އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައިއާރްއައި)ގެ ސެންޓާ ފޯ އިންސްޓިޓިއުޓް އިން ސާވޭ ރިސާޗު (ސީއައިއާރްއެސް)އިން ހިންގި ދިވެހިރާއްޖޭގެ އާއްމުންގެ ހިޔާލު ހޯދުމަށް ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދިވެހި ރައްޔިތުންގެ 61 އިންސައްތަ މީހުން ތާއީދު ކުރާ ކަމަށް ދައްކައިފިއެވެ.
އެ ދިދާސާއިން ދައްކާ ގޮތުގައި މިއަދު އޮތް ސަރުކާރަށްވެސް 56 އިންސައްތަ ދިވެހިން އަންނަނީ ތާއީދު ކުރަމުންނެވެ. މި ދިރާސާއިން ދައްކާ ގޮތުގައި މި ސަރުކާރަށް ދިވެހި ރައްޔިތުންގެ ތާއީދު ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ ދަށުން ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށްވެސް ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމަށްވެސް އެ ދިރާސާއިން ދައްކައެވެ. އެގޮތުން މިހާރުގެ އިގްތިސޯދީ ހާލަތު ވަރަށް ރަނގަޅު ކަމަށް ދިރާސާގައި ހިޔާލު ހޯދި 75 އިންސައްތަ މީހުން ދެކެއެވެ. އަދި 63 އިންސައްތަ މީހުން ތިބީ ކުރިޔަށް އޮތް އަހަރު ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުވާނެ ކަމަށް ދެކިގެންނެވެ.
މި ދިރާސާއިން ދައްކަނީ ސަރުކާރުގެ އިގްތިސޯދާއި ދޭތެރޭ އާއްމުން ދެކޭ ގޮތް ރަނގަޅުވި ނަމަވެސް ކޮރަޕްޝަނާއި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އާއްމުންގެ މެދުގައި ނުތަވަނަސް ކަމެއް އުފެދިފައިވާ ކަމަށެވެ. މި ދިރާސާއިން ދައްކަނީ ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ކޮރަޕްޝަންގެ ސަބަބުން އަސަރު ނުކުރާ ކަމަށް 62 އިންސައްތައެވެ. ނަމަވެސް ކޮރަޕްޝަންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި 97 އިންސައްތަ މީހުން ދެކޭ ކަމަށް ވެސް ދިރާސާއިން ދައްކައެވެ.
މި ދިރާސާގައި ބައިވެރިވި ފަރާތްތައް ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުންވެސް މިހާރުން މިހާރަށް ސަރުކާރުން ހައްލު ހޯދައި ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ބޯހިޔާވަހިކަމާއި ވަޒީފާއާ މަސްތުވާތަކެތީގެ މައްސަލައެވެ. މިއީ މިހާރުން މިހާރަށް ހައްލު ހޯދައި ދޭންޖެހޭ މައްސަލަތަކެވެ.
ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް އޮތީ ސަރުކާރުން ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުސޫލުން ހިންގާތީއެވެ. އެގޮތުން މި ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 75 އިންސައްތަ މީހުން ދެކެނީ އެއީ ރަނގަޅު ނިޒާމެއްގެ ގޮތުގައެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް 54 އިންސައްތަ މީހުން ތާއީދު ކުރެއެވެ. މީގެއިތުރުން އަންހެނުންނަށް ކައުންސިލްތަކުގެ ގޮނޑިތައް ހާއްސަ ކުރެވުނު މައްސަލައަށް ވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތާއީދު ކުރެއެވެ. އެގޮތުން މި ދިރާސާގައި ބައިވެރިވި 62 އިންސައްތަ މީހުން މިކަމަށް ތާއީދު ކުރެއެވެ.
އެހެން ވިއްޔާތިދިރާސާގައި ބައިވެރި ކޮށްފައިވާނީ އެމްޑީޕީގެ އެކްޓިވިސްޓުން އެކަނި ތިޔަ ދިރަސާއެއްކުރި އަޑުއެހި މީހަކުވެސް ރާއްޖޭގެ އަތޮޅުތަކުގައި އުޅޭކަމެއްނޭގެ.
މިކަހަލަ ދިރާސާތައް ހިންގާކަން ނުވަތަ ކުރާކަން ތިފަދަ ބޮލުރޮދި ކެނޑިފަތިބޭ މީހުންނަކަށް ނޭގޭނެ
ގައިމު މަށަކަށް ނޭގެ
ތިވެސް ބޮލުރޮއްޖެއް
ކަލޯ ތިޔައީ ހުރި ގޮތަށް ހުރި ރޮއްޖެއް...
