ސިނަމާލެ ބްރިޖް އެޅުމަށް ކުރި މަސައްކަތްތަކުގެ ތަފްސީލް މައުލޫމާތުތަކާއި ބްރިޖްގެ މަސައްކަތުގެ މައުލޫމާތު ހިމެނޭ، "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް - ހުވަފެނަކުން ހަޤީޤަތަކަށް" ފޮތް ނެރެފިއެވެ.

ފޮތް ލިޔުއްވާފައި ވަނީ އިސްމާއިލް އަބްދުﷲ އާއި އަހްމަދު ޝިޔާމް އަދި ޑރ.ހަސަން ހަމީދު އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ފޮތް ނެރެދެއްވީ ފޮތުގެ ދެ މުސައްނިފުން ކަމުގައިވާ އިސްމާއިލް އަބްދުﷲ އާއި އަހްމަދު ޝިޔާމްގެ އިތުރުން ވައިނާ ސަފީރު ޒަން ލިޒްހޮންގގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް މަންދޫބެކެވެ.

އެފޮތުގައި ދިވެހި ބަހާއި، އިނގިރޭސި ބަސް އަދި ޗައިނާ ބަހުން ވެސް ބައެއް މައުލޫމާތުތައް ހިމަނާފައިވެއެވެ.

ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮތުގެ އެއް މުސައްނިފް ކަމަށްވާ، އަހުމަދު ޝިޔާމް ވިދާޅުވީ، އެ ފޮތް ލިޔުނު އިރު ފޮތަށް ބޭނުންވި މައުލޫމާތު ހޯދަން ދަތިތަކާއި ދިމާވި ކަމަށެވެ. ނަމަވެސް ކުރިމަތިވި ދަތިތަކަށް ބެލުމެއް ނެތި ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ މިފޮތް އެންމެ ފަހުން ނެރެވިގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފަދަ ފޮތެއް ނެރުމުގެ ބޭނުމަކީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ރާއްޖޭގެ ތާރީޚުގައި ކުރި މުހިއްމު މަސައްކަތަކަށްވުމާއި އެކު، އެ މައުލޫމާތު ސާފުކޮށް އެނގޭނެހެން ފޮތެއްގެ ސިފައިގައި ގެނެސްދިނުން ކަމަށެވެ.

އެ ފޮތް ތައްޔާރުކުރުމުގައި ޗައިނާ އެމްބަސީއާއި ބްރިޖްގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކަހަލަ މުހިއްމު ކަމަކާއި މެދު ލިޔަންވީ އެންމެ ފޮތެއް ނޫން. މިފަދަ މުހިއްމު ފޮތްތައް، ދިރާސާކޮށްގެން ލިޔަން ބާރު އަޅަންވީ. ކުރިން ލިޔުނު އިސްލާމީ މަރުކަޒާއި ގުޅޭ ފޮތެއް ވެސް. އެކަމަކު އެފޮތް މިހާރު އެއްވެސް ތަނަކުން ނުފެނޭ. މިފަދަ ތާރީޚީ ކަމެއްގެ ވާހަކަ ހަގީގަތުގައި ދެކެވުން މުހިއްމު." ޝިޔާމް ވިދާޅުވިއެވެ.

ޗައިނާ މޯލްޑވްްސް ފްރެންޑްޝިޕް ފޮތާއި ގުޅޭގޮތުން، ފޮތުގެ މުސައްނިފް އަހުމަދު ޝިޔާމް، ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

ފޮތާއި ގުޅޭގޮތުން ފޮތުގެ މުސައްނިފުންގެ ތެރޭގައި ހިމެނޭ އިސްމާއިލް އަބްދުﷲ ވިދާޅުވީ، އެ ފޮތް ލިޔުމުގައި މަަސައްކަތް ކުރެވުނީ ވަރަށް ފަންނީ، ތަޖުރިބާކާރު ޓީމަކާއި އެކުގައި ކަމަށެވެ.

