ފޭސްބުކްއަށް ފަހު ދެވަނަ އަށް އެންމެ ގިނަ ދިވެހިން ވަންނަ ވެބްސައިޓަކަށް "ވަގުތު" ގެ ވެބްސައިޓް ވެއްޖެއެވެ.

ދިވެހިން އެންމެ ގިނައިން ޒިޔާރަތް ކުރާ ރާއްޖޭގެ ވެބްސައިޓެއްގެ ގޮތުގައި "ވަގުތު" އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ވެބްސައިޓް ރޭންކް ކުރާ "ސިމިލާވެބް" ގެ އެންމެ ފަހުގެ މައުލޫމާތުތައް މިއަދު އަޕްޑޭޓް ކޮށްފައި ވާއިރު މިދިޔަ މަހު ރާއްޖޭގެ ވެބްސައިޓްތަކަށް މީހުން ޒިޔާރަތް ކޮށްފައިވާ ގޮތައް ބަލާއިރު އެންމެ ގިނަ ދިވެހިން ފަސްވަނަ އަށް ޒިޔާރަތް ކުރާ ވެބްސައިޓަކީ "ވަގުތު" އެވެ.

"ވަގުތު" އަށް ފަހު އެންމެ ގިނައިން ދިވެހިން ޒިޔާރަތް ކުރާ ރާއްޖޭގެ ވެބްސައިޓަކީ "މިހާރު" އެވެ. އެ ވެބްސައިޓް މިދިޔަ މަހު ވެސް އެއް ދަރަޖަ ފަހަތައް ވެއްޓިފައި ވާއިރު "މިހާރު" އޮތީ 9 ވަނަ އަށް ދިވެހިން ވަންނަ ވެބްސައިޓްގެ މަގާމުގައެވެ.

"އައިބޭ" 12 ވަނައިގައި އޮތްއިރު "އަވަސް" އެއް ދަރަޖައިގެ ވެއްޓުމަކާއި އެކު މިހާރު އޮތީ 13 ވަނައިގައެވެ. "ސަން" ފަސް ދަރަޖައިގެ ވެއްޓުމަކާއި އެކު މިހާރު އޮތީ 16 ވަނައިގައެވެ. "މިއަދު" ނޫސް އަށް ރޭންކިން އިން 35 ވަނަ ލިބޭއިރު "ސީއެންއެމް" އަށް ލިބެނީ 36 ވަނަ އެވެ. "ދޯ" އަށް 42 ވަނަ ލިބޭއިރު ޚަބަރާއި ގުޅުން ހުރި ރާއްޖޭގެ އެއްވެސް އިތުރު ވެބްސައިޓެއް އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރާ 50 ވެބްސައިޓްގެ ތެރޭގައި ވެސް ދެން ނުހިމެނެއެވެ.

އެންމެ އަވަހަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ކިޔުންތެރިންގެ އިތުބާރު ހޯދާފައިވާ "ވަގުތު" އަށް ދުވާލަކު ދެލައްކަ އާއި ގާތް ކުރާ އަދަދަކަށް ވިޒިޓްސް ލިބެއެވެ.

ވެބްސައިޓް ރޭންކް ކުރާ އެހެން ވެބްސައިޓެއް ކަމަށްވާ "އެލެކްސާ" ރޭންކިންގައި އެންމެ ދިވެހިން ޒިޔާރަތް ކުރާ ވެބްސައިޓްގެ ގޮތުގައި "ވަގުތު" އޮންނަތާ މިހާރު ދެއަހަރު ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރަސީދު

    ވަގުތު ވަރެއް ނެއި ތާޒާކަމާއެކުހަބަރު ގެނެސް ދޭހަ ހަ މަ އެކަނި ވަގުތު ނޫސް ސުކުރައްޔާ ޓީ މް ވަގުތު

    81
    14
  2. ކިނބޫ

    މަރުހަބާ!

    44
    5
  3. ރަޝީދު

    މަރުހަބާ..ވަކި ފަރާތަކަށް ނުޖެހި ކުރިއަށް ގެންދަވާ..

    49
    7
    • ޕސޓ

      ނެކްސްޓް ޖޯކް ޕްލީޒް

      3
      7
  4. Anonymous

    މަރްޙަބާ ވަގުތު ޓީމަށް.
    ވަގުތަކީ ވ. މުހިންމު އެއްޗެއް.
    ހުރިހާ ބޭފުޅުން ވެސް ވަގުތަށް ސަމާލުކަން ދެއްވުމަށް ދަންނަވަން. ވަގުތަކީ ރަނަންވުރެވެސް އަގުބޮޑު އެއްޗެއް. ވަގުތުގެ އަގު ވަޒަން ކުރައްވާ. ވަގުތަށް ފަރުވާތެރި ވެލައްވާ. ވަގުތުގެ އަގު ވަޒަން ކުރައްވާ. ޝުކުރިއްޔާ

    41
    4
  5. ޠުޔ

    ވަގުތު އިސް 1

    35
    6
  6. ހިޔާލު

    މިވަރުން ވަގުތު އެޕް ހަދަން ފެނޭ

    11
    5
  7. ސިކުނޑި

    ސާބަސް ވަގުތަށް! ހުރިހާ ހަބަރެއް ވެސް ގެނެސްދެނީ ވަގުތުން ވަގުތަށް!

    15
    2
  8. ސަރުބަތު

    ފޭސް ބުކަކީ ފިތުނަ އާއި ދޮގު ހަބަރު ފަތުރާ މައި ތަނބު.

    18
    4
  9. ކަމަނަ

    ވަގުތު ސާބަހޭހޭހ

    14
  10. ތައްބެ

    އަލިފާނޯ

    3
    1
  11. ވަގުތު ހޭޓަރ

    ދުވާލަކު 2 ލައްކަ މީހުން ވަންނާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ

    3
    8
  12. ބެޑުސީޓު

    ލިޔާއިރު އިމްލާ ކުށްތަށް އިސްލާހުކޮށްލާ ވީހާވެސް ކުށްމަދުކުރެވޭތޯބަލާ މިބުނީ ލިޔާ ލިޔުންތަޖުގެ...

  13. މަރުޙަބާ ވަޤުތު!

    އަޅުން ކުރާނީ މަސައްކަތެވެ! ތައުފީޤް ދެއްވަވާނީ ﷲ އެވެ.

  14. ގަރުދިޔަ

    ފޭސްބުކްއާ ވަގުތުއާ ދެމެދު 4 ވަނައަށް އޮތް ސައިޓު ފެނިފަ ދިވެހިން ލަދު ނުގަންނާނެ