ތިޔައީ ހިޔާލީ ފޮލާ! ލާދީނިއްޔަތު ކުރިއަރުވަން އުޅޭ ބައިގަޑެއް! ތިޔަހެން އަހަރެމެން ނެހެއްލޭނެ!
މަގޭކައިރިޔަކު ނާހަ
މަ އުޅެނީ ހުޅުމާލޭގަ...ނުދެނަހުރިންް ބަޔަކު ދިރާސާއެއް ކުރިކަމެއް....އެހެން ނޫނަސް އެއީ ދޮގެއްކަން އަހަރެންނަށް ވަރަށް ސާފު...އަހަރެން ތާއީދުކުރާ އެއްވެސް ސިޔާސަތެއް ގެންގުޅޭޭ އެއްވެސް ޕާޓީއެއް ނެތް....ވަކި އަތަކަށް ނުޖެހި ބުނާނީ ނަޝީދުގެ ދުލާއި އެމް.ޑީ.އެން ރިޕޯޓް ގެ ސަބަބުން ވަރަށް ގިނަ އެމް.ޑީ.ޕީ މީހުންވެސް މިހާރު ހިޔާލު ބަދަލު ވެއްޖެއޭ...ދިވެހިންނަކީ މާލޭ މީހުން އެކަނި ކަމަށް ގަބޫލު ކުރާ ސިޔާސަތުގެ ސަބަބުން އާންމު ރައްޔިތުންގެ ހިތް ނުތަނަވަސް ވެއްޖެއޭ....ދޮގު ފެތުރުމަކީ އިބުރާހިމް ގެ ފާނުގެ ދުވަސްވަރުވެސް ދުނީޔޭގަ ފައިސާ ދީގެން ކުރުވާ ކަމެއް....މިހާރު މީޑިޔާކުޅެނީ އެ ރޯލް...
މަހަމަ ހުވާމިބުނަނީ މިވަރުގެ ޔަހޫ ދީކަމެ ބަނީއިސްރާއީލުގެ ދަރިންގެވެސް ނުވާނެ..މީކޮންފަ ދަ ހީލަތްތެރި މަކަރުވެރި ހިޔަޅު ސަރުކާރެ ހިޔަޅު ވެރިއެއް...ތިވަރުގެ ދިރާސާއެއްކުރީ ރައްޔިތުން ނިން ދަވާފަތަ...61ޕަސެންޓެނޫން 600ޕަސެންޓް ތާއި ދޭބުންޏަސް މިއަ ދަކު އެއްވެސްމީހަކު ހައިރާނުވާނެ..އެއީ ކިނބުލަކަށް އިތުބާރު ކުރާނެ ހަމަ ބުއް ދިހުރި މީހުންގެ ޕަސެންޓެނޫން..މަގުމައްޗަށް ވެއްޓިފަތިބި މިގައުމުގެ ޕާޓޭންނާ މޑޕއަށް އަޅުކަންކުރާމީހުންގެ ޕަސެންޓް...މަހާތުމާގާން ދީއަށް އަޅުކަންވެސްކުރީނުން ބޮޑުވަޒީރު އަޅުކަންކުރީމަ..
މީ މިމީހުން ވޯޓު އޮޅުވާލުމަށް ޖައްސާ މޮޅެތި ގޭމްތަކުގެ ވޯމްއަޕް ބައި. ދެން ވޯޓު އޅުވާލާފަ ބުނަން އޮންނާނެނުން ސަރވޭ އިންވެސް މަމެން މިއުޅެނީ ކުރީގަނޫންހޭ. މިފަހަރު އަދި މާޖާހިލިކޮށް ވޯޓު އަޅުވާލުމަށް ވިސްނާކަމަށް ވަރަށްބޮޑަށް ލަފާކުރެވޭ.
މިހާރުގެ އިގްތިސޯދީ ހާލަތު ވަރަށް ރަނގަޅު ކަމަށް ދިރާސާގައި ހިޔާލު ހޯދި 75 އިންސައްތަ މީހުން ދެކެއެވެ. އަދި 63 އިންސައްތަ މީހުން ތިބީ ކުރިޔަށް އޮތް އަހަރު ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުވާނެ ކަމަށް ދެކިގެންނެވެ.
ތީކަނޑައެޅިގެން ރޯބުހުތާނާދޮގު މިހާރުމިއޮށް ސަރުކާރަކައް ނުލިބޭނެ 10 ޕަސެންޓުވެސް މިހާރަކު ތިކަހަލަ ފޭކުސާވޭ ކުރާނެ ކަމެއްނެއް
ހަމަޔަޤީނުންވެސް މަގޭ އާއިލާގެ ބަހެއްތިކަމުގައި ނާދޭ
ހުސް ދޮގު
ހުސް ދޮގު... އަޅުގަނޑު އަކީ ވެސް ދިވެހި ރައްޔިތެއް... ނުލަން ތި ހިޔާލު ހޯދުމުގެ ދިރާސާ އަކު ވޯޓޭއް.... ދަންނަ މީހަކު ވެސް ނުލާ ދެން ހާދަ ހަނި ދިރާސާ އެކޭ.... އެމެޑީޕީ އިސް ސަފުގަ ތިބި މެމްބަރުންގެ މެދުގަ ހެދުނު ދިރާސާ އެއް ދޯ...
