ގދ. ފިޔޯރިން ފުރައިގެން އައްޑޫ ސިޓިއަށް ދަތުރު ކުރަމުންދަނިކޮށް ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓް ކުރި ލޯންޗް ޏ. ފުވައްމުލަކު ސިޓީއާ 21 މޭލު ބޭރުން ފެނިއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ލޯންޗުގައި ތިބި މީހުން މިހާރު ވަނީ ކޯސްޓްގާޑަށް ނަގާފައެވެ.

ނަމަވެސް އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެއެވެ.

އެ ލޯންޗް ގެއްލިގެން އެމްެއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 22:33 ހާއިރު އެވެ. އެ ލޯންޗް ގެއްލުނުއިރު އޭގައި ހަތަރު ދިވެއްސަކު ތިއްބެވެ. ގެއްލިގެން ހޯދަމުންދިޔަ އެ ލޯންޗަކީ ފިޔޯރީން ގަނެގެން، އައްޑޫ ސިޓީ ހިތަދޫއަށް ގެންދާ ލޯންޗެކެވެ.

އެ ލޯންޗް މިއަދު 18:45 ގައިފުރިފަހުން ހަބަރެއްނުވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހޯދަމުންދަނިކޮށް ފެނިފައި ވަނީ މިރޭ ދަންވަރުއެެވެ.

ގެއްލިގެން ހޯދަމުން ދިޔައީ "މިހޯ ޕެލަސް"ނަމަކަށް ކިޔާ ލޯންޗެކެވެ.