ބިކިނީ ލައިގެން ހުރި ފަތުރުވެރިއަކު ރަށު ތެރޭގައި ހިނގާފައި ދަނިކޮށް، އެއީ މަނާކަމެއްކަން އޭނައަށް އެންގުމުންވެސް ރަށު ތެރެއިން އޭނާ ދަނިކޮށް ބިޑި އަޅުވައިގެން އޭނާ ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މާފުށީގައެވެ.
ފުލުހުން އޭނާ ހައްޔަރު ކުރީ ތުވާއްޔެއް ބޭނުންކޮށްގެންވެސް އޭނާގެ އައުރަ ނިވާ ކުރަން ކުރި މަސައްކަތަށް އޭނާ ހުރަސް އެޅުމުންނެވެ.
ހަތަރު ފިރިހެން ފުލުހަކު ބާރުގެ ބޭނުންކޮށްގެން އޭނާ ގައިގައި ބައްދައިގެން ބިޑި އަޅުވަން މަސައްކަތް ކުރިއިރު އޭނާ ދިޔައީ "އަވަގުރާނަ" ގޮވަމުންނެވެ. އަދި އޭނާ ކައިރީގައި ފިރިހެން ފަތުރުވެރިއަކުވެސް ހުއްޓެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން ކަމަށާއި ނަމަވެސް މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
"މާފުށީގައި މިވަގުތު މަސައްކަތް ކުރާ އަންހެން ފުލުހަކު ނެތް. މިފަދަ ހާދިސާއެއްގައި މިއަށްވުރެ ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް ފުލުހުން ދެކެން. އެހެންކަމުން މި ހާދިސާ ހިނގައިދިޔަ ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްގެ ފަރާތުން ދަނީ ހަރަކާތްތެރިވަމުން." ފުލުހުން ވިދާޅުވިއެވެ.
މާފުށީ މަގުމަތީގައި ބިކިނީގައި އުޅުނު ފަތުރުވެރިޔާ ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި އޭނާގެ ގައިގައި ބައްދައިގެން، ބިޑި އަޅުވަން މަސައްކަތް ކުރި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ކޮންމުހެން ބައްދާލަށް ޖެހޭތަ
ކޮންމެހެން ބިކިނީ ލާންޖެހޭތަ.؟
ބިކީނީ ލީމަ ކޮބާ މައްސަލަ އަކީ؟
ކަލޭގެ ވަހުށީކަން އަހަރެމެނަކަށް އަރުވާނެކަމެއް ނެތް
ޑަކްޓަރަށް ކޮންމެހެން އޮރިޔާން ދައްކަންޖެހޭތޯ؟ ބެއްދުން ނޫންގޮތެއް ނެތީމާ ބައްްދަންވެސް ޖެހޭނެ. އަޅުގަނޑުމެން ހަރުއަޑުން މިދަންނަވަނީ ޓުއަރިސްޓުން އާއްމުން ދިރިއުޅޭ ރައްރަށަށް ގެނެސް މަސްހުނި ކުރުމުގެ ހުއްދަ ނުދޭށޭ. މި އިސްލާމީ މުޖުތަމައުއާއި ނުގުޅޭ މަންޒަރުތަކޭ އެމީހުންގެ ފަރާތުން ފެންނަނީ. އަނެއްކާ އެމީހުންނަށްވެސް ކިހައިބޮޑު އަނިޔާއެއްތޯ މިލިބެނީ؟
ޢެފާޑަށް މިތާކު ތެޅޭނެކަމެއްނެތް
ބަލާނެކަމެއް އަޅާލާނެކަމެއްނެތް ބޯކޮށްޑޮލަރުލިބޭނެ ލިބޭޑޮލަރުންހާރުހަދައިގެންވެސްދުވީނު ވީމާ އޯކޭވާނެ ފުލުހުންތިޔަކުށްވެރިވީ
ލާދީނީ މީހުން ބޭނުންވާގޮތަކީ ގެސްޓުން އާންމުންގެ ތެރޭގައި ގެންގުޅުން..
