ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ބިންހެލުމެއްގެ ލޮޅުމެއް އިހުސާސް ކުރެވިއްޖެއެވެ.

"ވަގުުތު"އަށް މައުލޫމާތު ލިބިފައިވާގޮތުގައި، މި ލޮޅުން އިހުސާސު ކުރެވުނީ މިރޭ 1:48 ހާއިރު އެވެ.

މި ލޮޅުމުގެ އިހުސާސު ބައެއް ރަށްތަކަށް ވަރަށް ބޮޑަށް ކުރެވުނެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވީ، އުތުރުގެ ބައެއް އަތޮޅުތަކުން ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

"ހަނިމާދޫ ގައި ގާއިމްކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް މިރޭ ދަންވަރު 1:47 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ވަނީ ރެކޯޑް ކުރެވިފައެވެ." މެޓް އިން ވިދާޅުވިއެވެ.

"ވަގުތު"އަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޮޅުން އިހުސާސު ކުރެވުނުު ރަށްތަކުގެ ތެރޭގައި، ހއ. ދިއްދޫ، ހއ. ބާރަށް، ހއ. އިހަވަންދޫ ހއ. އުތީމް، ހއ. ކެލާ، ހދ. ކުޅުދުއްފުށި، ހދ. ނެއްލައިދޫ، ހދ. ނޮޅިވަރަމް، ހދ.ކުރިނބީ، ހދ. ނޭކުރެންދޫ، ހދ. ހަނިމާދޫ ހިމެނެއެވެ.

ހއ. އިހަވަންދޫއިން ވާހަކަދެއްކި މީހަކު ބުނީ، އޭނާއަށް އެ ލޮޅުން އިހުސާސު ކުރެވުނީ ގޭގެ ސޯފާގައި މެޗެއް ބަލަން އިންދާ ކަމަށެވެ.

"މެޗެއް ބަލަން ސޯފާގައި އިންދާ ސޯފާ ކޮއްޕާލިގޮތަށް ފީލްވީ، ތެދުވެ ބެލިއިރު، ބޭރުގެ ހުރި ހޮޅިބުރިވެސް ހެލޭ" އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، ތިން ފަހަރަށް ލޮޅުން އައެވެ. "ތިން ފަހަަރަށް ލޮޅުން އައި، ފުރަތަމަ ފަހަރު ވަރަށް ބާރަށް"

އެރަށުން ވާހަކަދެއްކި އިތުރު މީހަކު ބުނީ، އޭނާއަށް 10 ސިކުންތު ވަންދެން ލޮޅުމުގެ އިހުސާސު ކުރެވުނު ކަމަށެވެ.

ކުރިނބީން ވާހަކަ ދެއްކި މީހަކު ބުނީ، އެގަޑީގައި އެ މީހުން މަސައްކަތް ކުރާ އޮފީހުގެ ބޮކިތައްވެސް އަންދާފައިވާ ކަމަށެވެ.

'"ބޭބެ ގޮވަން ފެށީމަ ލައިޓް ތައް ޖައްސާލީ، ޖައްސާލިއިރު، ލައިޓްތައްވެސް އަނދައިގެން ދިޔައީ"

ހޯރަފުށީ ދާއިރާ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ހޯރަފުށި ބިންގަނޑަށް މިރޭ 1:45 ހާއިރު ލޮޅުމެއް އައި ކަމުގެ އިހުސާސު ކުރެވިގެން ގިނަބަޔަކު ކަންބޮޑުވެގެން ގުޅި ކަމަށެވެ.

"މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސްއިން އެވަގުތު އެކަން ސާފްކުރިއިރު، އެހާއިރު އެ ސަރަހައްދަށް ސެއިސްމޮލޮޖިކަލް ވޭވްއެއް އައި ކަމަށް އޮތީ ރެކޯޑް ކުރެވިފައި. އެހާ ސީރިއަސްކަމެއް ނެތް ކަމަށް ވަނީ" ސަލީމް ކުރި ޓްވީޓެއްގައި ވެއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެ ލޮޅުމަކީ ބާރުމިން ބުނެދޭ ވަރަށް ވުރެ ދަށް ލޮޅުމެއް ކަމަށެވެ.

"ރެކްޓާމިންގަނޑަށް މެގްނެޓިއުޑް ދޭވަރަށް ވުރެ ވީކްކޮށް މިކޮޅުން ރެކޯޑް ކުރެވިފައި އިނީ". އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް ދޭތެރެ ދޭތެރެއިން މިފަދަ ލޮޅުންތައް އިހްސާސް ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޙަސަނު

    ރަނގަޅު!
    ހއ. ބާރަށަށް ވެސް ތިބުނާ ލޮޅުން އެރި!

