މިރޭ ހުޅުމާލޭގައި ތިން ބިދޭސީންނަށް ހަމަލާ ދިނީ ތިން ސަރަހައްދެއްގައިކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މިރޭ 8:00 ހާއިރު ދިން ހަމަލާގައި ޒަހަމްވެފައި ވަނީ ޗައިނާ ދެ މީހަކާއި، އޮސްޓްރޭލިއާ މީހަކަށެވެ. މީގެ ތެރެއިން ޗައިނާ އެކަކީ ފަތުރުވެރިއެކެވެ. އަދި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ދެ ބިދޭސީންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، އެކަކަށް ހަމަލާ ދީފައި ވަނީ ޓީޓައިމްސް ކެފޭ ކައިރީގައެވެ. އަދި އަނެއް މީހާއަށް ވައިޓް ހާފް ކައިރީގައި ހަމަލާދިންއިރު، ތިން ވަނަ މީހާއަށް ހަމަލާދީފައި ވަނީ ތަންދޫރީ ފްލޭމްސް ކައިރީގައެވެ.

މީގެ ތެރެއިން ޓީޓައިމްސް ކެފޭ އާއި ތަންދޫރީ ފްލޭމްސްއަކީ ކައިރި ކައިރިގައި ހުންނަ ދެ ތަނެވެެ.

މި ތިން މީހުންނަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

މި މީހުންނަށް ހަމަލާ ދީފައި ވަނީ ދެ މީހެއްވެގެންނެވެ.

ފުލުހުން ވިދާޅުވީ، މި މީހުންނަށް ހަމަލާ ދީފައި ވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވި ތިން މީހުންގެ ހާލު ސީރިއަސް ނޫން ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މަމީ

    ލަފާ ކުރެވެނީ ސިޔާސީ ބޭނުމަކަށް ކުރި ލާއިންސާނީ ޢަމަލެއް ކަމަށް. ދުވަސްކޮޅުގެ ނާޖާއިޒު ފައިދާ ނަގައިގެން ސަރުކާރު ބަދުނާމުކޮށް ޤައުމުތަކާއި ދިވެހިރާއްޖެއާ އޮންނަ ގުޅުން ހީނަރުކުރުން. އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން.

    10
    45
    • ލުޓޭރުންގެ ސަރުކާރު

      ދެން މީގެކުރިން ލާއިންސާނީ އަ މަލުތައްކުރީ ކޮންބައެއް ބަދުނާ މުކުރަން ކޮންބައެއް....މަޝްހޫރު ކުރީ ސަރުކާރުގެ ދައުރުގަ މިފަދަ އެތައްކަ މެހިންގީ އެސަރުކާރު ބަދުނާ މުކުރަން އެސަރުކާރު އަ މިއްލަޔަށްތަ.....ތިވާގޮތަކީ ތި މާގެ ދަރި ދޮންފުތުވަނީ....ދޮންދަރި ގުއިވަނީ...މޑޕ ނޫނީ މިގައު މުގަ ނުތިބޭނެ ލާ ކުރިޔަށް ކިޔޭނެ އެއްވެސްކަ މެކުރާނެ ބައެއް...މޑޕގެ ކުރިޔަށްލާންޖެހޭ ލާ މޑޕ.،

      15
      2
  2. ބޯބުރި

    ހައްދުފަހަނެޅުމުގެ އަސްލު ސޫރަ ފާޅުވާން ފެށީ

    58
    5
  3. ޢަޅި

    އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ވަގުތުން ވަގުތައް ފިޔަވަަޅު އަޅަން ފެނޭ އަދި ދިވެހިރާއްޖެ ޒައިޒައް ކަނޑާލަން ޖެހޭ ވަގުތު މިއޮތީ ޖެހިފައި އެހެންކަމުން މިކަން ކުރަން ގޮޥަލަން.

    10
    28
  4. ޑޮން

    ޢަދިވެސް ހުދުގިރުވާނު ކޮޅަށްޖަހައިގެން މަމޮޅު ވެގެންހުރޭ!

