ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ރޭ މެންދަމު ލޮޅުމެއް އައިސްފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވަނީ ދިއްދޫ ކައިރިއަށް ރޭ އައި ބިންހެލުމެއްގެ ސަބަބުން ކަން ކަށަވަރު ކުރެވިއްޖެއެވެ.

އެމެރިކާގެ "ޖިއޮލޮޖިކަލް ސާވޭ" އިން ބުނީ ހއ.ދިއްދޫގެ އުތުރުން 77 ކިލޯ މީޓަރު ދުރުން ކަނޑުގެ އަޑިއަށް ރޭ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައިސްފައި ވަނީ ރޭ 01:48 ހާއިރުއެވެ.

މިބިންހެލުމުގެ ލޮޅުން ހއ. ދިއްދޫ، ހއ. ބާރަށް، ހއ. އިހަވަންދޫ ހއ. އުތީމް، ހއ. ކެލާ، ހދ. ކުޅުދުއްފުށި، ހދ. ނެއްލައިދޫ، ހދ. ނޮޅިވަރަމް، ހދ.ކުރިނބީ، ހދ. ނޭކުރެންދޫ، ހދ. ހަނިމާދޫ އަށް އިހްސާސް ކުރެވުނު ކަމުގެ ރިޕޯޓް ލިބިފައި ވެއެވެ.

މި ބިންހެލުމުގެ ސަބަބުން އެއްވެސް ރަށަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ. ނަމަވެސް ބިންހެލުމުގެ ސަބަބުން ބައެއް ރަށްތަކުގެ ގެތަކުގެ ފާރުތަކުގައި ރެނދުލުން ފަދަ ކަންކަން ދިމާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއަށް ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ނަމަވެސް ރާއްޖޭގެ މެޓް އޮފީހުގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ރޭ ވިދާޅުވީ، އެ ލޮޅުމަކީ ބާރުމިން ބުނެދޭ ވަރަށް ވުރެ ދަށް ލޮޅުމެއް ކަމަށެވެ.

"ރެކްޓާމިންގަނޑަށް މެގްނެޓިއުޑް ދޭވަރަށް ވުރެ ވީކްކޮށް މިކޮޅުން ރެކޯޑް ކުރެވިފައި އިނީ" އޮފިޝަލް ވިދާޅުވިއެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ ބައެއް ރަށްތަކަށް ލޮޅުންތައް އިހްސާސް ކުރެވިގެން ރިޕޯޓް ކުރެއެވެ. ނަމަވެސް އެފަދަ ލޮޅުންތައް ގިނަ ފަހަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއަށް ރެކޯޑް ކުރެވިފައި ހުންނަ ކަމަކަށް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަސްލޭ

    ގިނަ ފަހަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއަށް ރެކޯޑް ކުރެވިފައި "ހުންނަ ކަމަކަށް ނުވެއެވެ." ވަރަށް މަޖާ

    68
    1
    • ރަސީދާ

      ކޯފާގެ ވަގުތު އައިސް ޖެހޭއިރު އެއްވެސް ރިކޯޑެއްގެ ބޭނުމެއް ނުޖެހޭނެ

      64
      2
  2. ޖަނާ

    މި ސަރުކާރު އައިފަހުން ސަރުކާރުގެ މުއައްސަސާތަކުން ރައްޔިތުންނަށް ސައްހަ ތެދު މަޢުލޫމާތެއް ނުދޭ. ރައްޔިތުންނަށް އޮޅުވާލަނީ. މިކަހަލަ ސުންޕާ ސަރުކަރާހެދި ޤައުމަށް ކޯފާ އާންމު ވާނެ. ޤައުމު ހިންގަން ނޭންގުމުގެ ސަބަބުން މި ޤައުމު އިޤްތިޞާދު އަދަވަޅަކަށްވެއްޓި އަދި ސަރުކާރުގެ ހަރުކަށި ސިޔާސަތުގެ ސަބަބުން ޤައުމުގައި ހަމަނުޖެހުން އުފެދި މި ޤައުމު ފަނާކުރާނެ އެމީހުން. ސަރުކާރުގެ ބޮޑު މިހާރު ތިބޭނީ ޔޫރަޕްގެ ޤައުމުތަކުގެ ގެތައްގަނެ ރާއްޖޭގެ ބައިތުލްމާލު ދަވާލާ ފިލަން ތައްޔާރުގައި. މީ ޙަޤީޤަތަކީ.

    274
    11
    • މަ

      ވަކި ސަރުކާރެއް އައީމަތަ ބިންހެލުން އަންނަނީ؟ ނުވަތަ އެ ޤައުމެއްގެ ބައިތުލްމާލު ނުވަތަ އާމްދަނީހުންނަ ވަރަށް ތޯ؟
      ތި ކަހަލަ މީހުން ލައިގެން މި ޤައުމުގައި 4 ލައްކަ މި ހަމަ ކުރަނީ ?

      16
      44
      • ސޮބޭ

        މި އެމްޑިޕީގެ ސަރުކާރުން ފާޅުގައި އިސްލާމްދީނަށާއި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށް މަލާމާތްކޮށް އެއް ޖިންސުގެ ގުޅުން ހިންގުމަށް ތާއީދުކުރާ ކުރާތީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ޤައުމަށް މުސީބާތް އާންމުވެ ކޯފާ އަންނާނީ އެޖިއްޖެ ތަ ތި ކަހަލަ ކޮހުން ލައިގެން 4 ލައްކަ ހަމަ ވީތީ ލަދުގަނޭ އެގިއްޖެތަ

        40
        5
        • Anonymous

          ގަދަ އިނގޭ، ތިގޮތަށް ވާންޖެހޭނެ

          8
          1
    • ނޭނގެ

      މިކަމާ ސަރުކާރާ އޮތީ ކޮން ގުޅުމެއް؟
      ވަކި މިވެރިކަމުގަ އެކަންޔެއް ނޫން ކޮންމެ ވެރިކަމެއްގަ ވެސް ވެރިން ވެސް ދެން ތިބި މީހުން ވެސް އުޅެނީ ހަމަ އެމީހަކައް މޮޅައް...

