މ.އަތޮޅު މުލަކުގައި ބައްޕަ ކައިރީ ހުރި ކުއްޖަކު، އެކުއްޖާގެ މަންމަ ފަރާތު މާމަ އާއި ހަވާލު ކުރަން ފުލުހުން މިއަދު މަސައްކަތް ފެށުމުން ހަމަނުޖެހުން ހިނގާ ބައެއް މީހުންނަށް އަނިޔާވެއްޖެއެވެ.

މުލަކުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖާ، ކުއްޖާގެ ބައްޕަގެ ބެލެހެއްޓުމުގެ ދަށުގައި ހުރީ އެކުއްޖާ ބެލުމުގައި ކުއްޖާގެ މާމަ އާއި ފަރުވާ ކުޑަކޮށް، ކުއްޖާއަށް އަނިޔާ ކުރަމުން ގެންދާތީއެވެ.

"ކުއްޖާ 2016 ވަނަ އަހަރު މަންމަ ފަރާތު މާމަ އާއި ހަވާލުކުރަން ކޯޓުން އޮތީ އަމުރުކޮށްފައި. ކުއްޖާ ހުރީ މާމަ އާއި މަންމަ ކައިރީގައި. ނަމަވެސް ކުއްޖާގެ މާމަ އާއި މަންމަ ކުއްޖާ ބެލުމުގައި އައީ އިހުމާލު ވަމުން. ބަލިވުމުން ޑޮކްޓަރަކަށް ނުދައްކާ، ކުއްޖާ ސާފުތާހިރުކޮށް ބަލަހައްޓަމުންނެއް ނުދޭ. މާމަ އާއި މަންމަ އަނިޔާ ކުރާކަމަށް ކުއްޖާ ބުނޭ. އެހެންވެ މީގެ މަހެއްހާ ދުވަސް ކުރިން ކުއްޖާގެ ބައްޕަ ވަނީ އެކުއްޖާ އޭނާގެ ބެލުމުގެ ދަށަށް ގެންގޮސްފައި." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފުލުހުން މިއަދު ކުއްޖާގެ މާމަ އާއި އެކު އެކުއްޖާ ބަލައި މުލަކަށް އެރުމުން ރަށުގެ ރައްޔިތުން ނިކުމެ ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. ކުއްޖާ ބަލައި ރަށަށް އެރި ފުލުހުން ކުއްޖާގެ ބައްޕަ ފަރާތު މާމަ އަށާއި ބައެއް އަންހެނުންނަށް އަނިޔާކުރި ކަމަށް މުލަކުން "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނެއެވެ.

އެރަށު މީހުން ދެކޮޅު ހަދަމުން ގެންދިޔަ ނަމަވެސް ފުލުހުން މިހާރު ވަނީ އެކުއްޖާ މާމަ އާއި ހަވާލުކޮށްފައެވެ. ވަރު ދެރަވާތީ ކުއްޖާ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް މިހާރު ވަނީ އެޑްމިޓްކޮށްފައެވެ. ސިއްހީ މަރުކަޒުގެ ބޭރުގައި އާއްމު ރައްޔިތުން ދަނީ ކުއްޖާ އަނިޔާވެރި ބަޔަކާއި ހަވާލު ނުކުރަން ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އާއްމުންނަށް ސިއްހީ މަރުކަޒަށް ނުވަދެވޭނެ ގޮތައް އެސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

ކުއްޖާގެ މަންމަ އަކީ ތ.އަތޮޅު ތިމަރަފުއްޓަށް ނިސްބަތްވާ މީހެކެވެ.

މުލަކު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާމަ އާއި މަންމަގެ ފަރާތުން އަނިޔާ ލިބޭ ކަމަށް ކުއްޖާ ތަކުރާރުކޮށް ބުނެބުނެ އޮއްވާ އެކުއްޖާ އެމީހުންނާއި ހަވާލުކުރުމެވެ.