ފުލުހުންނަށް ޤާނޫނު ކިޔަވައިދީބަލަ. އަންހެނެއްގެ ގަޔަށް އެހެން ނޭރޭނެ
ބަލަގަ ފަތުރުވެރިޔާއައް ކިޔާދީބަލަ މިތާގަ މަނާކަން ޖަންގިޔާކޮޅުލައިގެން ރަށްމެދުން ހިނގުން. އަމައްޔާއި..
މާބޮޑަށް ގާނޫނު އެގެނީ ކަލެޔަށް، މީހަކު ހައްޔަރު ކުރާކަށް ވަކި ވައްތަރެއްގެ ފުލުހެއް ހުރުން ލާޒިމެއްނޫން، ލާޒިމުވާނީ ޔުނީފޯމްލީ ފުލުހަކަށް ވުން، ތިޔަބުނާ ތަންކޮޅު އޮންނަނީ ހަމައެކަނި ބޮޑީޗެކްކުރުމުގައި.
ފުލުހުންގެ ގާނޫނު މާބޮޑަށް ތިއެނގުނީ.މީހަކު ހައްޔަރު ކުރުމުގައިވެސް ގަޔަށް ބޮލަށް އަރައިގެން މީހުން ހައްޔަރު ކުރުމެއް ނޯއްނާނެ އަދި އަންހެނެއް ހައްޔަރު ކުރަންޏާ އަންހެން ފުލުހުން އެކަމުގައި އިންވޯލް ވާންޖެހެނީ.
ކަލެ އަށް ފުލުހުންގެ ގާނޫނު އެނގި ދަސްވެފަ ތިއޮތީ
ވަރަށް ރަނގަޅު ، ސާބަސް ދިވެހި ފުލުހުން
ތިކަންތައް ކުރި ފުލުހުންނަށް މިއީ އެޖެންޑާ 19 ކަން ނޭނގެނީބާއެވެ. ދޮންމީހުން އުޅޭގޮތަށް އުޅެންވާނެ ކަމަށް އަންގާފައިވާ ކަމެއްވެސް ތި ފުލުހުންނަށް ނޭނގުނީބާއެވެ.
ތިފުލުހުން ވަޒީފާއިން ވަކިކުރާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
ފުލުހުންނައް ޝުކުރު ދަންނަވަން.. ރާއްޖޭގައި އުޅޭއިރު ފަތުރުވެރީންވެސް ރާއްޖޭގެ ގަވާއިދުތަކައް ބޯލަނބައި އިހުތިރާމްކުރްނަވާނެ. ކިޔަމަން ނުގަނެފިނަމަ ގަދަކަމުންވެސް ކިޔަމަން ކުރުވަންވާނެ.
މޮޔަ ފަތުރުވެރިއެއް!?
ހައްދުފަހަނައަޅާފައިވާ މިފަދަ މީހުން ހައްޔަރު ކުރަންޖެހޭ. ޝުކުރިއްޔާ ދިވެހި ފުލުހުން
ޙަރުކަށިޓުުއަރިސްޓެއް
އެމެރިކާއާއި ޔޫރޯޕްގެ ގައުމުތަކުގައި މޫނު ބުރުގާ އެޅުމުން އެވީ ޓެރަރިސްޓަކަށް، ބިޑިއަޅުވައި ހައްޔަރު ކުރިޔަސް އޯކޭ. އަކަމަކު އެގައުމުތަކުގެ މީހުން މުސްލިމް ގައުމުތަކުގައި އޮރިޔާމުން އުޅުން އޯކޭ. ހީވަނީ މުސްލިމުންގެ ވެރިކަންވެސް ކުރަނީ އެބައިގަނޑުހެން. ކޮންމެހެން ނުޖެހޭ އޮރިޔާމުން އުޅޭކަށް. މިފަތުރުވެރިޔާ ވަގުތުން ވަގުތަށް ބޮޑުއަގުގައި ޖޫރިމަނާކޮށް ޑީޕޯޓްކޮށްލަންވީ.
ޢަސްލުގަ އެ މީހާނޫން ހައްޔަރު ކުރަންވީ. ޢެމ މީހަ ހުރި ގެސްޓްހައުސްގެ ވެރިފަރާތް. ޢެ މީހުން ޖެހޭނެ ގެސްޓް މމމ މީހާއަށް އެކަން އަންގަން
އެއޮތީނު ގެސްޓްހައުސްއެކޭ ހައްޔަރުކުރީ.
