ފިސްތޯލަ ދީފައި ފުލުހުން މަގުތަކަށް ނެރެން ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުﷲ ރިޔާޒް ގޮވާލައިފިއެވެ.

ފުލުހުންނަށް ފިސްތޯލަ ދިނުމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ގޮވާލެއްވީ ހުޅުމާލޭގައި ބިދޭސީންތަކަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހަރުކަށި ފިކުރުގެ މަޑުއްވަރީ ބައެއް ކަމަށް ބުނެ ގެނެސްދީފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ.

ރިޔާޒް ވިދާޅުވީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސްވަޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށުތެރޭގައި ހަރަކާތްތެރިވާން ޖެހޭ ހާލަތު އަތުވެއްޖެ ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"ފުލުހުން ބާރުވެރި ކުރުވައިގެން ގައުމު އަމާން ކުރެވޭނީ." ރިޔާޒް ވިދާޅުވިއެވެ.

ހުޅުމާލޭގައި އަންގާރަ ދުވަހުގެ ރޭ ތިން ބިދޭސީ އަކަށް ތޫނު އެއްޗެހިން ދިން ހަމަލާތަކާއި ގުޅިގެން ހަ މީހަކު މިހާރު ހައްޔަރުކޮށްފައި ވާއިރު ފުލުހުން ވަނީ އެއީ ހަރުކަށި ދީނީ ފިކުރުގެ ބަޔަކު ދިން ނިރުބުވެރި (ޓެރަރިސްޓް) ހަމަލާއެއް ކަމަށް ލަފާކުރެވޭ ކަމުގައި ވިދާޅުވެފައެވެ.

އެހަމަލާ ދިނުމަށް ފަހު ބަޔަކު ވަނީ ހަމަލާގެ ޒިންމާ އުފުލައި ވީޑިއޯއެއް ވެސް އާއްމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙަސަން ޒަރީރު

    ރާއްޖޭގެވއިގްތިޞޯދު ފުނޑުފުނޑުވެގެންދާން ދޫކޮށްލައިގެން ނުވާނެ އިތުރު ފުރުޞަތެއްނުދީ އެޅެންހުރިނަމަ ހުރިފިޔަޅެއްއެޅުމަށް މިދަނޑިވަޅުގައި ސަރުކާރަށްގޮވާލަން

    23
    5
    • ސަގަރު

      އެއީ ހަމަ އިމުރާނު ބޭރުކޮށްލަންރޭވި ރޭވުމެއް. ހަމަ ތީގެ ވީޑިއޯ އެއް އަދީބު ވެސް ނެރުނު ލޯންޗު ގޮއްވާލާފަ އެހެންބަޔަކު ބޮލުގައި އަޅުވަން. އެކަމަކު މިފަހަރު ލޯންޗެއް ނޫން އިމުރާނު ގެއަށް ދާނީ

      15
      1
  2. Anonymous

    މީނައަކަށް ނޭގޭތަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް މިފަދަ ކަންތައްތައް ނުހުއްޓުވޭކަން ފިސްތޯލައި ބަޑި ކަޑި ދީގެން ވެސް. ބަލަ ދިވެހީންގެ އަތަކުނެތޭ ބަޑި

    14
    3
  3. އަލްމާ

    މަހިތައްއަރަނީ މަޑުއްވަރީ މީހުން އެހާލަތައް ދިޔައިރު އެރަށުގެ ކައުންސިލްގެ އިދާރާ އަދި ރައިއިތުން ތިބީ ނިދާ ފަ ތޯ ؟

    19
  4. ދުންބޯ

    ސަރުކާރުގެ ސްޓައިލް އަކީ ބޮޑުގެރި ވެވަށް ވެއްޓުމުން ކަންހިގި ސްޓައިލް، އެގޮތް ރަގަޅުވެ ހުރިހާބާރެއް ދީފައި އެވަނީ!ކެތްކޮށްގެން މިތިބީ! ފުޅަށްބުޑުގައި އޮވެ ކަންނޭގެ މަރުވާނީ!

    12
  5. ޙަމަހަމަ

    ބިދޭސީންނަށް ދިން ހަމަލާ ކުއްވެރިކުރަން. ޢެކަމަކު މި ރާއްޖޭގަ ގޭންގުތަކުން ދިވެހިން މަރަމުންދިޔައިރު ތިހެން ނުބުނެ ، މިހާރު ފަތުރުވެރިކަމަށް ގެއްލުންވާކަމެއްވީމަ ތިހެންބުނުމުން އެނގެ ތި ރިޔާޒަށް މުހިންމީ ހަމަ ލާރި ލާރި. ކުރިން ބުނި އަފްރަށީމުގެ މައްސަލައިގަ ވަގުތު ޖެހުމުން ހާމަކުރަން މައުލޫމާތު ހުރިކަމަށް. ކޮބާ އެ ކަންތައް ؟ އަދިވެސް ސިޔާސީ ހިމާޔަތަށް ފޮރުވަނީ ދޯ ؟ ރީކޯ ކައިރިންތަ ދަސްކުރީ ؟!

  6. އަލްޖިބްރާ

    އިސްލާމް ދީނުގައި އަންގަވާފަ އޮތްގޮތް ނޫން ގޮތްގޮތަށް ކަންތައް ހިންގާ ޤައުމެއްގައި ފިސްތޯލަ އާއި ކަޑި ، ބަޑި ބޭނުން ކުރިއަސް އެއްވެސް ކަމެއް ޙައްލެއް ނުވާނެ !

  7. ޢަބްދުއްސައްތާރު.

    މަޑުއްވަރިނޫަނަސް އއ.އަތޮޅުގައިވެސް ހަމަ އެކަހަލަ ޢަމަލުތައް ހިންގާ ބަޔަކު އުޅޭކަމަށް މަޢުލޫމާތު ލިބޭ. ވީއިރު މަޑުއްވަރީގައިއަޅައިގަނެގެން އުޅޭސަބަބެއް ނޭނގޭ.

    1
    1
  8. މޯދީ

    ނުޖެހޭ ދޭކަށް. މަދަނީންނަށް ހަތިޔާރު ކެރީއެއް ނުކުރެވޭނެ. ތި އުޅެނީ ކޮންމެ ވެސް އެހެން ކަމެއް ކުރަން.

  9. ކެނެރީ

    ނަސީދު ބޮލަށް އަމާޒު ވޭތޯ ބަލަންތޯ