    19
    1
  5. ޑުޓާޓެ

    ރޭޕާ ދެކޮޅަށް ނިކުންނަ ފަދައިން ގާތިލުން ސައިޒް ކުރަން ވީ

    23
    3
  6. ބޮޑޭ

    މިއީ ހަރުކަށި ފިކުރު ހުއްޓުވާކަން ނުވޭތަ!

    13
    7
  7. Anonymous

    މައުލޫމާތު މުޅިންގޯސް ޓީ ޓައިމްސް އާ ތަންދޫރީ ފްލޭމް އާ 700މީޓަރު

  8. ......

    ހާދަހާ ހަރުކަށިވަސް ދުވަަޔޭޭ....އަހަރެންނަށް އެނގިފަ އޮތް ގޮތުން އިސްލާމް ދީނަށް ވަންނަން ތިބީ ކާފަރުން...އެމީހުން މަރާ ހުސްކުރީމަ ދެން ކޮންބައެއް ތިބޭނީ ވަންނަން...އިސްލާމް ދީނަކީީ ކާފަރަކަސް މުސްލިމަކަސް އެންމެންގެ ވެރު ރައްބުގެ ފަރާތުން އައިސްފަވާ އެއްޗެއް...އެކަކަށްވެސް ވާރުތަ މުދަލަކަށް އެ ނުހެދޭނެ....ދީނުގެ އުސޫލްތަކުގެ ތެރެއިން ރުހޭބައިި ނަގާ ޖަޒްބާތުގައި ކަންކަން ކުރިޔަކަސް އަދި އެ ދީނަށް ނަސްރު ދެވުނީކަމަށް ބެލެވޭނެބާ....؟ފިސާރި ތެދެއް މިބުނީ ލޮލަށް ކުލަ ވެސް މަންމަވެސް އޮޅޭނެ ސިނކުޑި އަށް އެ ދެނެގަންނާނެ ގޮތް ނޭނގުނިއްޔާ ހިތުގަ ކިތަންމެ ހެޔޮ ނިޔަތެއް އޮތްކަމުގަ ވިޔަސްވެސް....

    13
    3
  9. މަސްވެރިން

    ވަރައް ނާ ތަހުޒީބު އަމަލެއް ބިދޭސީންނާއި ބެހޭކައް ނުޖެހޭ؛ ތިބަޔަކު ހިފާ ހައްޔަރު ކުރޭ

    27
    1
  10. ޝައްކް

    އަނެއްކާ އެމްޑީއެން ހަމީދު ފޮނުވައިގެން އަންނި ހޯދި ކުދީން ކޮޅު ކުރިކަމެއް ނޫންބާ:

    21
    1
  11. ދަރަނި ދަންތުރަ

    ގައުމު ވަރަށް އަމާންވެއްޖޯ ސޯލި ބުނީ މިހާރު ފަތުރުވެރިން ކަތިލަންފެށީ ސާބަސް ކަލޯ ސޯލި ކޮބައިބާ ހޫދު ، ކަލޯ ހޫދު މިވެސް ތަރައްގީގެ މެގަޕުރޮޖެކުޓެއްތަ؟

    22
    2
    • ލޮލް

      ކަލޭ ގައިގަ މަ ގޮސް ޖަހާ ތަނެއް ބަނޑިއަރުވާލީމަ މީގަ އިބޫ ސޯލިހް ގެ ރޯލެއް ކޮބާ؟
      ތީގެ ބޮލު ރޮދިންނާއި ހެދި ގައުމު މިހާލަތަށް ދިޔައީ!

      3
      17
  12. ޒުވާނުން

    ތިޔައީ ޒުވާނުން ގަޓުހުރި ގައުމީ ޒުވާނުން ގާނޫނު ތަންފީޒް ނުހިގާ ޒުވާނުން މީހުން މެރުމާ މަގުފޭރުމާ މީހުންނަށް ވަޅިން ހަމަލާ ދިނީމަ ހިއުމަންރައިޓްސް އިން އެމީހުންގެ ހައްގްތަކާގެން ތެޅިފޮޅޭ ޒުވާނުން.
    މެދުމިނުގެ ޒުވާނުން.