މިމައްސަލައިގައި އަދި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ފުތޭ

    ބައްޕަ އަކަށް ވެސް އެހެނެއް ނުގެންދެވޭނެ. ކޯޓު އަމުރު އޮތީ މާމަ އާ ޙަވާލުކުރުމަށް. ބައްޕަ ވެސް ކޯޓު މެދުވެރިކޮށް ހޯދަން ޖެހޭނީ. ގަދަ ބާރަކުން ނޫޅެވޭނެ.

    27
    36
    • މޫސަ

      ހޮޓާހޮޓަލުގަވެސް ސިގިރެޓް ބުއިން މަނާކޮށްފަ ލިޔުން ހަރުކޮށްފަ ހުރޭ. އެތަންތާނގައި ހެސްކިޔާފަ އެއެތިވަރު ބޮއި ނަގާއިރުވެސް ފުލުހުން އަޅައެއް ނުލާ.

      29
      2
  2. މުލަކުން

    އަނިޔާވެރިކޮށް މަރާލި އިބްތިހާލްވެސް ގެންދިޔައީ މުލަކުގައި ހުއްޓާ.. ބުނެލީ..

    33
    2
  3. ޫިުުުުުުުއިހުލަާސްތެރި

    މަންމަކާރިއަށް ނުދާން ކުއްޖާރޮނީ ސަބަބުތަކެއް ނެތިއެއްނޫން ؟؟؟؟؟ ޖެންޑާ ކޮބާ ؟؟؟

    56
    3
    • ދެކޮޅުނުޖެހޭ

      ފުރަތަމަ މިމައްސަލަ ނޫހަކުން ކީ އިރު ފެނުނނު ފޮޓޯތަކުން ފެންނަނީ މަންމަ ގައިގަ ބައްދައިގެން ކުއްޖާ ރޮނިކޮށް ބައްޕަގެ ފެމިލީ ކައިރިއަށް ނުދާން. މަންމަ އާ މާމަ އާ ކުއްޖާވެސް ރޮނީ.. އަދި ބައްޕަ ކުއްޖާ ގެންދިޔައީ ކުއްޖާ އަށާ މަންމަ އަށްވެސް އޮޅުވާލައިގެން ކަމަށް ވަނީ

      9
      3
  4. ބައްޕީ

    ކޮންމެ ބަފައަކީ ދަރިންނާއި ބެހޭ މީހަކަށް އެމް ޑީ ޕީ ދެކެނީ. މިއީ ކިހައި ދެރަކަމެއް. މިކަމުގެ ސަބަބުންވެސް ދަރިންނަށް މިވަނީ އަނިޔާވެރި.

    24
    3
  5. މުބީނު މާރނީ

    ޝިދާތާ މިއީ ބޯބުރާންޗެއް !

    23
    1
  6. Anonymous

    ކުޑަ ކުދިންނޭ ކިޔައިގެން ސަރުކާރުން ޖަހަން އުޅޭ ސަކަރާތް އެބަ ފެނޭހޭ

    23
    1
  7. ކޮލެޖު ޑޮކްޓަރު

    ބައެއް ކަންކަމުގަ ކުއްޖާގެ ބުނާ ބަސް ގަބޫލުކުރޭ. އަނެއްބައި ކަންކަމުގައި ކުއްޖާ ރޮއެ ހަޅޭލެވިޔަސް އަޑުއަހަން ބޭނުމެއް ނުވޭ!

    29
    1
  8. ދޮންބެ

    މިވާހަކަތައް އެހާ ހަމައެއް ނުޖެހޭ!! ފުލުހުންގެ މައްްޗަށް އައިސްފައިވާ ކޯޓު އަމުރު ތަންފީޒުކުރީ!! އެއްވެސް މީހަކަށް އަނިޔާނުވޭ! ބާރުގެ ބޭނުމެއް ނުކުރޭ!!

    12
    6
  9. މުބީނު

    މަންމަ އަނިޔާ ކުރާކަމަށް ބުނާނަމަ އެކަން ޝިދާތާ ގެ އޮފީހުން ބަލާ ކޯޓަށް މައްސަލަ ހުށައަޅަން ޖެހޭނެ.