ޢަސްލުގަ އެ މީހާނޫން ހައްޔަރު ކުރަންވީ. ޢެމ މީހަ ހުރި ގެސްޓްހައުސްގެ ވެރިފަރާތް ހައްޔަރު ކުރަންވީ. ޢެ މީހުން ޖެހޭނެ ގެސްޓް މމމ މީހާއަށް އެކަން އަންގަން
ބަލަގަ ފަތުރުވެރިޔާއައް ކިޔާދީބަލަ މިތާގަ މަނާކަން ޖަންގިޔާކޮޅުލައިގެން ރަށްމެދުން ހިނގުން. އަމައްޔާއި..
ލާނެއެއްޗެއްވެސް ނުލާ އައިސްގެންއުޅޭ މަންޖެއެއްތަ.
އެމީހުންގެ ޤައުމުގަ އެމީހުންގެ ގަވާއިދައް، ދިވެހިން އަމަލުނުކޮށް މިހެން ބާރުދަށްކައިފި ނަމަ މިއަށްވުރެ އަނިޔާވެރިކޮށް ހައްޔަރުކުރީސް.
ބަލަ ކޮ މަންވެލްތު މެންބަރުކަން އެދިނީ މިހުރިހާ ކަ މަކަށް އެއްބަސްވެ ސޮއިކޮށްގެން ނޫންތަ ؟ މީހުންދިރިއުޅޭހުރިހާ ރަށެއްގަ ގެސްޓްހައުސް ވިޔާފަރި ކުރެވެނީ އެ މީހުން އުޅޭނެގޮތަކަށް އުޅެންހުއްދަ ދީގެން
ފުލުހުންއެމީހާގައިގަބައްދައިގެންނޫން އަތުގަބިޑިއެޅުވީކީ. ފުލުހުންކަންކޮށްފައިވަނީ އެހާލަތުގައިކުރެވޭނެއެންމެ ރަނގަޅަށް
އަންހެނެއް ވެއްޖެއްޔާ ހެޔޮ ދޯ މީހަކު މަރާލިޔަސް، ވަޅި ޖެހިޔަސް. ޕޮލިހުން ތިބެންވީ ބަލަން، ކަރާ މާތް ގެއްލިދާނެތީ.
މީ ތިއަން ނިގެ ބަލާ ވެރިކަމުން ޖެހިގެން އުޅޭކަމެއް އެކަލޭގެ ޖަޒީރާ ގެސްޓުހައުސް ތައާ ރަފު ކުރިކުރީނުން މުޅި މިދިވެހިރާއްޖެ މިދަނީ ބަދު ނާމު ވަމުން އަދި މިގައުމު މިދަނީީ ހަލާކުވަމުން . މިއަންނިގެ ބަލާ ވެރިކަވާހެދި.
ވީޑިއޯބަލާފިން.. ތިތާގަ ކުއްވެރިޔަކީ އޮރިޔާމުން ހުރެ އަމުރައް ނުކިޔަމަންތެރިވި ފަތުރުވެރި އަންހެނާ.. އޭނާ ހަޑިހުތުރު ބަސްވެސް ފުލުހުންނާ ދިމާލައްކީ އަދި ފުލުސްމީހާގެ ފައިގައި ދެފައިން ބައްދައިގެން އޮޅިލައިގެންވެސް އޮތް.
ފުލުހުން އަދާކުރީ ދީނީ ވާޖިބެއް. އެއީ މުންކަރާތް މަނާކުރުމުގެ ވާޖިބު.
ދީނުގައި އޮންނަނީ ހިލޭ އަންހެނެއް ގައިގައި އަތްލީމަށް ވުރެން ބޮލު މެދައް މޮހޮރެއް ޖެހުންވެސް މާ ރަނގަޅު ވާނެ ކަމަށް.
ލާދީނީ ސަރުކާރެއްގައި ފެންނާނެ ތިކަހަލަ މަންޒަރުތައް.