      8
      13
  3. ދިދަ ދަނޑި

    އެއްކަމެއްވެސް ރެކޯޑްވާ ތަނެއްނޫން.. ވެހެން ފެށީމަ ވެހެނީއޭ ބުނަން އިނގޭ މަށަށްވެސް..

    46
    1
    • ލުޓޭރުންގެ ސަރުކާރު

      އެބުނާހެންދޯ???

      21
      1
  4. މދއއބ

    ރާއްޖެއަށް ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ނަމަވެސް ރާއްޖޭގެ މެޓް އޮފީހުގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ރޭ ވިދާޅުވީ، އެ ލޮޅުމަކީ ބާރުމިން ބުނެދޭ ވަރަށް ވުރެ ދަށް ލޮޅުމެއް ކަމަށެވެ.
    އެމެރިކާގެ ޖިއޮލޮޖިސްޓުން ނުވޭ އެއްޗަކަށް ރައްޖޭގެ މެޓް އޮފީސް އޮފިޝަލުންކައިރީގަ

    34
    3
    • ބޮޑުގޮހޮޑާ

      އާދޯ?މާމޮޅީ އޭ ރާ އްޖޭގެ މާހިރުން...މިވަރުގެ ބަ އެއ އް ނުލިބޭނެ ހަވަރުންވެސް..

      12
      1
  5. ފޯމް ފޯމް

    މިގައުމު ވަށައިގެން ތި ބިންހެލުން ދެނެގަންނަ ވަސީލު ތައް ބެހެއްޓިގެން ނޫނީ ތިއަންނަ ގުދުރަތީ ކަންކަމެއް ނުބެލޭނެ، އައްޑު އަތޮޅައް ކުރާ ވިއްސާރަ ބަލާ ޖަގު ގޮސް މާލޭގަ ބެހެއްޓީމަ ނޭންގޭނެ އަރާ ފައިބާވަރެއް. ލަ ލަ ލަ ލާ

    28
    1
  6. ޙަސަން

    މުސީބާތްތައް ކައިރިވަނީ

    20
    1
  7. މަނިކެ

    އަޅުގަނޑު ބުނެލަން އޮތީ މީހުންގެ ފަސްބައިގައި ހުންނަ ކިލަނބު ކަމުގެ ވާހަކަތައް ނުދައްކާ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސު އިސްލާހު ކުރަމާ ތޯއެވެ.

    20
  8. ބިރުވެތިވޭ

    ﷲގެ ޢަޒާބައް ބިރުވެތިވޭ މިޤައުމު މިއޮއްހަލާކުވާންކައިރިވަނީ ބައެއްގެ ނޭއްގާނި ޢަމަލުތަކުގެސަބަބުން މިކަމުންސަލާމަތްވުމައް އެންމެން އަތުގުޅާލައްވާނަވީވަޤުތުމީ

    20
    2
  9. Anonymous

    ގަދަ އިނގޭ، ތިގޮތަށް ވާންޖެހޭނެ

  10. އަހްމަދު

    އެހެންވީމާ މޫސުމާ ބެހޭ އޮފީހުގައި މިހާރު ތިޔަގެންގުޅޭ މިންގަނޑު އެއްލާލާފައި އެހެން މިންގަނޑެއް ހޯދަންވެއްޖެ ކަމަށް އިސްވެރިންނަށް ހަމަނޭގެނީބާ؟

  11. އަހްމަދުބިންސައީދު

    ޔާމީނުގެ މައްޗަށް ހުކުމެއް އިއްވާ ކޮންމެ ދުވަހަކު ކޮންމެވެސް ސަބަބަކާލައިގެން ނަމަވެސް މިކަހަލަ ކަމަކާ އެބަގުޅޭ. ޖަލަށްހުކުމްކުރި ދުވަހު ހޮނުއެޅީ. މިއަދު ހުކުމެއް ކުރުން އޮތީ. ރޭގައި ދަންވަރު ބިންހެލުންއައީ. ވިސްނާ ބަޔަކަށް އިބްރަތެއް.

  12. އައިޝާ

    ހ.ދ ފިނޭ އަށްވެސް ބިންހެލުމުގެ އަސަރުކުރި

  13. އަލްޖިބްރާ

    އެއްވެސް ދުވަސްވަރެއްގަ ، މެޓުން ދެމުން ގެންދާ މަޢުލޫމާތާއި ޚަބަރު ތަކަކީ ތެދު މައުލޫމާތަށް ވެފައެއް ނެތް ! މިފަހަރުވެސް ތިބުނީ އެއީ ގެއްލުމެއް ހުރި ގުޑުމެއް ނޫނޭ ! އެކަމަކު ފާރުތަކުގައި ރެދު ލައިފި ! އެމެރިކާއިން އެބުނަނީ 4.5ގެ ބިންހެލުމެކޭ ! ދެން ޤަބޫލު ކުރަންވީ ކޮންބައެއްގެ ވާހަކައެއްތަ ؟ ނޭގެންޏާ އަދި ނޭގެއޭ ބުނުމަކުން ތިމާމެން ދެރަވީކަމަކަށްވެސް ނުބުނާނެ ! އެކަމަކު ނުވާކަމެކޭ ބުނުމުން ކަލޭމެން ބޭޒާރުވުން ނޫން އެހެން ކަމެއް ނުވޭ !