މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޖަމާލްވެސް ހިމެނޭ ގޮތަށް ބައެއް ވަޒީރުން ވަކިކުރަން ޖެހޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަތަކަށް، މިނިސްޓަރ މަލީހު ހޫނު ރައްދެއް ދެއްވައިފިއެވެ.

ޓީވީ ޗެނަލްއެއްގައި ވާހަކަދައްކަވަމުން ނިހާދު ވަނީ މިނިސްޓަރ މަލީހު އާއި ޓްރާންސްޕޯޓް މިނިސްޓަރ އިއިޝަތު ނަހުލާ އާއި ހެލްތް މިނިސްޓަރ އަބްދުﷲ އަމީބް މަޤާމުން ވަކިކުރާނެ ކަމުގެ އިންޒާރުދެއްވާފައެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދަން "ވަގުތު"އިން ނިހާދަށް ގުޅުމުން ފޯނަށް ޖަވާބުދެއްވާފައި ނުވާތީ، ނިިހާދުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މިނިސްޓަރ މަލީހު ވަކިކުރާނެ ކަމަށް ބުނެ ނިހާދު ދެއްކެވި ވާހަކަތަކާއި ގުޅިގެން، މިނިސްޓަރ މަލީހު "ވަގުތަ"އަށް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ކޯލިޝަންއެއްގެ ތެެރެއިން ކަމަށާއި އެކަން ނިހާދުވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާޢި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޯލިޝަން ރޫޅާލުމުން، ވެރިކަން ދިފާއުނުކުރެވުނު ކަން ފާހަގަކުރައްވައި މަލީހު ވިދާޅުވީ، ވެރިކަން ހޯދަން ކޯލިޝަނެއްގައި މަސައްކަތް ކުރުމަށް ފަހު، ވެރިކަން ލިބުމުން ކޯލިޝަން ރޫޅާލި މީހުންނަށް ވީގޮތް ރާއްޖޭގެ ތާރީޚުން ފެންނާނެ ކަމަށެވެ.

މަލީހު ވަނީ އެހެން މީހުންނާއި ދިމާއަށް އެއްޗެހި ކިއުމުގެ ބަދަލުގައި ހަވާލުކުރި ޒިންމާ އަދާކުރެއްވުން މާ ރަނގަޅުވާނެ ކަމަށެވެ.

"ހުދު ނިހާދުވެސް މަސައްކަތް ކުރެއްވީ، ކޯލިޝަންގެ ޓެގް ޖައްސަވައިގެން. އެހެންވީމަ އެހެންމީހުންނަށް އެއްޗެހި ކިއުމުގެ ބަދަލުގައި ހަވާލުކުރެވިފައިވާ ޒިންމާ މަޖިލީހުގައި ޒިންމާދާރު ކަމާއި އެކު އަދާކުރެއްވީމަ ރަނގަޅުވާނެ. ހެޔޮކަމެއް ހޮށްދޭ މީހާއަށް ދޭންވީ ތެޔޮހަމެއް ނޫން." މަލީހު ވިދާޅުވިއެވެ.

މި ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށް ބުނި ނަމަވެސް، އެމްޑީޕީ ނޫން އެހެން ޕާޓީތަކުގެ ސްލޮޓްތަކުގައި ތިބި ވަޒީރުން ޒިންމާ އަދާކުރުމަށް ނާގާބިލް ކަމަށް ބުނެ އެމްޑީޕީގެ އާއްމު މެމްބަރުންގެ އިތުރުން، ބައެއް އިސް ފަރާތްތަކުން ވެސް ދަނީ ފާޑުކިޔަމުންނެވެ.

ޚާއްސަކޮށް ޖޭޕީއަށް ނިސްބަތްވާ ފަރާތްތަކަށް އެމްޑީޕީގެ ނުރުހުމާއި ފާޑުކިޔުމާއި ކުރިމަތިލާން ޖެހެއެެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސިޔާސީ

    މިގައުމުގަ މުއްސަނދިންނަށްވުމަށް ކިޔަވައިގެން ޑޮކްޓަރުންނަށް ވާކަށް ނުޖެހޭ! ސިޔާސީ ވެގެން ވައްކަންކުރީމަ ނިމުނީ!