  13. Anonymous

    ދީނީ މީހުން ބޮލަށް ކަނޑާލަން ބުއްޅަބޭ ކުރުވި ކަމެއް ކަމަށް ޚަބަރު ލިބޭ

    10
    2
  14. ލެޓްސް ފްރޭމް ދެމް އޭޒް އަ ޓެރަރިސްޓް

    ސިޔާސީ ޕްރޮޕެގެންޑާ އެޓޭކްއެއް ކަމަށް ޚަބަރު ލިބޭ.

  15. ބުތު

    ރއްޔަތުން ނުކުމެ ފާޓޭއިންނާަި ރޭފުކުރާމީހުންނާއި ވަޅިޖަހާމީހުން ސަލާމަވާތީ ތިކަންނުހުއްޓެއްނީ

    3
    1
  16. ޜޮދި ލާ

    އަދި ފުލް ފޭސް ހެލްމެޓް މަނާ ކުރުންވެސް އަންނާނެ

  17. ނައީމް

    ޖަޒުބާތުގަ ޖެހިގެން އަދިވެސް ތިކަހަލަ ކަންކަންކުރާނޭ އައްނި ބުނިއެއްނު . ސަލްޓަންޕާކުގަ ބޮންވެސް ގޮއްވިމީހުން ފުރިވާހަކަވެސް ބުނި ލޯންޗްރޯކޮްލިމީހާވެސް އައްނި އައްއެގޭ

  18. ރައްޔިތުމީހާ

    ނުކުރާނެ. ތީ އޮޅުކެއް. ރާއްޖެ އަމާންކަމުން ބޭރައްނިކުމެ އުޅެން ބިރުގަންނަނީ. ސޯލިޙޫ ކޮބާ ކިހިނެތް މިވަނީ . އަދިވެސް ޕޯޑިއަމެއް އޮތިއްޔާ އަރާ މޮޅަށް ދޮގުހެދޭތޯ ބަލާ