ހަމަ އެކަނި ސިއްކަގޭތެރޭން ތި ކިޔާލެއް ހޯދީ
ދިވެހި ބޯކޮޅު މައްޗަށްހުރި މީހަކު ތި ވާހަކަ ގަބޫލެއް ނުކުރާނެ
7،000 ފްލެޓްގެ ސަރވޭ ކުރަން ގޮސް އަހަނީ ސަރުކާރު ކަމުދޭހޭ. ނޫނެކޭ ބުނެފިއްޔާ ފްލެޓް ގެއްލޭނެ.
ކިޔާލުހޯދުމުގެސާވޭއިން %61ޕަސެންޓް މިސަރުކާރައްތާއީދުކުރާކަން ކޮމެންޓްތައްކިޔާލީމަވެސް އެބައެނގޭ
ތިޔައީ މައުމޫނާ އޭނަގެ އަންހެނުންނާ އިލްޔާސްއިބްރާހީމާ ޢައްބާސް އިބްރާހީމާ ނާދިރާ ކުރި ދިރާސާއަކާ ވަރަށް ވައްތަރު!
އެހެންވިއްޔާ ބޮޑުތަނުން ސަލާމަތެއް ނެތް.
އިބުރޭ ރަގަޅޭ.. އިބުރޭ އުޅޭ ގޮތޭ ކަމުނުދަނީ
ތި ދިރާސާއަކީ ދިވެހި ސަރުކާރުން ޚަރަދު ކޮށްގެން ރީނދޫސް ބޭނުން ކޮށްގެން ހެދި ދިރާސާއެއްނު. ތިއަށް ދިރާސާއެކޭ ކިޔޭނެ ހަމަ އެއްވެސް ހަމައެއް ނެތޭ.
ތީ ޕާޓީކުދިންނާ ވާހަަކަދައްކައިގެން ހެދި ދިރާސާއެއްކަމަށްވާނީ، މިހާރު ހީއެއްނުވެ 10 ޕަސެންޓްވެސް ލިބޭނެހެން، މިއަދު އެބުނީ ސިވިލްސަރވިސްކުދިންގެ އިތުގަޑި ކަނޑާލާށޭ، އެކަމަކު ވެރިކަމަށް އަންނަށްވެގެން ދެއްކި ހުވަފެންތަކުގެ ތެރޭގައި އޯޓީ ލިމިޓެއް ނޯންނާނޭބުނި، އެއޮތީ ރެކޯޑިން އަޑުއަހާ،
ތީ ހަމަ ކޯޓުތަގެ ފަންޑިޔާރުން ބަދަލު ކުރަމުންދާ އުސޫލާ މިސަރު ކާރުގެ ހުރިހާ ކަމެއް ހުރި ގޮތައް ކޮއްފަ ހުރި ކަމެއް. ޢެޑިޓަރަ ކައް އިނީ ރައީސް އޮފީހުގަ އުޅޭ ސިއުނާ.
ޙިޔެއް ނިވޭ ޕާޓީންވެސް ތިވަރު ވާނެހެން
ސީލިހުގެ ވެރިކަން އަސްލު ފެންނާނީ އަންނި ދުރުކުރީމަ. މިހާރު އިސްލާމް ދީނަށް ވަރަށް ގޮންޖެހުންތައް އެބަހުރި. އަންނި ކުރާ ކަންކަންވީމަ އޭނަ ހުންނާތީ، ތަންކޮޅެއް މަދުކޮށް ދިރާސާއިން ތާއީދު އޮތް ކަމަށް އެދައްކަނީ.
ތިޔަ ދިރާސާ އަކީ ދިވެހިންނާ ސުވާލުކޮށްގެން ކުރެވިފައިވާ ދިރާސާ އެއް ކަމަކަށް ނުދެކެން. ތިޔަ ދިރާސާ އާއި ގައުމުގެ ހާލަތު އެއްވެސް ވަރަކަށް ދިމައެއް ނުވޭ.
ތިޔަ ދިރާސާ ކުރީ އުޑެއް ބުޑެއް ނުދަންނަ ބައެއް.. ރަނގަޅަށް ލޯ ހުޅުވައިގެން ދިރާސާ ކޮށްފިއްޔާ މި ސަރުކާރަށް ސުމެއް ވެސް ނުލިބޭނެ...