ކުރީގެ ރައީސް ނަޝީދަށް ވެރިކަމަށް ކުރިމަތި ލެއްވޭނެކަން މުޅި ދުނިޔެއިން ހާމަ ކޮށްފި ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

"ރައީސް ނަޝީދުގެ މައްސަލައިގައި އދ.ގެ ނިންމުން" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ރޭ ޝިފާޒް ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ގުޅިފައި އޮތީ ކޮންބޭފުޅަކާ ކަމާއި އަދި ރައްޔިތުންގެ މަސްލަހަތު އެމްޑީޕީއާ ގުޅިފައިވާ މިންވަރު ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ވެސް އެނގިފައިވާ ކަމަށެވެ.

ޝިފާޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓު ކަރުދާސްކޮޅުގައި ރައީސް ނަޝީދުގެ ނަންފުޅު އޮންނާނެކަން ކަށަވަރުވެފައިވާ ކަމަށެވެ.

"އެކި އެކި ޤައުމުތަކާއި ޖަމިއްޔާތަކާއި ޖެހިވަޑައިގެން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ މޮޅެއް ނޯންނާނެ, ވަކިން ޚާއްޞަކޮށް އދ. ގެ ވޯކިންގ ގުރޫޕުން ނިންމައި، ހިއުމަންރައިޓްސް ކޮމެޓީން ނިންމައި، މުޅި ދުނިޔެއަށް އެކަން އެންގުމުން އެއަށް ބޯނުލަނބައި ތިބުމުން މުޅި ދުނިޔޭގެ ކުރިމަތީގައި ރަސްމީކޮށް ހުދުމުޚްތާރު ސަރުކާރެއްކަން ހާމަވެގެން ދާނެ" ޝިފާޒް ވިދާޅުވިއެވެ.

ޢަބްދުﷲ ގާޒީ ހައްޔަރު ކުރި ވާހަކައަކީ މިހާރު ދެއްކޭނެ ވާހަކައެއް ނޫން ކަމަށާއި އެއީ ރައީސް ނަޝީދުގެ މައްޗަށް އުފުލެންވީ ދައުވާއެއް ނޫން ކަމަށް ވަރަށް ބޮޑަށް މުޅި ދުނިޔެއަށް އިތުރަށް ސާފުވެގެން ހިނގައްޖެ ކަމަށް ޝިފާޒު ވިދާޅުވިއެެވެ.

"ރައީސް ނަޝީދަށް ވެރިކަމަށް ކުރިމަތި ލެއްވޭނެކަން މުޅި ދުނިޔެއިން ހާމަ ކުރުމަކީ ރައީސް ޔާމީނަށް ޤަބޫލްފުޅު ކުރެއްވޭނެ ކަމެއް ނޫން" ޝިފާޒު ވިދާޅުވިއެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް ނިންމި ނަމަވެސް އެ ނިންމުން ބަލައި ނުގަންނަ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އުވާލައި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން ދިރާސާ ކުރުމަށް ފަހު، ދައުވާކުރަން ޖެހޭ ނަމަ، އަލުން އިންސާފުވެރިކަމާ އެކު އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ބުނެފައިވައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. Anonymous

    ވެބްކެމް 1 ސިނަމާތަކައް ވ ޔަގީން

  2. ގާސިމު

    ނަސީދުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެކަން ޔަގީން ކަށަވަރު ވެއްޖެ

  3. ޤާދިރު

    ނަޝީދަށް ވެބްކެމް ޤައިމެއް، ކަށަވަރެއް ނުވޭތަ؟

  4. ހަސަބު

    ނުވާނެ ތިކަމެއް މިޤައުމުގަ ކަންތައް ކުރާނެގޮތް އެނގޭނީ މިޤައުމުގެ މީހުންނަށް. މިޤައުމުގެ ޤާނޫނާ ޤަވާޢިދަށް ގޮންޖަހާ ބޮޑުބަސް ބުންޏެއްކަމަކު އެއަކަށް ޢަމަލެއް ނުކުރާނެ މިޤައުމަކުން. ކުއްވެރިން ތިބޭނީ ހަމަ އެގޮތުގައި ކާކު މީ އައްނިއަށް ތާޢީދުކުރަނީ ބޯހަމަޖެހޭ ދިވެއްސަކު ނުކުރާނެ ތާޢީދެއް ފަހަރެއްގައި ފަރަންޖީ ކުލަ ޖެހިގެންއުޅޭ މީހަކު ކޮށްފާނެ. ކުރިއަސް އެމީހަކުވާނީ ބޯބުރާންތިއަކަށް. މަގެދީނާ މަގެ ގައުމާ މަގެ އަމްނާނުކުޅެއްޗޭ. ރީތި ނިމުމަކުން ނިންމާލާނަން.

