ރައީސް ޔާމީން ރައީސް މައުމޫނަށް ދެއްވާފައިވަނީ ފެން ކައްކާ ބޮލީގެ އިއްޒަތަށްވުރެވެސް ދަށު ދަރަޖައެއް ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ރައީސް ޔާމީން މިއަދު ހަނދުމަފުޅު ނެތުނުކަމުގައި ވިޔަސް ވެރިކަމަށް ވަޑައިގަނެވުނީ އެތައް ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ.

"ރައީސް މައުމޫންގެ ބުރަ މަސައްކަތުން ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމުން ފެނިގެންދިޔައީ އެމަނިކުފާނާމެދު ވަރަށް އިހާނެތިކޮށް އަމަލުކުރި މަންޒަރު" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގެ ހުވާކުރެއްވޭ ހިސާބަށް ވަޑައިގަނެވުނީ ކުރީގެ ނާއިބުރައީސް ޑރ.މުހައްމަދު ޖަމީލާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އަދިވެސް އެތައް ބޭފުޅެއްގެ މިންނެތް މަސައްކަތުން ކަމަށެވެ.

"އަމިއްލަ ބޭބެއަށް ހިތުގައި ކުލުނެއް އިހުތިރާމެއް ނެތް. ދެން ކިހިނެއްތޯ ވާހަކަދައްކާނީ. އަނެކާއަށް އިހުތިރާމް ނުކުރާނަމަ ކޮން ވާހަކައެއްތޯ ދެއްކޭނީ" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ރައީސް ޔާމީންހާ އަނިޔާވެރި ގޮށްމުށުގެ ބާރުން ހިންގާ ވެރިކަމެއް ރާއްޖޭގެ ތާރީޚުވެސް ދެކެފައިނުވާ ކަމަށް އަލީ ވިދާޅުވިއެވެ.

"ގައުމު އިސްލާހު ކުރުމަށް ރައީސް ޔާމީން ބޭނުންފުޅުނުވޭ ވެރިކަމަށް ވަޑައިގަތުމަށް ވީވައުދުތައް ނުފުއްދައި ރައްޔިތުންނަށް މުޅިންވެސް ވީ ޚިޔާނާތް" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންނާމެދު ވިސްނަވާ ވެރިއެއް ނޫން ކަމަށާއި ރައްޔިތުންނަށް ކުރީ ޖެއްސުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި އިސްކުރެއްވީ އަމިއްލަ އެޖެންޑާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާރިޔާ

    ކަލެއައްކީއް ދިވެހިންތިބީރައީސްޔާމިންއާއެއްކޮން ތިބީތާއައްނޭގޭތީހިތާމަކުރަން 2018 ރައީސްޔާމިން އިރާދަފުޅުކުރެއްވިއްޔާ

  2. ޙަބޭސް

    އީޔޫގެ ނިންމުމުގެ ވާހަކަ ދައްާތީ ދެބޯގެރި ދުއްވަނީ ހެހެހެ

  3. ފައިޒް

    ދެން އަަވަހަށް ގޮސް މަސް ކަނޑަން ހުރޭ އެއީ ކަލޭގެ ހަޤީޤީ ފެންވަރަކީ..

  4. ދޮންޔޫސުފު

    ކަލޭ އަނގަ އަރުވަން ލަދެއް ނުގަނޭތަ؟ ޕީޕީއެމް ގެ ވަރަށް ބުރަ މަސައްކަތުން މެމްބަރުކަން ހޯދައިދިނީމަ ގޮސް ލާދީނީ ބާޣީ ބައިގަނޑާ ގުޅިގެން މި ޤައުމު ފަސާދަ ކުރަމުން ތިޔަ ތެޅި އަރުވަނީ! މަމީ މާމޮޅު ވަކީލެކޯ. ލަދުކުޑަ.

  5. ޢަފްލާ

    މިހުސޭނު ބޭ މިއުޅެނީ އީޔޫގެ ވާހަކަ އޮއްބާލަން ވެގެނ މައުމޫނުގެ އޮށްބޮނިއޭ ކިޔައިގެން މިވަކީލަކަށް ނުކެރުނު ޢީޔޫގެ ހުޝަހެޅުން ކުއްވެރި ކުރާކަށް