ހައަހަރުގެ އަންހެން ކުއްޖަކު އިއްޔެ ބައްޕަ ކައިރީ ހުއްޓާ ކުއްޖާގެ މާމަ އާއި ހަވާލު ކުރަން ފުލުހުން މަސައްކަތް ކުރުމުން ހަމަނުޖެހުން ހިނގާފައި ވަނިކޮށް އެކުއްޖާ ދައުލަތާއި ހަވާލު ކުރަން މިރޭ ފެމެލީ ކޯޓުން އަމުރުކޮށްފިއެވެ.

ކުއްޖާ ދައުލަތާއި ހަވާލު ކުރަން ފެމެލީ ކޯޓުން އަމުރު ކުރީ އެކުއްޖާގެ ޤާނޫނީ ބެލެނިވެރިން ހޯދަން ދައުލަތުން ކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.

ބަންޑާރަނައިބުގެ އޮފީހުން ދެންމެ ވިދާޅުވީ 24 ގަޑިއިރު ތެރޭގައި ކުއްޖާ ދައުލަތާ ޙަވާލުކުރުމަށް ފެމިލީ ކޯޓުން ވަގުތީ އަމުރު ނެރެފި ކަމަށާއި އެ ޢަމުރު ތަންފީޒު ކުރުމަށް ހުރަސްއަޅާނަމަ، އެކަން ހުއްޓުވައި އެ ކުއްޖާ ދައުލަތާ ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ޢަމުރުކޮށްފައިވާ ކަމަށެވެ.

ކުއްޖާ ބައްޕަ ކައިރީ ހުއްޓާ ފުލުހުން އިއްޔެ އެކުއްޖާ މަންމަ ފަރާތު މާމަ އާއި ހަވާލު ކުރަން އުޅުމުން ހަމަނުޖެހުން ހިނގީ މ.އަތޮޅު މުލަކުގައެވެ. އެކުއްޖާ އަކީ މުލަކު ފިރިހެނަކާއި ތ.އަތޮޅު ތިމަރަފުށީ އަންހެނަކަށް ލިބިފައިވާ ކުއްޖެކެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިރޭ ވިދާޅުވީ މެދުރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ 6 އަހަރުގެ ކުޑަ ކުއްޖަކާ ހަވާލުވެތިބި ފަރާތްތަކުން އިޙްމާލުވަމުންދާ މައްސަލައަކާ ގުޅިގެން އެ ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތަށް ނެގުމާބެހޭ މައްސަލައެއް ދައުލަތުގެ ފަރާތުން ފެމެލީ ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

މި ކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައި ހުރި ކުއްޖެއް ކަމުގައި ބެލެވޭތީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ދެއްވުމަށް ދައުލަތުގެ ފަރާތުން އެދުމުން، މި މައްސަލައިގެ އަޑުއެހުމެއް ފެމެލީ ކޯޓުގައި މިރޭ ވަނީ ތާވަލު ކޮށްފައެވެ.

މުލަކުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖާ، ކުއްޖާގެ ބައްޕަގެ ބެލެހެއްޓުމުގެ ދަށުގައި ހުރީ އެކުއްޖާ ބެލުމުގައި ކުއްޖާގެ މާމަ އާއި ފަރުވާ ކުޑަކޮށް، ކުއްޖާއަށް އަނިޔާ ކުރަމުން ގެންދާތީއެވެ.

"ކުއްޖާ 2016 ވަނަ އަހަރު މަންމަ ފަރާތު މާމަ އާއި ހަވާލުކުރަން ކޯޓުން އޮތީ އަމުރުކޮށްފައި. ކުއްޖާ ހުރީ މާމަ އާއި މަންމަ ކައިރީގައި. ނަމަވެސް ކުއްޖާގެ މާމަ އާއި މަންމަ ކުއްޖާ ބެލުމުގައި އައީ އިހުމާލު ވަމުން. ބަލިވުމުން ޑޮކްޓަރަކަށް ނުދައްކާ، ކުއްޖާ ސާފުތާހިރުކޮށް ބަލަހައްޓަމުންނެއް ނުދޭ. މާމަ އާއި މަންމަ އަނިޔާ ކުރާކަމަށް ކުއްޖާ ބުނޭ. އެހެންވެ މީގެ މަހެއްހާ ދުވަސް ކުރިން ކުއްޖާގެ ބައްޕަ ވަނީ އެކުއްޖާ އޭނާގެ ބެލުމުގެ ދަށަށް ގެންގޮސްފައި." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މުލަކު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާމަ އާއި މަންމަގެ ފަރާތުން އަނިޔާ ލިބޭ ކަމަށް ކުއްޖާ ތަކުރާރުކޮށް ބުނެބުނެ އޮއްވާ އެކުއްޖާ އެމީހުންނާއި ހަވާލުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިރު

    މުލަކުގައި އިއްޔެ ހަމަ ނުޖެހުން ހިންގަން އުޅުނު މީހުންނަށް ދަންނަވަން އިއްޔެ ތި މީހުން ކައިރީގައި ފުލުހުން ބުނީމެއްނު ތިމަންނަގެންގެ މައްޗަށް ކޯޓަކުން މިކަން ރިވާރސް ކުރުމަށް އަނެއްކާވެސް އަންގައި ފިނަމަ އެކަންވެސް ތަންފީޒު ކުރަންވެސް ތިބޭނީ ތިމަންނަ މެންނޭ މަ އެތަނުގައި ހުރިން އެވަގުތު ވެސް ކިހާ ނަޞޭހަތް ދިން ހަމަ ނުޖެހުން ނަގާ ނުލާށޭ އޯކޭ އެމީހުން އެއަމުރު ތަންފީޒު ކުރިއިރުވެސް ތި ރައްޔިތުންނަށް ގެއްލުމެއް ނުދީ ކެތްތެރިކަމާއިއެކު އެކަން ކުރީ ދެންވެސް އެމީހުންނަށް ޝުކުރު އަދާ ކުރޭ ހަމަ ގައިމު މަނަމަ އެކަން ކުރަން ތިބި ފުލުހުންނަށް ކއުން ދޭނަން ކުއްޖާ އަބުރާ ގެނައުމުން ހިގާ ފުލުހުންނަށް ސާބަސް ދޭން އައިލަވް މ ޕޮލިސް

    12
    9