    33
    1
  2. މަރީ

    ހދ.ނޭކުރެންދޫ އަށްވެސް!

    19
    2
    • މާމިގިލީ މީހާ

      ނޭކުރެންދޫ އަކަށް އަސަރެއް ނުކުރޭ. ދޮގު ނުހަދާބަ މަރީ.

      5
      19
      • ނޭކުރެންދޫ ރައްޔިތެއް

        މާމިގިލި މީހާއަށް ކޯއްޗެއް އިނގެނީ.. ނޭކުރެންދޫ އަށްވެސް ލޮޅުން އިހްސާސްވި..

        6
        2
  3. އަސްލޭ

    ހަނިމާދޫެއަށް ވެސް ވަރަށް ބޮޑަށް އިހްސާސްވި.

    17
  4. މުދިންބެއުދަ

    މީއިންސާނުންގެ އަމަލުތަކުގެ ސަބަބުން އަންނަ ކަންކަން ފާޅުގއި މުންކަރާއްތަކައް އަރައިގަނެ މީސްތަކުންގެ މުދަލުން ފާޅުގައި ވައްކަން ކުރަމުން ދާއިރުވެސް ރައްޔަތުންނައް އިންސާފު ހޯދާދިނުމުގެ ބަދަލްގައި ކުއްވެރިން ހިމާޔައް ކުރިމުން ކުށުގެ ރެކޯޑް ފޮތައް އަރުވަން ކުއްވެރިން މިނިވަން ކަމާއެކު މަގުމަތީގައި ރައްޔަތުން ނައް އޮތީ ﷲ އައް ދުވާކޮއް މިއަނިޔަވެރިންގެ ކިބައިން ގައުމު ސަލާމައް ވޭތޯ ދުއާ ދެއްނެވުން ހައްދަވާ ގެންގުޅުއްވާ އިލާހު އަޅަމެން މިއަނިޔާވެރިވާ މިސްތަކުންގެ ކިބައިން ސަލާމއް ކޮއްދެއްވާ ފަންދޭވެ އާމީން

    120
    6
  5. މިކޮއެ

    ށ. ކޮމަންޑޫ އަށް ވެސް

    23
  6. ޢަ އި ސާ

    ޢަޅުގަނޑު އިނީ ހޭލާ ކުައްލިއަކަށް އެނދު ގުޑީމަ ސިށްސަައިގެންދިޔައީ.. ޢެވަގުތު ކުޑަ ދަޜިފުޅު އޮތީ ނިދާފަ... ދަޜިފުޅުގެ ހަށިގަނޑު ތެޅޭ ތަން ފެނުނީމަ އިހުސާސްވީ އެއީ ހީވި ހީވުމެށް ނޫންކަން..... ޢަލަމާޜި ދޮޜުގަ އަޅުވާފަ ހުޜި ހުސްކޮނޑު ތަށް ވެސް ވަޜަށް ބާޜަށް ތެޅުން... ?

    34
    1
  7. އަލީ

    އެނދުދެފަރާތަށް ހަލުވާލިތަނާ ހެޑްބޯޑުގަ އިން ވާސް އެއްވެސް ވެއްޓުނު. ނިދިވެސް ނޭނގެ ދިޔަގޮތެއް.

    23
    2
  8. Anonymous

    އެއީ ރޭ އިންޑޮނޭޝިޔާގެ އުތު ރު ޖާވާއަށް 6.2 މެގްނިޓިއުޑްގެ ބާ ރުމިނުގެ ބިންހެލުމެއް އައިސްފަވޭ، މިބިންހެލުމުގެ އަސަ ރުކަމަށްވެސް ވެދާނެ.

    23
    1
  9. ޙާލު

    އެންވަރަންމެންޓް މިނިސްޓަރު އިސްތިޣުފާ ދެއްވަން ޖެހޭ

    26
    19
  10. ބަކުރުބެ

    ނުލަފާ މީހުން އުޅޭ ތަންތަނައް ކޯފާ

    44
    11
  11. މާމިގިލީ މީހާ

    މާމިގިލިއަށް ވެސް ލޮޅުމުގެ އަސަރު ކުރި. ހީވަނީ 5.3 ގެ ބާރު މިނުއައި ބިންހެލުމެއް ހެން.

