން އެތިބަ ތެޅެނީ މަޖިލިސް ހުޅުވީ އިސްލާމް ދީނަށް މަލާމަތްކޮށްފަ މުރުތައްދުވެފަ ދެންކޮން އަމާންކަެއް މިއޮއްބޮޑު ވަބާ ޖެހިގެންއުޅޭއިރު އެބަލަނީ ވެރިކަން ދަމަހައްޓާ ކައުންސިލް އިންތިހާބު ވޯޓު ހޯދަން މީހުން ގުބޯހައްދާގެން އެތިބަ ލާތެޅެނީ މިގައުމު މީ މިހާރު ސަދޫމް ގެ ވެރިކަންމިކުރަނީ
ހިތް ހަލާކު ވެއްޖެ. ޤައުމުވެސް ހަލާކުވެއްޖެ. ލަންޑަންގައި ދިން ހަމަލާ ކޮޕީކުރީ ތިހައްދު ފަހަނަ އަޅައިފައިތިބި ގުރޫޕް މީހުން. މުސްލިމުންގެ ނަން ހަލާކު ކުރަމުންދާ ބައެއް.
ތިޔަ ވާނީ އެޖެންޑާ 19 ގެ ދަށުން ބަޔަކު ހިންގި ލާއިންސާނީ ޢަމަލަކށް ތިޔަކަހަލަ ކަންކަން ކުރާނީ ވަކިބަޔަކު އެމީހުން ހިމާޔަތކޮށްފަ ތިބޭނީ އެމީހުނަށް ޙައްޤު އަދަބެއްވެސް ނުދެވޭނެ އެއީ އެޖެންޑާ 19 ތަންފީޒުކުރުމުގެ ގޮތުން ހިންގި ޢަމަލަކަށްވާތީ
ކައުސިލް އިންތިހާބު ނުލިބެދާނެ ކަން މިވެރިންނައް ޔަގީންވެގެން މިހާރު އެއުޅެނީ ޕީޕީއެމް ބޮލައް މިކަން ކަނޑާލަފައި މީހުންގެ ލޯބިހޯދަބް
ދައްޖާލު ބާގައިގެ މީހުން ހިލިގަތީ.
ވައްތަރީ ހައްދުފަހަނަ އަޅާފަތިބި ދީންވެގެން އުޅޭ ދީންވަކިއެއްޗެއް ނޭނގޭ މީހުން ކުރިކަމަކާ... ޔަގީނުންވެސް ބަޔަކު ރާވައިގެން ދިންހަމަލާއެއްކަން އިގޭ