ފުޅފުޅި ވެސް ބޮޑުތަނުން ކުރިއަށް ވުރެ އިތުރު
ޢީވާ އަބްދުﷲ މެންވެސް އުޅެނީ ބިކިނީ ލައިގެން
ކޮބާ ރާއްޖޭގަ ފަތުރުވެރިންނައް މިނިވަންކަން
ބިކިނީގައުޅުން އެއީ މައްސަލައެއް ނޫން
ރޭޕް ގިނަވެގެން މިއުޅެނީ ރަށްފުށުގަ ފަތުރު ވެރިކަން ފެށުނު ފަހުން ހިތްތައް ކޮންޓުރޯލުނުވެގެން.
ދެންވަާނިީހަމަ ތިހަާކަންހަާވަރު ކުރަާނެ ކަމެއްނެއް ސަލަާމަތައް އެދިދުއަާކުރަންވިީ
ސާބަސް ފުލުހުން ނަށް. އަތް ލާން ޖެހުނީމަ އަތްލުން އެއްވެސް މައްސަލައެއް ނޫން. ކޮންމެހެން ވެސް ކުރަން ޖެހޭނެ. ހަޔާތް ކުޑަ އަންހެނެނާ، ފަތުރުވެރިކަމުގެ ނަމުގަ ގައުމުގތަކުގެ ދީކިީނާ ސަގާފަތާ ރިވެތި އާދަކާދަ ފުނޑާލަން އަންނަ މިޝަނަރީސް މީހުން
ނާގާބިލު ދިވެހި ފުލުހުން
މިކަހަލަ މީހުން ހިފަން ގެންގުޅެން ޖެހޭނީ ދަލެއް. ގައިގަ އަތްލާކަށް ނުޖެހޭނެ ދާޖަހާފަ ނެގޭނެ ވަރަށް ރީތިކޮށް
އެ ނޫން ގޮތަކަށް އެކަން ކުރެވުނީސް. ކޮޮންޓްރޯލް
ޔޯސެލް ފް. ކަމެއްކުރުމުގެ ކުރިން ވިސްނަބަލަ.
ފޮރުވަން ބޭނުންނަމަ އެޔަށް ވުރެ ބޮޑު ތުވާއްޔެއް ބޭނުންވާނެ. ފިރިހެނުން ތަކެއް އަރައި ގަތުމުގެ ބަދަލުގަ ހޭޖެހޭ އަންހެނެެއް ފޮނުވުނީސް. ?
ރާއްޖޭގަޢި އުޅޭ 100% މުސްލިމް ނިވާނުކޮއް އުޅޭ އަންހެނުން ގައިގަ ފޮތި އޮޅަން ނިކުމެބަލަ ފުރަތަމަ
ފުލުހުން ތިކުރީ ވަރަށް ދަށުދަރަޖައިގެ ކަމެއް. ފަތުރުވެރިއަކަށް ރޯމާ ދުވާލު ގޯނާ ތިކުރީ. ފަތުރުވެރިޔާ ކުރީވެސް ރަނގަޅުކަމެއްނޫން . ޢެކަމަކު އޭނަ ކައިރީ ހަމައިގައި ހުރި ފިރިހެން ފަތުރުވެރިޔާ އާއި ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެން އޭނަ ލައްވާ އަންހެން މީހާއަށް ނަސޭހަތްދީގެންވެސް ތިކަން ހައްލުވުމުގެ ފުރުސަތު ބޮޑު. ފުލުހުން ތިކުރީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ އަންސިވިލައިޒް ބާބޭރިއަން ކުރާ ޒާތުގެ ކަމެއް . ތިނާތަހުޒީބު އަމަލުގެ ސަބަބުން ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އަގުވެއްޓޭނެ. ތިކަން ކުރި ފުލުހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން . އަދި އަންހެން ފަތުވެރިޔާއި ދޭތެރޭވެސް ގާނޫނުގައި އޮތް ފިޔަވަޅެއް އަޅަން ގޮވާލަން .
ވީޑިއޯއިން ފެންންގޮތާ ދިމަލެއް ނުވޭ.
ބިކިނީސަރުކާރު