    68
  2. ދަރަނި ދަންތުރަ

    އޯކޭ ޢޯކޭ އެބަރަނގަޅުވޭ ރީދޫގުރޫޕުގެ އަސްލު ސިފަ ތިޔަހަރަ ފެންނަނީ އަދި ކައުންސިލް އިންތިހާބު އެމް ޑީ ޕީ އަށް ކާމިޔާބު ވެއްޖެނަމަ އެމް ޑީ ޕީ ގެ މިނިސްޓަރުން ފިޔަވާ ދެންތިބި ސޮހޮލުތަށް ލަފުގައި ހިފާ ނަގާހޫރާލާނެ ޔަގީން ޔަގީން އެޖެންޑާ 19 ތަފާތުވާނޭ....

    58
    2
  3. ޢެޖެންޑާ 19

    ސިޔާސީ މީހުން މިފެންނަނީ ކުރާނެ ނުކުރާނެ ކަމެއްނޭގިހެދުނުހާ ދޮގެއްހަދާ އެއްވެސް އަޚްލާގީ މިންގަޑެއްނެތި، ރައްޔިތުންނަށް ޣައްދާރު ވެ އުލުމުން މިގައުމުން ލިބޭ މަގާމެއްގެ ގޮތުގައި! މުސާރަ އެހާމެ ބޮޑު!މުގުލުގައި ތިބީ ވެސް އެފަންތި! މިވަބާ މިގައުމަށް ޖެއްސީ ރަންތިރީހުގެ ތެރެއިން ވެރިކަމުގައި ހުންނަން ބަގުޑި ބައްދައިގެން އުޅެނިކޮށް! ބޮޑު ގޮހޮޑާ ،ބޮއްޅަބެ،ގޯނިބެ ކުޑަ އަލީ މެން ތިބިނަމަ ތިބޭނީ ވެރިކަމުގައި،ވަޒީރު ކަމުގަ،

    28
    1
  4. ޝާހް ރ.ވާދޫ

    ރާކަނިމަސް ކެވިފަ ތިބޭނީ މިހާރު. އެމްޑީޕީ ނޫން ހުރިހާއެންމެން ބޭރުކުރާނެ. ކޯލިޝަންވެފަ ތިބެބަލަ. އިބިލީހާ އެކީ އުޅެވުނަސް އެމްޑީޕީއާ އެއްކޮށް އުޅޭކަށް ލާހިކެއްނޫން އެމްޑީޕީ ގުންޑާއިންނަށްނޫނި. އެމްޑީޕީއަކީ އެމީހުން ކަމެއް ބޭނުންވެއްޖެއްޔާ އަންނިވެސް ކޮށާފަ ބަަހަން އެއްބަސްވާނެ ބައެއް. އަދިވެސް މިއުޅޭ މީހުނަށް އެމްޑީޕީ ދަސްނުވީމަ ތިއަށްވުރެ ބޮޑެތި ބޮނޑި އަދި ބޯނެ.

    18
    1
  5. Anonymous

    މަލީހު ހާދަވަރެކޭ ތިއަރުވާލީ ހަމަ އަޖައިބުވެއްޖެ. މަލީހުން މިނިސްޓަރު ކަމާއި ހެދި މޮޔަވެފަ އެހުރީ. އެކަމަކު ދެން މާގިނަ ދުވަހެއް ނުވާނެ

    13
    2
  6. އަލީ

    ނިހާދު އެ ގަޅި ސޮރެއް

    12
    2
  7. ބުރާންތީ

    ނިހާދު ގެ އުމުރައްވުރެ ބޮޑެތިވެގެން ނޫޅޭ

  8. މުގައްދަރު

    ބަލަަ ތިޔަބުނާ ޕާޓީއައްވެސް ޙަރަދުކުރަނީ މިނިކަމެތި ރައްޔަތުން ޖީއެސްޓީގެ ނަމުގައި ނަގާ ޖިޒީގެ ފައިސާއިން ދެން މާމޮޅުވެފައި ވަކިޕާޓީއެއްގެ ވެރިކަމޭ ބުނެ ފަޙުރުވެރި ވެވޭކައްނެތް ލަދެއްނެދީމަ ވާހަކަދެއްކިދާނެ ހިތުހުރިގޮތަކައް ލަދުން ބޯހަލާކް މިޔޮއްގައުމެއް ވާދޯ ކެޔޮޅާބޭބޭ ދޫންޏާ އެކިޔާ މިނިކާރާއްޖެތޯ މީ މިހާރު ބާތްކަރުތާހޭ