ފޮތް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރެއްވީ އޭނާކަން ފާހަގަކުރައްވާ އިސްމާއީލް ވިދާޅުވީ، ފޮތް ޗާޕްކޮށްފައިވާ ކޮލިޓީ ރަނގަޅުކުރުމަށް، އެ ފޮތް ޗާޕް ކުރީ ސިންގަޕޫރުން ކަމަށެވެ. އެ މަސައްކަތަކީ ދޮޅު އަަހަރަށް ވުރެ ގިނަ ދުވަހުގެ މަސައްކަތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ބްރިޖް އަޅަމުން ދިޔައިރު އެތަނަށް ގޮސް އެތަން ބަލަން. ބައެއް ފަހަރު ކައިރީގައި ހުރި އުސް އިމާރާތްތަކަށް އަރައިގެންވެސް ބަލަން. މިހެން އުޅެނިކޮށް ޝިޔާމް އާއި ދިމާވެގެން ވިދާޅުވި، ތި ފޮތް ލިޔަންޏާ ތިމަންނާވެސް ބައިވެރިވާނަމޭ." ފޮތުގެ މަސައްކަތް ފެށުނު ގޮތް ހިއްސާކުރައްވަމުން އިސްމާއިލް ވިދާޅުވިއެވެ.

ޗައިނާ މޯލްޑވްްސް ފްރެންޑްޝިޕް ފޮތާއި ގުޅޭގޮތުން، ފޮތުގެ މުސައްނިފް އިސްމާއިލް އަބްދުﷲ، ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު
ޗައިނާ މޯލްޑވްްސް ފްރެންޑްޝިޕް ފޮތާއި ގުޅޭގޮތުން، ފޮތުގެ މުސައްނިފް އިސްމާއިލް އަބްދުﷲ، ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް - ހުވަފެނަކުން ހަޤީޤަތަކަށް" މި ފޮތް ވިދާޅުވި މީހެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން، އޮގަރު އިބްރާޙިމް ވަހީދު ވިދާޅުވީ، އެ ފޮތަކީ މައުލޫމާތު މުއްސަނދި ފޮތެއް ކަމަށެވެ. އޭނާ ވަނީ އެ ފޮތަށް ތައުރީފް ކުރައްވާފައެވެ.

އެފޮތް ކިޔުމުން ދިވެހި ރާއްޖޭގެ ރައީސުންގެ ޚިޔާލް ބްރިޖް އެޅުމާއި މެދު ހުރި ގޮތް އެނގޭ ކަމަށާ އެ ފޮތް ލިޔެފައިވަނީ ވަކި ފަރާތަކަށް ބުރަ ނުވެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ކޮފީ މޭޒުތަކުގައި އޮންނަ ވަރު ފޮތެއް ނޫން. އެއަށް ވުރެ މައްޗަށް މި ފޮތް ގެންދަން ޖެހޭ. މި ފޮތް ލާންވީ ކުތުބުހާނާތަކަށް. މިފޮތްލާންވީ ސްކޫލް ތަކަަށް." އޮގަރު ވަހީދު ވިދާޅުވިއެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް - ހުވަފެނަކުން ހަޤީޤަތަކަށް"، މި ފޮތުގެ ތަޢާރަފްގައި ބުނެފައިވާ ގޮތުގައި މިފޮތުގައި އިސްކަމެއް ދީފައި ވާނީ ފޮޓޯއިން ފާލަން ހެދިގޮތް އަންނަން އޮތް ޖީލުތަކަށް އޮޅުން ފިލާނެ ގޮތަށް ކިޔައިދިނުމަށެވެ.

މީގެ ކުރިން އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާ ބްރިޖްގެ ޕްލޭންތަކާއި ބެހޭ ކުރެހުންތައް ވެސް މި ފޮތުގައި ހިމަނާފައި ވެއެވެ.

ދިރާސާކުރާ ފަރާތްތަކާއި، މަތީ ތައުލީމް ހާސިލް ކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް މި ފޮތުގައި ހިމަނާފައި ވެއެވެ. އަދި ސިނަމާލެ ބްރިޖުގެ މައުލޫމާތުތަކަށް ޝައުގުވެރިކަން ހުރި ކޮންމެ މީހަކަށް ވެސް މި ފޮތް ވެގެން ދާނީ ކިޔާލަން ވަރަށް ރަނގަޅު ފޮތަކަށެވެ.