  19. ނިއްޓޫ

    އެކުވެރިޔަކު ޝެއަރ ކުރި އެވެ.
    5 ނަމާދުކޮށް ރަނގަޅަށް އުޅެން ފެށުމާއެކު އެކުވެރިން ކެހިވެރިންނަށް ބަދަލު ވެއްޖެ އެވެ.
    ދަރިން އަނިޔާވެރި ކެހިވެރިންނަށް ބަދަލު ވެއްޖެ އެވެ.
    މީހަކާ އިނދެގެން އުޅުމަކީ ފަރުބަދަ އުފުއްލުންހާ ބުރަ ބޮޑު ކަމަކަށް ވެއްޖެ އެވެ.
    ވެރިން އަނިޔާވެރިންނަށް ބަދަލު ވެއްޖެ އެވެ.
    ގާތް ތިމާގެ މީހުންގެ ގުޅުން މުޅީން ހީނަރުވެއްޖެ އެވެ.
    އަދި ބުންޏެވެ.
    ހަކުރު ބޮމުން ނުބައި އެކުވެރިންނާ އެކު އުޅުނު އިރު އަޅާލުމާ ލޯބި އިންތިހާއަށް ލިބުނެވެ. ނަސޭހަތްތެރި ވިއެވެ. ކައުންސެލިން ދިނެވެ.
    އެކަންކަމާ ދުރުވެ އިޚްތިޔާރު ކުރެވުނު މަގަކީ ގިނަ މީހުން ނަފްރަތު ކުރާ މަގެއްކަން ޔަގީން ވެއްޖެ އެވެ.
    އެފަދަ އަޚުން ބޮލުގަ އެކި ބަދުނާމު އަޅުވާ ދޮގު މައުލޫމާތު ފެތުރުމުގައި މީސްތަކުން އެންމެން އެއްބައި ވެއްޖެ އެވެ.
    އެހެންޏާ ޓެރަރިންޓެކެވެ. ރޭޕިސްޓެކެވެ. ނޫނީ ހަރުކަށިވެ ހައްދު ފަހަނައެޅީއެވެ.
    ދަންނާށެވެ. މިއީ އިސްލާމްދީނާ ދެކޮޅަށް ކުރާ ކެމްޕޭނެކެވެ. ކެމްޕޭން ކުރުމުގައި އެބައިމީހުން ދުލުގަ ވާ ލަގަބު ތަކާ ބަސް ތަކެކެވެ.
    މިފަދަ އަމަލު ހިންގާ ރާވަނީވެސް އެބައިމީހުންނެވެ. އަދި އެފަދަ ޚަބަރު ފަތުރަނީވެސް އެބައިމީހުންނެވެ.
    އެހެނީ މުސްލިމުންނަކީ މީހުން މަރާ އަނިޔާވެރި ބައެއް ނޫނެވެ. އެއީ ކާފިރެއް ނަމަވެސް މަރާލުން ނުވަތަ އަނިޔާ ކުރުމަކީ އިސްލާމްދީނުގަ އޮންނަ ކަމަކަށް ނުވާތީ އެވެ. އަދި ރަސޫލު ﷲ ސ.ޢ.ވ ގެ ޢަމަލުފުޅެއްވެސް ނޫނެވެ. އެކަލޭގެ ފާނުގެ އިރުޝާދެއްވެސް ނޫނެވެ.
    ހަމަ މުއުމިނުންނާމެދު އަނިޔާވެރިވުމަށް ރާވާ ހިންގާ ރޭވުން ތަކެކެވެ.
    އެބައިމީހުންގެ އަނިޔާވެރިކަން ވަނީ ހައްދުން ނެއްޓިފައެވެ. ޖާސޫސްކޮށް މުއުމިނުން ފާހަނގަކޮށް އާމްދަނީ ނުލިބޭނެހެން ދަތި ކުރަނީ އެވެ. ވަޒީފާއެއްގަ ހުއްޓަސް ދުއްޕާންކޮށް ގެއްލުން ދެނީއެވެ. ސިޙުރު ހަދައިގެން ދެމަފިރިން ދުރުކުރެވޭތޯ ގަދަ އަޅާ މަސައްކަތް ކުރަނީ އެވެ. ހުރިހާ ދިވެހީންނެއް ނޫނެވެ. އެބައިމީހުންނަށް ތަބާވާ މަދު ބައެކެވެ. ދުޢާ ދެއްވި ބައެއް ކަމަށް ބުނެ އޮޅުވާލަނީ އެވެ.
    ތެދެކެވެ. މުއުމިނުންނަކީ ވ ވެސް މަދު ބައެކެވެ. 100 އަކުން 3 ނުވަތަ 1 ކެވެ.

  20. ކުޑަކާށި

    މަޑު ކަށިފި ކުރު ގިނަވީމަ ، މިބާވަތު ކަން ކަން ގިނަވާނެ

    1
    1
  21. ވަޅޯ

    މުޅި ފުލުހުންގެ މުއައްސަސާ އޮންނަނީ ހައިވޭމަތީގަ ހީވަނީ ހުރިހާ ކުށްފާފަތައް ހިނގަނީ އެތާގައިހެން ،!! ނޫނީ ޕޮލިސް ސްޓޭޝަންހެން !
    އަޅެ ފަހެ ސައިކަލް ފީތައް ނުދައްކާ ހުރެގެން އަދި ލައިސަންސް ނެތިގެންތަ ހުރިހާ ބާވަތެއްގެ ޖަރީމާތައް ހިންގަނީ!! އަޖައިބެއް!!

  22. ވެރިން

    މީގެ ކުރިން ފާޅުގަ ބޭރުދުނިޔޭގަ ގައުމު ބަދުނާމު ކުރީ އޭރުގަ އޮތް ސަރުކާރަ ދޭތެރޭ ނަފްރަތު އުފައްދަން،މިހާރު ވެރިކަން ލިބުނީމަ ކަންކަން ނުކުރެވުނީމަ އިދިކޮޅު މީހުން ބޮލުގަ އަޅުވަން ފަރުދާގެ ފުރަގަހުގަ ތިބެގެން ކުރީގަ ފާޅުގަ ގައުމު ބަދުނާމު ކުރިމީހުން ކުރުވާ ކަމެއް ތީ.