ސަރުކާރުގެ ވަޒީރުކަމުން އިސްތިއުފާ ދެއްވިޔަސް ސިޔާސީ ދާއިރާގަައި ދެމި ހުންނާނެ ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެެއެވެ.
އަދާލަތު ޕާޓީގެ ފަރާތުން ޝިދާތާ ނެރެނު ބަޔާނެއްގައި އޭނާ ވިދާޅުވީ، އޭނަ މަގާމުން އިސްތިއުފާ ދިން ކަމުގައިވިޔަސް ވޭތުވެދިޔަ ދުވަސްތަކެކޭ އެއްގޮތަށް ސިޔާސީ ދާއިރާގައި ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމަށެވެ.
"އަދި އަދާލަތު ޕާޓީގެ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓާކައި ޕާޓީގެ އާންމު މެންބަރުންނާއެކު ދެމިހުންނާނެ ކަންވެސް މި ފުރުސަތުގައި ފާހަގަކޮށްލަމެވެ". ޝިދާތާ ވިދާޅުވިއެވެ،
އޭނާ ވިދާޅުވީ، އަދާލަތު ޕާޓީގެ ސްޓޭންޑާއެއްގެ ގޮތަށް ސަރުކާރު ހިންގާ ކޯލިޝަނާއި ރައީސް އިބްރަޙިމް މުހައްމަދު ސާލިހާއަށް އޭނާގެ ފުރިހަަމަ ތާއިދު އޮންނަނެ ކަމަށެވެ.
ޝިދާތާ ޖެންޑާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ މިއަދު މެންދުރުއެވެ.
އޭނާ މަމާމުން، ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކަން ޖެންޑާ މިނިސްޓްރީ އަށް އެނގި ތިބެ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ މައްސަލައިގައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގިނަ މެމްބަރުންގެ ފާޑުކިޔުންތައް ޝިދާތާ އަށް އަމާޒުވި ފަހުންނެވެ.
އޭނާ މަގާމުން ވަކި ކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުންވެސް އިއްޔެ ނިންމިއެވެ.
ޝިދާތާ ޖެންޑާ މިނިސްޓަރު ކަމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. ޖެންޑާ މިނިސްޓަރު ކަމަށް އަލަށް އައްޔަން ކުރައްވާ އައިޝާ އަކީ ކުރީގެ ރައީސް މައުމޫންގެ އެމްއާރްއެމް އަށް ނިސްބަތްވާ ބޭކަނބަލެކެވެ.
ޝިދާތާ ޖެންޑާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިހާރު އެ މަގާމަށް އައްޔަން ކުރުމަށް ނިންމާފައި ވަނީ އިންޑިއާގައި މިހާރު ހުންނަ ރާއްޖޭގެ ސަފީރު އައިޝަތު މުހައްމަދު ދީދީ އެވެ.
ދެން އަދާލަތު ގެ ބޭނުމެއް ނެތް. އިމުރާނު ވެސް ބޭރުކުރާނެ
ކޮއްމެވެސް ގައުމެއްގެ ސަފީރުޙާނާއެއްގެ ހުވަފެންދެއްކީދޯ...ރައްޔިތަކު އެބައުޅޭތަ މީނަގެ ޙިދުމަތެނުލިބިގެން ..އިމުރާނުވެސް ދެން މީނަގެ ޙިދުމަތެ ހޯދާނެހެން ހީނުވޭ..މިމީސްމީހުން މަގާމުތަކުގަ ބޮޑުމުސާރައިގަ އަރާމުހާނާތަކުގަ ތިބެ އުފާކުރީމަވެސް ވޭތަ ރައްޔިތުންނަ ކޮއްދޭ ޙިދުމަތަކަށް..އަހަރެމެން މީހުންނާއިދެ ދަރިން ހޯދަމިދެނީވެސް ރައްޔިތުންނަ...
ގޮސް ގޭގަ މަޑުން އޮވެބަލަ.. އޯލް ޓައިމް ފެއިލިއަރ
މަންޖޭ ޗަކޮއިގެ ކެރިޔާ ނިމިއްޖެ. ދެފަހަރު މަތިން އެތަނަކުން އިހްމާލުވެގެން ރައްޔިތުން ބޮލަށްއަރައިގެންފި. ހިސާބައްވުރެއް ކަންފަސޭހަ ކޮށް އުޅޭމީހުންނަށް ތިކަހަލަ މަގާމްތަކުގައި ދެމި ނުހުރެވޭނެ. ފެއިލްވެއްޖެ. ފުދިއްޖެ.