    26
  10. އިބްރާ

    ޑިމޮކްރަސީ ހަބޭސް. ލާދީނީ ކަންކަން އާއްމުކުރަނީ.

    18
    1
  11. އިއްޓި

    ދަރިއަށް ޚަރަދު ހޯދަން ކޯޓަށް ދާތީ ބަފާ ކަލޭގެ ހިތްހަމަނުޖެހިގެން ކުއްޖާ ގޮވައިގެން ފިލީ. ދަރިން ހޯދާފަ ޚަރަދު ނުކޮށް ނޫޅެވޭނެ މިހާރަކު.

    8
    2
  12. ފާތުމަތު

    ވަރަށް ގިނަ ފިރިހެނުން ހަދާ ގޮތެއް މިއީ. ދަރީންގެ ޚަރަދު ހޯދަން ހުށަހެޅީމަ، އެ ނުދޭންވެގެން ކުއްޖާ އަތުލަން އުޅޭނީ. މަށަށްވެސް މިކަހަލަ ފިރިހެނަކާ ދިމާވި.

    5
    3
  13. އިމައްޑޭ

    ކުއްޖާ އަށް އެންމެ 8 މަހުގަ މަންމަ އަށް އަނިޔާކޮށް ތަޅާ ވަރިކޮށްލާފަ ފޮނުވާލީ. މަންމަ އޭނާގެ ރަށަށް އައިސް ކުއްޖާ ބަލާ ބޮޑުކޮށް 2 އަހަރުވެ، ކުއްޖާގެ މަންމަ އެހެން މީހަކާ ކައިވެނިކުރުމުން، ޙަޟާނަތު އޮތީ ކުއްޖާގެ މަންމަ ފަރާތު މާމަ އާ މުލަކު ކޯޓުން ހަވާލުކޮށްފައި. ކުއްޖާއަށް 6 އަހަރު ވަންދެން އެކުއްޖާ ބެލީ އެ މާމަ. ޚަރަދު ނުދީގެން ބައިލައްކަ ރުފިޔާ އަރައިގެން ކުއްޖާގެ ބައްޕަ އަށް އެހެން ކައިވެންޏެއް ކުރެވެން އޮތީ އެ ޚަރަދު ދައްކައިގެން. އެ ވެސް އެބުނާ މާމަ މަޢާފުކޮށްދިނީ. ކައިވެންޏަށްފަހުވެސް ކުއްޖާގެ ބައްޕަ ކުއްޖާއަށް ޚަރަދު ނުދީގެން މައްސަލަ ޖެއްސުމުން، ކުއްޖާ މާލޭގައި ހުއްޓާ ކުއްޖާ ގޮވައިގެން ފިލީ އެބުނާ ބަފާ. ވާނުވާ އެނގޭތީ މި ބުނަނީ. ލިޔެކިޔުންތައް ހުންނާނެ ފެންނަން ކޯޓުގައި. މައްސަލަ ނިންމި ރިޕޯޓުތަކުގައި.

    11
    3
  14. ާސުރެން ސުރެން

    އެކުއްޖާ ޖިންސީ ގޯނާއޭނިނަމަ އެކުއްޖާގެ ބަސް ތެދުކުރާނެ. ތިކަހަލަ އަނިޔާކުރެއޭ ބުނެގެން ފުލުހަކުވެސް ފަނޑިޔާރަކުވެސް ޖެންޑަރަކުވެސް ޝިދައިތައެއްވެސް ބަލައެއްނުގަންނާނެ. ގަދަކަމުންވެސް އެކުއްޖާލައްވަ ބުނުވަބަލަ ޖިންސީ ގޯނާއޭ. ބަރާބަރުވާނެ.

    3
    1
  15. ޝައްފަ

    ޝިދާތާ އަށް ކަމެއް ނުވަންޏާ އަހަރުމެންގެ ޖީބުން މުސާރަ ކާނެ ކަމެއް ނެތެއްނު. ވަކިކުރޭ.

