ޓެރަރިޒަމްގެ އަމަލު ހިންގާނެ ކަމަށް ބުނެ އިންޒާރުދޭ މީހެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޝެއާކޮށް، ލައިކް ދިނުމަކީ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ކުށަކަށް ވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ރޭ ވިދާޅުވެއްޖެއެވެ.

ފާއިޒު އެގޮތަށް ވިދާޅުވި އިރު، މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ތިން ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި ހާދިސާގެ ޒިންމާ އުފުލި ކަމާއި އެފަދަ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރާ އެކު، ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކޮށްފައެވެ. އަދި ތިން މީހެއްގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ފުލުހުން ވެސް ބުނެފައިވާ ގޮތުގައި އެ ކަން ކުރީ ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ ބައެކެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.

ފާއިޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓެރަރިޒަމްގެ އަމަލު ހިންގާނެ ކަމަށް ބުނެ، އިންޒާރުދޭ މީހެއްގެ ވީޑިއޯއެއް، ސޯޝަލް މީޑިއާގައި ޝެއާކޮށް ލައިކް ދޭ ތަން ފެންނަމުންދާ ކަމަށެވެ. އެފަދަ ކޮންޓެންޓް ޝެއާ ކުރުމާއި ލައިކް ދިނުމަކީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ޓެރަރިޒަމަށް ވާގިވެރިވެ، ހިތްވަރު ދިނުމުގެ އަމަލެއް ކަމަށް ވެސް ފާއިޒް ވިދާޅުވިއެވެ.

"ގާނޫނުގައި ބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށެކެވެ،" ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ކަންކަން ކުރުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކުށެއް ކަން ފާހަގަ ކުރައްވައި ފާއިޒް ފޭސްބުކްގައި ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވި ގޮތުގައި އެ ވީޑިއޯ ޝެއާ ކުރާ މީހުންގެ މަގްސަދަކީ ގިނަ ބަޔަކަށް ވީޑިއޯ ފެނުން ކަމަށްވެދާނެއެވެ. ނަމަވެސް އެފަދަ އަމަލުތައް ފެތުރެނީ ޓެރަރިޒަމްގެ ކޮންޓެންޓް އާންމުކޮށް ޝާއިއުކުރުމުގެ ތެރެއަށް ކަމަށް ވެސް ފާއިޒް ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސް ކުރުމާއި ހައްޔަރު ކުރުމުގައި ޚާއްސަ ބާރުތަކެއް ސަލާމަތީ ބާރުތަކެއް ދިނުމުގެ އިތުރުން ޓެރަރިޒަމްގެ ކުށްތަކަށް ވެސް އެ އިސްލާހުގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުން ކުށަކަށް ހަދާފައިވާއިރު، ހަނގުރާމައަށް ދާ މީހުން ރާއްޖެ ގެނައުމަށް ފަހު ރިހެބިލިޓޭޓް ކުރަންޖެހޭ ގޮތުގެ އުސޫލުތައް ވެސް އަލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ވަނީ ހިމަނައިފައެވެ.

ޓެރަރިޒަމްގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހުގެ ދަށުން މީހުންގެ ފުރާނަަ އަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވައިލި ކަމުގެ ތުހުމަތުގައި ބައެއް މީހުން ހައްޔަރު ވެސް ކޮށްފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ﷲ އަކްބަރު

    ވިދާޅުވެވޭ އެއްޗެއް އިނގޭތޯ؟

    16
    2
  2. Anonymous

    އަދި އިސްލާމްދީނުގައި ނަހީކުރައްވާފައިވާ މުންކަރަތްތައް ހިމެނޭ ކޮންޓެކްޓްތައް ވެސް ޝެއަރ ކޮށް ލައިކް ދިނުން މަނާކޮށް ކުށަކަށް ހަދަން އެބަ ޖެހޭ. އެއީ އެފަދަ ފާޙިޝް ލަވަޔާއި ފިލްމުތަކާހުރެ މުޖުތަމަޢުގައި ޒިނޭގެ ބަލިމަޑުކަން ފެތުރެމުންދާތީ

    52
    5
    • އަލީމްބެ

      މި ކޮމެންޓަކީ މިފަހަކައް އައިސް ފެނުނު އެންމެ ރަނގަޅު، އެންމެ ފުންމާނައެއް އެކުލެވޭ ކޮމެންޓް، ވަރައް ރަނގަޅުވާހަކައެއް، ވަރައް ބޮޑައް ޝުކުރިއްޔާ ލިޔުއްވި ބޭފުޅަކައް

      5
      1
    • ޣަނީ

      ނުޖެހޭ

      1
      3
      • މާ

        ޖެހޭ

  3. އަލީ

    ގާޒީއަކު ވަގަށް ނެގިމީހާ، ތަޅާނެ ކުދިން ހޯދަން އުޅުނު މީހާ މިހާ ދުވަހު ދިފާއު ކޮށް އުޅުނު އުޅުން ނުވާ ކުށަކަށް ތޯ ފޭސްބުކު ލައިކް އަކުން ވަނީ؟ ތިބޭފުޅުން ކުރީމާ އޯކޭ. އާއްމު ފަރުދަކު ކުރީމާ ދުނިޔޭގަ ނެތް ވަރު ކުށެއް.

