"ހިޔާ މަޝްރޫ"ގެ ފޯމުތަކާއި އެކު ލިޔުންތައް ހުށަހެޅިފައި ނުވާ ކަމަށާއި، އެކަމުގައި އިހުމާލުވެފައި ވަނީ ކޮންބައެއް ކަމެއްވެސް ނޭންގޭ ކަމަށް ރައީސް ޖުމްހޫރިއްޔާ އެކުލަވާލައިފައިވާ "ފްލެޓު ތަކުގެ މައްސަލަ ބަލާ ކޮމެޓީ" އިން ހާމަކޮށްފިއެވެ.

ފްލެޓް ކޮމެޓީ އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ބެލިބެލުމުން މިހާތަނަށް އެނގިފައި ވަނީ ގިނަ ފޯމްތަކެއް މަދުކަމަށާއި، އެހެން ނަމަވެސް އެލިއުންތައް ގެއްލިފައި ވަނީ ހައުސިން މިނިސްޓްރީ އިން ކޮމެޓީއަށް ގެނައުމުގެ ތެރޭގައި ކަމަށްވެސް ވެދާނެ ކަމަށެވެ. މިނިސްޓްރީ އިން ފޯމްތައް ކޮމެޓީއަށް ގެންދިއުމުގައި ގެއްލިފައިވާކަން ނުވަތަ ނޫންކަންވެސް ޔަގީން ނުވާކަމަށް އިން ނެރުނު ނޫސް ބަޔާނުން ދޭހަވެއެވެ.

އެހެން ނަމަވެސް ސަރުކާރުގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން އަންނަ ގޮތުގައި ލިއުންތައް ހަަމަނުވެވެސް މިދިޔަ ސަރުކާރުން ވަނީ އެފަރާތްތަކުން"ހިތް ރުހޭ" މީހުންނަށް ފޯމު ދީފައެވެ.

ކޮމެޓީގެ ނޫސް ބަޔާނުގައި ވަނީ ލިއުންތައް ގެއްލުމުން އެކަމުގައި މިނިސްޓްރީ އިންވެސް އިހުމާލުވެފައި އޮވެދާނެ ކަމަށް ހާމަކޮށްފައެވެ. އެގޮތުން ކޮމެޓީގެ ނޫސް ބަޔާނުގައި ވަނީ އެއީ މީގެ ކުރިން ފޯމުތައް ބަލަހައްޓާފައިވާ ގޮތުން ކަމަށްވެސް ވެދާނެ ކަަމަށެވެ.

ހުށަހެޅި 20000 އަށްވުރެ ގިނަ ފޯމުތައް ބަލައި އޭގެ ތެރެއިން ފުރާނައިގެން ޖުމްލަ 7000 ފޯމު ބަލައިގަނެ ފްލެޓު ދިނުމަށް މިދިޔަ ސަރުކާރުން ނިންމާފައިވާއިރު، މި ސަރުކާރުން ވަނީ ފްލެޓު ދީފައި ވަނީ ހައްގުވެރިންނަށް ނޫން ކަމަށް ބުނެ، ފްލެޓު ދިނުން މަޑު ޖައްސާލައިފައެވެ.

"ގެއްލުނު ލިއުންތަކުގެ ތެރޭގައި އުފަންދުވަހުގެ ސެޓްފިކެޓާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާއްސައެހީއަށް ބޭނުންވާ މީހެއްކަން އަންގައިދޭ ލިއުންފަދަ މުހިންމު ލިއުން ހިމެނެއެވެ. އެގޮތުން އުފަންދުވަހުގެ ސެޓްފިކެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ލިޔުންފަދަ މުހިއްމު ލިޔުންތައް މަދުކަމަށް ފާހަގަވެފައިވެއެވެ. ނަމަވެސް ފޯމުތަކާ މި ކޮމިޓީއިން ހަވާލުވިއިރު، ފޯމުތައް ބަހައްޓާފައިވާ ގޮތުންނާއި، ކޮމިޓީ އޮފީހަށް ފޯމުތައް ގެނައުމުގެ ތެރޭގައި އެކި ލިޔުންތައް ގެއްލިފައިވެދާނެކަމަށް ބަލައި، ކޮމިޓީއިން މިފަދަ ފޯމުތައް ބާޠިލްކުރުމުގެ ބަދަލުގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ މެދުވެރިކޮށް މި މައުލޫމާތު ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެވެއެވެ" ފްލެޓު ކޮމެޓީ އިން ނެރުނު ނޫސްބަޔާނުގައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޒާ

    މަށަކަށް ހިއެއްނުވޭ ތިޔަކަން ޗެކުކުރި މީހުންގެ ހުރިހާ ހިއްސެއް ހަމަހެންނެއްވެސް. ނޫންނަމަ މީހުންގެ އިހްސާސްތައް ދަނެގެން ފްލެޓްވެސް ދިނީސް.

