މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއަކީ މަގުމަތިންވެސް އަަދި ވޯޓުފޮށިންވެސް ބަލި ކުރެވޭނެ ބައެއްކަން ސާބިތުވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ، ކުރީގެ ރައީސް އަދި މިހާރު މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން އިސްތިއުފާ ދެއްވިތާ އަށް އަހަރު މިއަދަށް ވާއިރު، އެކަމާއި ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

އުމަރު ވިދާޅުވީ، މިއަދަކީ ލާދީނީ ވެރިއެއްގެ ކިބައިން މި ރާއްޖެ ސަލާމަތް ކުރިތާ އަށް އަހަރު ފުރޭ އުފާވެރި ދުވަސް ކަމަށެވެ. އަދި އެމްޑިޕީ އަކީ މަގުމަތިންނާއި ވޯޓު ފޮށިންވެސް ބަލި ކުރެވޭނެ ބައެއް ކަން "އަޅުގަނޑުމެން"ސާބިތުކޮށްދީފައިވާނެ ކަމަށާއި، އިދިކޮޅު ސަގުތަކާއި ލީޑާޝިޕްގެ ފަހަތުގައި އަލުން ރުކުރުވާ ލެވިއްޖެނަމަ އަދިވެސް ބަލި ކުރެވޭނެ ކަމަށެވެ.

ހަތެއް ފެބްރުއަރީ ދުވަހު ރައީސް ނަޝީދު ވެރިކަން ވެއްޓުނީ ބައެއް ފުލުހުންނާއި ސިފައިންވެސް ސަރުކާރާ ދެކޮޅަށް ނުކުތުމުން، ނަޝީދު އަމިއްލައަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު މީގެކުރިން ވަނީ، އެމަނިކުފާނުގެ ވެރިކަން ބަދަލުކުރުމަށް "ބަޣާވާތް" ކުރި ކަމަށް ތުހުމަތު ކޮށްގައެވެ. އަދި އެ ބަޢާވާތުގެ މުގުލުގައި ހުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް މިހާރު އެ ދެ ބޭފުޅުން ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ ކޯލިޝަންގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ާައާފް ރަޒަގް

    އަހަންނައް ހީވަނީ އުމަރު ތީ ސިޔާސީ ގޮތުން ބުމަރެއްހެން. ބޮޑު ކާޓޫން

    30
    27
  2. ޓިނު ބޭބެ

    މި ސޮރުގަ އިގަ އި ސިޔާސީ އުރަ އްޕެ އް ނެތް ކަން އަމި އްލަ އަށް ބޭޒާރު

    29
    27
  3. ނާރިނގު

    އިދިކޮޅުސަފާ ގުޅިވަޑައިގަންނަވާ އަޅުގަނޑުމެން މަރުޙަބާކިޔާނަން ބޭނުންވަނީ މިޤައުމުސަލާމަތުގެ އައްސޭރިއަކައްގެންދަން މަސައްކަތްކުރުން އަމިއްލައެދުން އެއްފަރާތްކުރައްވާ

    44
    14
  4. އަހްލާްގް

    އެމްސީ ހަމީދު އަކީ އިންޓެލިޖެންސް އިން ވަރަށް ހުތުރުކޮށް ވަކިކުރި ފަރާތެއް މިހާރު ސީޕީ.
    އަންނި އަކީ އެއްވެސް އަޙްލާގެއް ހުރި މީހެއްނޫން.

    40
    14
  5. ކާފަބޭ2020

    އެކިޔާގޮތަށް ހާލީގަ އޮވެގެން ކޮށްކޮޓާރު ކިތަންމެވަރަކަށްގޮވި އަސް ބިހެ އް އެޅުނުކަމަކަށް ނުވާނެ ބިސް އެޅީމަބިސް އެޅިކަމަށްވާނީ އޯކޭ އުމަރާ!

    9
    1
  6. Anonymous

    ޢުމަރާ ތިހެން ހުންނަވައިގެން އެއްގޮތަކަށްވެސް ކަމަކު ނުދާނެ. ލާދީނީ ފިކުރާ ދެކޮޅަށް ނިކުންނަވާ. ދެންނެރެން އޮތީ އަދި ކޮންފަދަ ރިޕޯޓެއް ކަމެއް ވެސް އެނގެނީ ކީނޫން.