    • އެމް މެމް ޕީ އާރު ސީ

      ސުޕްރީމް ކޯޓްގެ ފުރާޅު ނަގައި ފަނޑިޔާޜުން ނެގި މީހާގެ ވާހަކަ ހިމެނިނަމަ ފުރުހަމަ ވީސް...

  4. علي وحيد

    ފާއިޒު ތިއީ حق ތެދު ކަމަށް އަޅުގަނޑު ގަބޫލު ކުރަން އެހެނަސް ބޮޑުންގެ ބޭކަލަކު ކަނބަލަކު ކޮށްފިނަމަ އެއީ ޓެރަރިޒަމްގެ ކުށެއް ވިޔަސް ކުރިމިނަލް ކުށެއް ވިޔަސް ޖިނާޢީ ކުށެއް ވިޔަސް އެކުށެއް ކުރުމުން ކުށަކަށް ނުވާތަން އެބައާދޭ އަޅުގަނޑު ދެ މިސާލެއް ދޫކޮށްލާނަން ¬މިސާލަކަށް ފެބުރުއަރީ އެކެއްގަ އަމުރު ، ރައީސް އަބްދުﷲ ޔާމީން ހައްލުކުރަން މާފުށީކޯޓުގެ ޤާޟީ ،މާމިގިލި ކޯޓަށް ގޮސް ނެރުނު އަމުރު ، ހަމަ އެގޮތަށް އެމްއެމްޕީއާރުސީގެ މައްސަލަ ހަމަ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި އެއްގޮތަށްތޯ ދައުރު ވަމުން މިދަނީ ފާއިޒު ކައިރީގައި އަހާލަންބޭނުން އަދި ވަރަށް ޚާއްޞަ މައްސަލައެއް އެބައޮތް އެއީ 2008 އަހަރު ރިޔާސީ އިންތިޚާބައް ކުރިމަތިލުމަށް ސްޕްރީމްކޯޓުން ފާއިޒު ނެރެދިން އަމްރު ޤާނޫނު އަސާސީ އާއި އެއްގޮތްތޯ ހަމަ އަހާލި

  5. މުނީ

    މި ފާއިޒަކީ، މާ ދަންނަ މީހަކައް ހެދިގެން އުޅޭ ރޯނައެދުރެއް، މަޟްހޫރު ވާން އުޅޭމީހެއް، ބޭކާރު ވާހަކަދައްކައިގެން..

    19
    8
  6. އިބްރާހީމު

    ލަންކާގެ ތަމަޅަ ޓައިގަރުން ގޮވައިގެން މާލެއަރައި 19 ދިވެހިން ޝަހީދުކޮށްލި ޓެރަރިސްޓު ލުތުފީ ލަންކާ އެންބަސީގައި ފޮރުވައިގެން ގެންގުޅުނު މި ސަރުކާރާއި، އެ ކަމުގެ ޒިންމާ އުފުލަންޖެހޭ އިބޫސޯލިހު އެ ކުރީ ކިހާ ވަރެއްގެ ކުށެއްކަމާއި އެއީ ކިހާ ވަރެއްގެ ޓެރަރިސްޓު އަމަލެއްކަން ވެސް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންގެ ވިދާޅުވި ނަމަ ކޮންފަދަތޯ؟

  7. ާއައިޝާ

    ދެން އެހެން ވީއިރު ދީނައް ފުރައްސާރަ ކޮއްފަ ނެރޭ ވީޑިއޯ ތަކާއެއްޗިސް ވެސް ބޮޑު ކުޝެއްގެ ގޮތުގާ ބަލަން ޖެހޭނެ އެއްނު....

  8. ގުޑުގުޑާ

    ދީނަށް ފުރައްސާރަކޮށްފަ ލިޔެފަހުންނަ އެއެއްޗިހި ޝެއާކޮށް ލައިކްދީހެދުމަކީ ކޮންކަހަލަ ކަމެއްތަ؟

  9. ީިވަބަަ

    ީމޮޔައެއްތަތި
    ީވަނުވަ

  10. ޒިލޭބި

    ލާދީނީ، ދިނީ ހައްދު ފަހަނައެޅުން އެއްވެސް އެއްޗެއް ޝެއަރ ކުރުން ލައިކު ދިނުންވެސް އެއީ ޓެރަރިޒަމް...