ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނާއި މީހުންނަށް އެހީވުމުގައި މަޝްހޫރުކަން ލިބި ސަރުކާރުން ހާއްސަ އިނާމުތައް ދީފައިވާ އަހްމަދު ހިޝާންގެ ގޭގައި، އޭނާ އާއި އެކު ދިރިއުޅެމުންދާ ޒުވާނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ފެބުރުވަރީ މަހު ޙިޝާންއާ ގުޅުންހުރި ސީރިއަސް މައްސަލަތަކެއް ފުލުހުން ތަޙުޤީޤު ފަށާފައިވާތީއާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ ވަށައިގެންވާ ކަންކަމާއި، އަދި އޭނާގެ ޙާލަތާ ގުޅޭގޮތުން މި ވަގުތު ޖެންޑާ މިނިސްޓްރީގައި އެއްކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް، އޭނާއަކީ އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ގާބިލުކަން ލިބިފައިވާ މީހެއްތޯ ކަށަވަރުކުރުމަށް ޓަކައި ކުރަންޖެހޭ ފަންނީ ތަޙުލީލުތައް ކުރުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއެކު ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްގެ ޤާނޫނީ ބެލެނިވެރިކަމުގެ މައްސަލައެއް ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައިވަނީ 2017 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އޭނާ ޙިޝާންއާ ފުރަތަމަ ބައްދަލުވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ އެ އަހަރުގެ ޖަނަވަރީ މަހުގައެވެ.

"2017 ވަނަ އަހަރު މި ދެންނެވި މައްސަލަ ދައުލަތުގެ ސަމާލުކަމަށް އައިއިރު ވެސް މި މައްސަލައިގައި ހިމެނޭ މީހާއަށް 18 އަހަރު ފުރިފައިވާތީ، އެއިރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން (މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް) ނިންމާފައި ވަނީ އެހެން ވެސް ބޮޑެތި މީހުންނާ މެދު ޢަމަލުކުރާ އުސޫލުން އޭނާއާ މެދު ޢަމަލުކުރުމަށެވެ." ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ މައްސަލަ ފުރަތަމަ ޝަރުޢީ ކޯޓަކަށް ހުށަހެޅިފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލައަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ މަންމަ، އޭނާގެ އަމިއްލަ އިސްނެގުމުގެ މަތިން އޭނާގެ 18 އަހަރު ފުރިފައިވާ ދަރިފުޅުގެ ޤާނޫނީ ބެލެނިވެރިކަން ގ.ނީރުވީކް އަޙްމަދު ޙިޝާންއާ ޙަވާލުކުރުމަށް އެދި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެއް ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ވިދާޅުވެއެވެ.

އެއިރު ފެމިލީ ކޯޓުގައި ހިނގަމުންދިޔަ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން މި މައްސަލައިގައި ހިމެނޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ ޞިއްޚީ އަދި ނަފްސާނީ އެއްވެސް ބާވަތެއްގެ އެސެސްމެންޓެއް ހަދާފައެއް ނުވާކަމަށާއި ނަމަވެސް އެއިރު އޭނާއާ ގުޅޭގޮތުން މިމިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ނިންމާފައިވަނީ އޭނާއަކީ "އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއްކަމާއި، އޭނާއާ ގުޅޭގޮތުން ލިބިފައިވާ ޞިއްޙީ އަދި އެހެނިހެން މަޢުލޫމާތުން އޭނާއަކީ ތަސައްރަފު ނުފުދޭ މީހެއްކަން ފާހަގަކުރެވިފައިނުވާތީ، މިނިސްޓްރީގެ ފަރާތުން އޭނާއާމެދު ޢަމަލުކުރަމުންދާނީ 18 އަހަރު ފުރިފައިވާ އެހެނިހެން ފަރާތްތަކެކޭ އެއްގޮތަށް ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

2018 ވަނަ އަހަރުގެ ޖުލައި މަހު މި މައްސަލައާ ގުޅޭ ބައެއް އިތުރު ކަންކަން ފެންމަތިވަފައިވީ ނަމަވެސް އެއިރު މި މައްސަލަ އިތުރަށް މުރާޖާކޮށްފައި ނުވާތީ، 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދެވޭ، އެ މީހެއްގެ އަމިއްލަ ކަންކަން އަމިއްލަ އިޚުތިޔާރުގައި ނިންމުމާއި އެ ފަދަ އެންމެހައި ޙައްޤުތަކާއި މިނިވަންކަން މިއަދާ ހަމައަށް ވެސް އޭނާއަށް އޮތީ ލިބިދީފައި ކަމަށާއި އަދި އޭނާގެ މަންމަ ވެސް ހިމެނޭގޮތަށް ޢާއިލާގެ ރުހުމާއެކު އޭނާގެ އަމިއްލަ އިޚުތިޔާރުގައި ދިރިއުޅެމުން އަންނަނީ ޙިޝާން ދިރިއުޅޭ އެޕާޓުމެންޓުގައި ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ.