    3
    1
  16. އަހްމަދު

    އިބޫ ޝިދާތާ ވަކި ކުރާ ދުވަހުން ބޮނޑިބަތް ބަހާނަން.

    2
    1
  17. ޝަހޫ

    އަސްލު ތިހާދިސާ ފެށުނީއްސުރެ ކައިރިން ބެލި މީހެއްގެ ހައިސިއްޔަތުން ކުއްޖާގެ މާމައާއި ކުއްޖާ ހަވާލުކޮށްފައިވަނީ ކޯޓުން ކޮށްފައިވާ އަމުރެއްގެ ދަށުން ފުލުހުން އަދި މާމައާއި ހަވާލުކޮށްފައި އެވަގުތު ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާތީވެ ކުއްޖާގެ މާމައަށް ކުއްޖާގެ ފަރުވާ ކަންތައް ނިމެންދެން ކުއްޖާ ބާއްވާފައި ބޭއްވުމަށް ފުލުހުންވަނީ އަންގާފައި މިއިން ވެސް ފުލުހުން ކުއްޖާގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް މަސައްކަތް ކޮށްފައިވާ ފުރިހަމަކަން އަޅުގަޑު ފާހަގަ ކުރަން އަދި މީގެ އިތުރުން ކުއްޖާގެ ބައްޕަ ފަރާތު މީހުން ހޮސްޕިޓަލް ކައިރީ ހަޅޭއްލަވާތީވެ ފުލުހުންގެ ކޮމާންޑަރ ސީދާ އެ ކުރައުޑު ތެރެއަށް ވަދެ ފުލުހުން އޭގައި އަމަލު ކުރަނީ ކޯޓުން ކޮށްފައިވާ އަމުރެއްގައި ވާގޮތަށް ކަމަށާއި އަދި އެއަމުރު އިސްތިއުނާފް ކޮށް ޝަރުއީ މަރުހަލާތެރެއިން ކަންކަން ނިންމުމަށް ވަރަށް ބޮޑަށް އިރުޝާދު ދީފައިވޭ ނަމަވެސް އެތާ ތިބި އެކަން ވިސްނަން ބޭނުން ނުވާ މީޙުން އެކަން ޤަބޫލު ނުކުރި އަދި އެތަނުގައި ކޮމާންޑަރ ވަރަށް ނަޞޭހަތްތެރިވެ އެކަން އެމީހުން ޤަބޫލު ނުކުރުމުން ކުއްޖާގެ މާމައާއިއެކު ކުއްޖާ ގޮވައިގެން ނައްޓާލި އަދި މިނައްޓާލުމުގައި އެއްވެސް ރައްޔިތަކަށް ބާރުގެ ބޭނުންކޮށްފައި ނުވޭ މިމަންޒަރަކީ އަޅުގަޑަށް ފުލުހުން ވަރަށް ޕްރޮފެޝަނަލްކޮށް ކުރިއަށް ގެންދިޔަ އިވެންޓެއް ސަބަބަކީ މިކަން އަޅުގަޑު މިދަންނަވާލީ އާއްމުކޮށް މިފަދަ ކަމެއް ކުރިއަށް ދާއިރު އާއްމުކޮށް ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭ ޖަހާ މީހުން ފޮޅާލުމަށްފަހު ދާތަން މިފެންނަނީ އެކަމަކު މިކަން ކުރިއަށް ގެންދިޔަ ގޮތް ވަރަށް ފުރިހަމަ ގުޑް ވޯރކް މިގޮތަށް ކުރިމަގުގައި ވެސް ފުލުހުން އަމަލު ކުރާނެކަމަށް އުއްމީދު ކުރަން ބާރުގެ ބޭނުން ނުކޮށް ވެސް ކަންކަން ސްމާރޓްކޮށް ކުރެވިދާނެކަން އެބަ އެގޭ އެގެއިން ތޭންކް ޔޫ ކޮމާންޑަރ

    9
    2
    • ކޭ

      ހެޔޮކޮށް ތިބުނީ