މިފޮތް މާދަމާ ފެށިގެން މާލޭގެ ބުކްޝޮޕްތަކުން ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަޒޫ

    ތިފޮތުގަ ރައީސް ޔާމީންގެ ނަން ރަންއަކުރުން ފަވާލެވިފަ އިންނަން ވާނީ

    50
    2
  2. ޙަލީމް

    ތިޔަ ފޮތް އެކުލަވާލިއިރު ގު ގުނަ ދަތިތަކާއި ކުރިމަތިވި ވާހަކަ އައިސްފަ އެބަވޭ ....! މިކަން ކުރިމަތި ކުރުވީ ކޮންފަރާތަކުންތޯ ހުސައިން ކައިރީގައި އަހާލަން ބޭނުން އަދި މި ބުރިޖަކީ ކޮންބޭފުޅެއްގެ އަގު ހުރި މަސައްކަތެއް ތޯވެސް އަހާލާ ހިތްވޭ....

    35
  3. މުހައްމަދު

    ބުރިޖް އެޅުނީވެސް ކުރީސަރުކާރުގެ ސްބަބުން. މި ކޮމެންޓްޖަހާދޭނެތަ

    29
  4. އިހަވަންދޫ ރައްޔިތެއް

    އަޅޭ ބުއްޅަބޭ ބްރިޖްގެ އަމަލީ މަސައްކަތުގައި އުޅެނިކޮންނޭ މައިބަދަ ގޮވީ. ނޭގޭތަ އެހެންވެ ޔާމީން އަވަހަށް ބޭސްފަރުވާއަށް ފޮނުވީ. ދިވެހިންނަށް ނޭގޭކަމެއްއޮތަ.ނުފެންނަ ތާކިހާ އަޅާގެންނޯ އުޅުނީ.

    20
    1
  5. އަލިފު!

    ޓުއަރިޒަމް ފެށުމާއެކު، ބްރިޖު އެޅުމުގެ ޚިޔާލު އެންމެ ފުރަތަމަ ކުރެއްވި ބޭފުޅަކީ އިބްރާހީމް ނާޞިރު އެވެ. ވިދާޅުވި ކަމަށް ވަނީ ލޯނު ނުނަގައި ޤައުމުތަރައްޤީ ކުރެވޭނެ ގޮތް މިހާރު މިއޮތީ މެދުވެރި ވެފައެވެ. ޓުއަރިޒަމް ސްޓާޓު ކޮށް ތަރައްޤީ އަށް މަގުހުޅުވައި ދީފައި ވެރިކަމުން ފޭބީ މައުމޫނު ވެރިކަމަށް ފައިނަގަން ފެށީމައެވެ. މައުމޫނު 30 އަހަރު ކޮށްފައި ފޭބިއިރު ޓުއަރިޒަމް އިން ޤައުމަށް ލިބުނު އެއްޗެއްނެތި، ރިސޯޓު ހިންގިމީހުންނާ މައުމޫނު ވީ ބޮޑެތި މުއްސަދިންނަށެވެ. މައުމޫނު ވެރިކަމުން ވެއްޓޭ ހިސާބަށް ދިޔައިމާ ހުޅުލެއާއި މާލެ އާ ދެމެދު އަޅާނެ ބުރުޖެއްގެ ކުރެހުމެއް ހިފައިގެން ކެމްޕޭނަށް ނިކުމެ އުޅުނު ތަން ދުށީމެވެ. ހަމަ އެހެންމެ 2013 ވަނައަހަރު އަންނިވެސް އެކަހަލަ ނަމޫނާ ބްރިޖު ތަކެއް ހިފައިގެން ކެމްޕޭނެއް ނިކުމެ އުޅުނެވެ. އަންނިވެސް އަދި މައުމޫނުވެސް އެ ގެންގުޅުނީ ނާސިރުގެ ނަމޫނާ ޕްލޭނެވެ. ނާޞިރު ކުރެއްސެވި ޕްލޭން ހަޤީޤަތަކަށް ހައްދަވައި ދެއްވީ މިޒަމާނުގެ ފަޙުރުވެރި ބަތަލް ޢަބްދުﷲ ޔާމީނެވެ. އަންނީޔާ މައުމޫނު އަކީ ރައްޔިތުން ގުނބޯ ހެއްފި ފޭކް ދެމީހުންނެވެ. މި މީހުންގެ މިދައުރުގައި މިކަން ރަނގަޅަށް ސާބިތުވެ އަތައް ގޮވާނެއެވެ. ޙަޤީގަތުގައި އެ ދެމީހުންގެ މައިގަނޑު މަސައްކަތަކީ " ސައްކެޔޮގަހަށް މަކުނު އަރައިި އިނދެ ދީނާކުޅުމެވެ.

    18
    4