    28
    1
  2. ޖަހާންގީރު

    ނޭންގެންޏާ އިސްތިއުފާދީ އަހުރެމެންގެ ޓެކްސް ފައިސާ ތަޅާ ބުރުއްސާނެ ކަމެއް ނެތް ބޭކާރު ކޮމިޓީ ހަދައިގެން

    36
    1
  3. ހުސޭނުބޭ

    ފްލެޓަށް އެދި ހުށައަޅާ ކޮންމެ މީހަކު ތި ލިއުންތައް ހަމަކުރާނެކަން ކަށަވަރު! ގެދޮރުގެ ދަތިކަމުގައި ނޭވާނުލެވި އުޅޭ ނިކަމެތި މީހާ ތިކަން ފުރިހަމަކުރާނެ! ސޯލިހްބޭ ބޭނުން މީހުންނަށް ފްލެޓް ދޭންވެގެން ސޯލިހްބޭގެ އޯޑަރަށް ތި ބުނާ ކޮމިޓީއަކުން ލިއުންތައް ނަގާލީ! ބުއްޅަބޭ މާކުރިޔަށް ބުނެފައި އޮތީ 5000 މީހުންނަށް ފްލެޓް ދޭން ބޭނުންނުވާކަމަށް!

    18
  4. ޏ

    މިތިބެ ގަލި ކޮމެޓީއާއި ހުށައަޅަން ޖެހޭ ލިޔުންތަށް ހަމަނުވާނަމަ ފޯމް ބަލައިނުގަންނަކަމެއްނޭގޭތާ . ހުރިހާލިޔުމެއްހަމަކޮއްފަވާނަމަ ލިޔުންތަކާއި ދިމާލަށް ޓިކްކޮއްފަ ލިޔުންތަށްހަމަ ވެއްޖަނަމަ ފޯމާއިއެކު އެހުރިހާލިޔުމެއްވެސް ހީރެސްޖެހޭތަށްފެނޭ . އަދި ފޯމެއް ބަލައިގެންމީހަކު އެފޯމެއް ހުށައެޅި މީހަކަށް މާކްސްދެނީވެސް ގަލިވިއަސް ބޮނޑުވަރު ކޮންމެވެސް އެއްޗެކޭކިޔާތި ފޯމްހުށައަލާ މީހުންގެ އަތުގަ ލިޔުންތަށް ފުރިހަމަ ކުރީމަދޭ ސުލިޕްވެސް އޮންނާނެ . ނޭގޭވާހަކަ ނުދައްކާރަށަށްދޭބަލަ މިއުއްޒުއެއްނޫން މާކްސްދިނީ ފޯމްހުށައެޅީމައެބައިލައިގެންކުއްޖާލިޔުންތަށް ހަމަކޮއްފަވޭތޯ ބެލުަށްފަހު މާކްސްދެނީ އެކުއްޖެއްގެ ސޮއި ޖަހާނަންވެސް ޖަހާފަ އެސުލިޕްކޮޅުގައޮންނަނީ އޮޅުވާނުލާ ތިއުޅެނީ ކަޑުވާނެގޮތެއްހޯދަން ތިހެންސަލާމަތެއް ނުވެވޭނެ ،

    16
  5. ދިދަ ދަނޑި

    ތިދާވަރުން ދަންޏާ އަދި ގެއްލޭނެ އަޅާފަހުރި ފްލެޓްތައްވެސް . . .

    16
  6. ޢ

    ބަނޑިދޫ ގަ ދިރިއުޅޭ ބަޔަކު މާލޭ އުޅޭ ކަމުގެ ލިޔުންހަދައިގެންނާއި ދޮގު މަޢުލޫމާތު ދީގެން ފުލެޓް ހޯދާފައިވެ

  7. ގޮތްނޭނގޭ

    ފޯމުތައް ހުށަހެޅިއިރު އެއްވެސް ލިޔުމެއް ހަމަނޫނިއްޔާ ފޯމު ބަލައެއްވެސް ނުގަނޭ ދެން ކިހިނެތް ލިޔެކިޔުންތައް މަދުވާންވީ...ކޮންމެސް އެއްޗެކޭކިޔައިގެން ލަސްކުރަނީ ނޫނީ އެހެންބަޔަކަށް ދޭން ޕްލޭންކުރަނީ، ތި ފުލެޓްތައް ހައްޤުވާ އެތައްފަރާތެއް އެބަތިބި ކޮންމެ ފަހަރަކުވެސް އެމީހުންގެ ހައްޤުތައް ނިގުޅައިގަނެ ހައްޤުނުވާ ފަރާތްތަކަށް ދެނީ!!!!

  8. Anonymous

    Bala mi form thah mi sarukaaruge meehun athuga hunnathaa aharakahvvure gina dhuvas vejje. Mihaaru bunanee form thah gellijjeyo. Veenuvee eh nengeyo. Mee aratheh?

  9. ައަހްމަދު

    ދެން ތިބުނާ ލިޔެކިޔުން ތައް ގެއްލުނީމާ ކުއްވެރިވަނީ ފޯމް ހުށަ އެޅި މީހުންތަ ގައިމު ފޯމް ހަވާލުވެފަ ދިން ސްލިޕް ކޮޅުގައި އެބަ އޮވޭ ހުށައެޅި ލިޔުންތަކުގައި ފާހަގަ ލާފައި