    16
    2
  12. Anonymous

    ﷲގެ ކޯފާއަށް ބިރުވެތިވެ ޝިރުކުގެ އަމަލުތައް ދޫކޮއްލައްވާ އެކަލާނގެ އަށް ތައުބާ ވެލައްވާ. އެކަލާނގެ ނުހަނު އޯގާތެރިކަން ނިކަން ބަލާބަލަ ތި ފަދަ ބިންހެލުމެއް ރޭގަނޑު ދަމު އެންމެން ނިދާފައި ތިއްބާ މާލެއަށް އައިސްފިނަމަ ސަލާމަތްވާނީ ކާކުބާ؟ ބިރުވެތިވެލައްވާ

    72
    3
  13. ކުކުޅު ނިއުޓަން

    އެއްވެސް މެގްނިޓިއުޑް އެއް ނެތް ދޯ
    މެން އޮފީހަށް ވެސް ނުކެރުނު ދުނިޔޭގެ ބިންހެލުމާ ބެހޭ މައި އިދާރާއައް އަންގާލާކައް
    ވެދާނެ 1.0 މެގްނިޓިއުޑް ގެ ބިންހެލުމެއް ކަމައް ވެސް

    23
    1
  14. ހސސ

    ބިންހެލުން އައިމަ ގުޅަންވީ މަޖްލިސް މެމްބަރުންނަކަށްނޫން. ބިންހެލުން އައިމަ ތައުބާވެ ދުއާކުރުން ގިނަކޮށް ތިމާ އިސްލާހުވާންވީ. ﷲގެ ކޯފާ އައީމަ މަޖްލިސް މެމްބަރުންނަށް ކުރެވޭނެ ކަމެއް ނޯންނާނެ.

    89
    4
  15. Anonymous

    އަދިވެސް ނުބައި ރޭވުންތައް ގިނަ ކުރަންވީ

    30
    6
  16. ޢަލީ76

    ކޯފާއަށް ރީނދޫ މީހން ބިރުވެތިވާން ވެއްޖެ

    17
    9
  17. ލާހިއާމިނާ

    ނުބައި ވަގު ސުންޕާ ވެރިކަން އޮންނަތަންތަނުގައި ނާމަންކަމާ ބިރުވެރިކަން އޮންނާނެ! 2018 ނޮވެމްބަރ 17 ން ފެށިގެން މިއަދާހަމަޔަށް މާޟީވެދިޔަ ކައިރި ތާރީޚްތައް ދިރާސާކޮށްލުމުން މިކަން އެގިގެންދާނެ! ހަމައެކަނި މޫސުމަށް ބަލާލުމުންވެސް ފުދޭނެ!

    19
    5
  18. ބިން!

    އެކަމް، މެގްނިޓިއުޑް 4.5 ގެ ބާރުމިނުގެ ބިންހެލުމެއް ހ.އ ގެ އިރު އުތުރުން ކަނޑުގެ 10 ކިލޯމީޓަރު އަޑިއައް އައިކަމައް ޔޫ.އެސް.ސީޖީ ގެ ހިސާބު ތަކުން ދައްކަނީ.
    ރާއްޖޭގެ މެޝިން ތިހިރީ މައްސަލަ ޖެހިފަ އެހެންވީމަ!

    15
    2
  19. ސޭކްސްތާން

    ކިހާ ބާރު މިނެއްގައިބާ ތިޔަ ލޮޅުމެއް ހުރީ. މެޓުން އެބަ ބުނޭ ރެކޯޑްވިއޭ. ކީއްވެތަ އެބައި ސިއްރު ކުރަނީ. ސިއްރު ކުރާ ލާދީނީ ސަރުކާރުވީމަދޯ.

    13
    5
  20. ރަދީފް

    މާލެއަށްވެސް!

    6
    3
  21. ޖަހާންގީރު

    މިކަހަލަ ހަރާންކޯރު ވެރިކަމެއްގަ ހުރުހާ ހެލުމެއްވެސް އައުން ކައިރި

    22
    5
  22. މޫސާމަނިކް

    ކުރީސަރުކާރުގެ ސަބަބެ އްކަމަށް ލަފާކުރެވެނީ ، ރޭގަ ރަ އީސް އަބްދު އްރަހީމް ވަރަށްގިނަ ނިންމުންތަށް ނިންމަ އި ވަރަށްގިނަ ގަރާރުތަށް ފާސްކުރި ، އެކަމުގެ އަލާމާތަކަށްވެސް ވެދާނެ ،، ސަލާމް،،،

    2
    6
  23. ާަައަހަރެން

    ހއ. ޥަށަފަރަށް ވެސް ލޮޅުން އިހްސާސްވި

  24. ޖީންސް

    އުތުރު އަންހެން ކުދީން މާ ގިނައިން ޖީންސްލާ އުޅޭތީ ވީކަމެއް.

    2
    1
  25. ޒުލްފިގާރު

    ރައްޔެތުން ނުބައި ވެރިން ގައުމައް އިސްކުރުމުން މިފަދަ ލޮޅުންތައް އަރައެވެ.ހުރިހާކަމެއް މޮޅއްދެނެވޮޑިގަންނަވަނީ ﷲއެވެ.

    3
    2
  26. މާއުނގޫދޫ

    ށ.މާއުނގޫދޫ އަށް ވެސް ކުރި.