    12
    4
  7. ވަތަނީ

    ނަސީދުގެ ވެރިކަން އަދި ނުވެއްޓެއެވެ އޭނާ އެހުރީ ފުރިހަމަ
    އާރާއި ބާރުގައެވެ އޭނާގެ ވެރިކަމެއްގައި ރާއްޖެދާނީ ބިކަވެ
    ނިކަމެތިވަމުންނެވެ އޭނާގެ އަތްދަށުން ދިވެހިން ސަލާމަތް
    ވާން ހުރި ދޮރުތައް ދަނީ ބަންދުކުރަމުންނެވެ.

    14
    6
  8. ދީދާރު

    ޢުމަރަށް ކަމުދާ މީހެއް، ކަމުދާ ސަރުކާރެއް އޮވޭތަ؟ ދުވަހަކުވެސް ނެގެޓިވް ވާހަކައެއް ނޫނީ އަޑެއް ނީވޭ. މީހުންގެ ސަޕޯޓު ނުލިބި ވެރިކަމެއް ނުކުރެވޭނެ. ވެރިކަމުގެ ދަހިވެތިކަން ހުރިއްޔާ ސިޔާސަތެއް އޮންނަންވާނެ.

    16
  9. ފާތުން

    އެހެންވެތޯ އެމްޑީޕީ އަށް މަޖިލިސް ގެ މެޖޯރިޓީ ލިބިފާއެޔޮތީ.?

    8
    8
  10. މޮޔަ

    މީނަ އއަކީ އިސްލާމެ އްބާ އޭ ހިތަ އް އަރާ. ޢއަދި މީނަ އަ އަ އް އިސްލާދީން އެނގެނީ ކިހާބަރަކަ އްބާ؟

    4
    6
  11. ސަލީމް

    ވޯޓްގެ ވާހަކަދައްކަން އުމަރުތީ ކުފޫހަމަވާމީހެއްނޫން، އެންމެ އިންތިހާބެއްގަ ކުރިމަތިލާ ބާތިލް ވޯޓަށްވުރެއް ދައްކޮށް ވޯޓްލިބި ދުނިޔޭގެ ރެކޯޑެއްހަދާފަހުރި މީހެއްތީ. ކައިރީގަ ހައެއްކަ ކެނާއިން ލައިގެން އަބަދުވެސް ނޫސްތަކުގެ ހެޑުލައިނަށް އަރަން އެންމެ ބޮޑު ސިޔާސީ ޕާޓީއާ އެޕާޓީގެ ލީޑާރޝިޕްގެ މީހުންގެ ވާހަކަދައްކާ ބޮޑު އަނގަތީ

    10
    7
  12. ބުމަރު111

    މީނަޔަށް ނެތްތައް ޔާމީން ހުރި ކޮޓަރި އާ ޖެހިގެން ކޮޓަރި އެއް ނޫނީ ގުރައިދޫން ގޮޅިއެއް. މީނަޔަށް އެކަހަލަ ކޮޓަރިއެއްގެ ރަހަ ދައްކާލަބަލަ މީނަގެ އަނގަ ގަނޑު
    މައިތިރި ކުރަން. ތިމާގެ ފެންވަރު އޮޅިގެން އުޅޭމީހެއް މީ.

    1
    5
  13. އ. ޖ. އ

    ހަމައެއް ލަމައެއް ގޮތެއް ފޮތެއް ނޯންނަންޏާ ހުރިހާ ކަމެއްވެސް މި ދުނިޔޭގައި ކުރެވިދާނެ... #ހަރުގަނޑު

    1
    3
  14. ޣައްޔޫމް

    ޢުމަރާ، ކަލެއަށް ވާނުވާ ނޭގޭވަރު މިހާރު އިގިއްޖެ...އެމް.ޑީ.ޕީ މެޖޯރިޓީ އޮތީ މި ސަރުކާރުގައި ވޯޓަކުން ނޫންތަ..ކަލެއަށް ލިބެނީ ބާތިލް ވޯޓަށް ވުރެންވެސް މަދުން...ލަދުގަނެބަލަ..ހަރުގަނޑު

    • Anonymous

      ވަގު ވޯޓެއްނު. އެއީ ކަލޭމެން މާ ފަޚުރުވެރިވާ ކަމަކީ ދޯ.

  15. އަލްޖިބްރާ

    އުމަރާ ! ވޯޓުންވެސް ، މަގުމަތިންވެސް ބަލިވެފާ ތިބި މީހުން ނުފެންނަނީ ތަ ؟ ކަލޭ ޑޮކްޓަރަށް ދާންވެއްޖެނު ؟ ތީ ކަތުރު ފަންޏެއް !