ހިޝާންގެ މައްޗަށް ތުހުމަތުތަކެއް ކުރަމުން ގެންދާއިރު އޭނާ އާއި މެދު ފިޔަވަޅު ނޭޅި މިހައި ދުވަސް ވެގެން ގޮސްފައި ވާތީ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އެސޮރު

    ކުށުގެ ވެށިން ބަރިއްޔަކޮށް އިމިއުނިޓީ ހޯދުމަށްޓަކައި ނުފޫޒުގެ ބޭނުންކޮށްގެން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ޖައްސައިގެން އުޅެނީ

    14
  2. އާފް ރަޒަގް

    ތިޔަބުނާ ނުކުޅެދުންތެރި ޒުވާނާ ވަނީ މޯލްޑިވިއަން އައިޑޮލް 1 ގަ އޮޑިސަނުގަ ލަވަ ކިޔާފަ.އޭރު ބަލާފަ ހިޔެއްނުވޭ ތިބުނާ ވަރުގެ ބަލިކަމެއް ހުންނަހެނެއް. ސޯގަ އެ ޒުވާނާ ބުނޭ ފަގީރު ހާލުގަ އުޅޭ ވާހަކަ އާމްދަނީ ހޯދަން މަހައް ދާކަމައް. ސޯ ގަ އެޒުވާނާ އުމުރު ބުނާ ގޮތުންވިއްޔާ މިހާރު އޭނާގެ އުމުރުން ވާނީ 21 އަހަރު

    21
    1
  3. މުންޒިރު

    ބުނާތީ އިވޭ ހިސާން އެސޮރައް ކުރާ ކަމެއް އެކުރަނީ އެސޮރުގެ ރުހުމުގައޭ.

    21
    1
  4. ނަޖްވާ

    ކީކޭ އަޅެފަހެ ދެން ބުނާނީ؟ މީ ވެސް ދެން އަޅެ މީހުން އުޅޭ ގޮތްތަ؟

  5. Anonymous

    ޖެންޑާ މިނިސްޓްރީން ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްގެ ޤާނޫނީ ބެލެނިވެރިކަމުގެ މައްސަލައެއް ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައިވަނީ 2017 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އޭނާ ޙިޝާންއާ ފުރަތަމަ ބައްދަލުވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ އެ އަހަރުގެ ޖަނަވަރީ މަހުގައެވެ. 2017 ގައި ހުރީ މިހާރު ރައީސުލްޖުމްހޫރިއްޔާ ތޯއެވެ.

    3
    18
  6. ހަރާންސަރުކާރު

    ދައުލަތަށް އެޒުވާނާ ތިނެނގީ އެނައަށް މަޖުބޫރު ކުރުވައިގެ ހިޝާންއާއި ދެކޮޅަށް ދޮގުތުހުމަތުތަކެއް އެޒުވާނާ މެދުވެރިކޮ ހިޝާން ބަދުނާމް ކުރުމުގެބޭނުމުކަން ހަމަޔަޤީން!

    41
    14
  7. ސީދި

    ތިކަމާތޯ އެމްޑީޕީ މެމްބަރުން މިނިސްޓަރ ގެ އިސްތިއުފާ އަށް ތިގޮވަނީ، ބަލަ 18 އަހަރުވީ މީހަކަށް އަމިއްލަ މިނިވަން ކަން އޮންނާނެ ދެއްތޯ....

    26
    2
    • ޙަމް

      18 ވިޔަސް ސިކުނޑީގަ އުނިކަމެއް ހުރިއްުޔާ ތަކުލީފް އުފުލަން ނުޖެހޭ.

      7
      5
  8. ޙަމް

    އެސޮރައް ގޭ ރަޖިސްޓްރީ ކޮށްދޭން އުޅުނީމަ ނުބަޔެއް އުޅޭކަން އެނގޭ. ނުވިތާކަށް ލައްވާފަ ހުންނަނީ އެންމެ އަގުބޮޑެތި އަންނަ އުނު. ސޮރުގޮވައިގެން އާނމުކޮށް ލަންކާއައް ގޮސް ހުންނަ ބިލްޑިންގ އިން ގިނައިން ދޮންމީހުން ނިކުންނަތަން ދިވެހިންނަށް ފެނިފަ އެބަހުރި.

    10
    3
  9. ސާބިތު

    މި އާޓިކަލް ކިޔާލުމުން ބޮޑަށް ވައްތަރި މީނަގެ އަގުވައްޓާލަށް ސަރުކާރުން ހިންގާ ޖަރީމާއެއްހެއް

    45
    11