  5. ސޮފީ

    ކުއްވެރިންނަކަށް މިގައުމަކުން ޖާގައެއްނެތް. އަދި ކަރުދާހަކުންވެސް ޖާގައެއްނެތް. ވައްވައްޖަހަޖަހަ ތިތާނގައި ހުރޭ މިކޮޅަށް ބޯލިޔަސް ދުވަސް ދުއްވާލާނަން. ސޮރާ.

  6. ރަށްދު

    އދ ކަށް ރިޔާސީޓިކެޓެއް ޓެރެރިސްޓް ނަސީދަކަށް ނުދެވޭނެ

  7. ސޮފީ

    ކުއްވެރިންނަކަށް މިގައުމަކުން ޖާގައެއްނެތް. އަދި ކަރުދާހަކުންވެސް ޖާގައެއްނެތް. ވައްވައްޖަހަޖަހަ ތިތާނގައި ހުރޭ މިކޮޅަށް ބޯލިޔަސް ދުވަސް ދުއްވާލާނަން. ސޮރާ. ތީ ދެންކާކު ދުރުގަހުރެގެން ވައްވައްޖަހަން. މުޅިން ޔަހޫދީންގެ ބޮލަށް އެރިގެން މިގައުމުގެ ދުވަސް ދުއްވާލަން އަބަދުވެސް މަސައްކަތް ކުރާނީ. މިގައުމަށް ހެވެއް އެދިގެންއުޅޭ މީހެއްނޫން ތީ. ހެޔޮއެދޭނަމަ އިސްލާމީ ގައުމުތަކުގެ ބަސްތައް ގެނެސްދީބަލަ. ޔަހޫދީންގެ ބަސްތަކެއް މިތަނަކު ނުވިކޭނެ.

  8. އެދުވަސް

    އެމްޑީޕީގެ ބަޔާން

    ދިވެހިރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ގުޅިފައި އޮތީ ކޮންބޭފުޅަކާ ކަމާއި

    ރައްޔިތުންގެ މަސްލަހަތު އެމްޑީޕީއާ ގުޅިފައިވާ މިންވަރު ރައްޔިތުންނަށާއި މުޅި

    ދުނިޔެއަށް ވެސް އެނގިފައިވާ ކަމަށެވެ.

    މިއީ މިރާއްޖޭގެ ގިނަބަޔަކު ބޭނުންވާގޮތެއްނޫން

  9. ކަރާ ސޭޓު

    ސޮރީ ޝިފާޒޫ. މޮޔަފުޅުވީތޯ. އަދިވެސް އެމް.ޑީ.ޕީ މީހުނަށް ފުލެޓްދީދީ ނުނިމޭތޯ

  10. ރައްޔިތުން

    ރާއްޖޭގެ ކަންތައް ނިންމާނީ ބޭރަކުން ނޫން....

  11. ހުސޭނުބޭ

    ކުރިންވެސް ހެދިފަދައިން ވެބްކެމް މެދުވެރިކޮށް ވޯޓްކަރުދާސްކޮޅު އަމިއްލައަށް ހަދާ!

  12. އިބްރާހިމް ވަހީދު

    އެއްމެ މޮޔަ މީހަކީ ކާކުތޯ ބަލާ ވޯޓުގަ ތީނަގެ ނަން އޮއްނާނެ ޔަގީން...

  13. ހަސީނާ

    މީނާ ހާދަމޮޅޭދޯ؟

  14. މީ

    ވަޓް އަ ޖޯކް

  15. ޣަފޫރުބޭ

    ވިޔާވިޔާވަމުންދާ ކުދިންކޮޅު ހިތްހަމަޖައްސާފަ ބައިތިއްބާތި! އެކަމަކު މައްސަލައަކީ ތިޔަގޮތަށް ކުދިންކޮޅަށް ޖޯޝްގެންނަން ހަދަމުންދާ ދޮގުތައް އެކުދިންކޮޅުގެ ކުރިމަތީގައި އަތަށްގޮވައި ޝިފާޒްމެންގެ ސޯޓްބޭލި ޢިތުބާރު ގެއްލެމުންދިޔުން! ނަޝީދަށް ކުރިމަތިލެވެންޏާ ބޮއްބެސޮރަށްވެސް ކުރިމަތިލެވޭނެ!

  16. އިނަފް

    ވޯޓް ކަރުދާހުގައި ނަން އޮވެދާނެ، އެކަމަކު އިރާދަ ކުރެއްވިއްޔާ ރާއްޖޭގެ ރައީސް ކަމެއް ދެން އަންނި އަކަށް ނުލިބޭނެ.

  17. މުޙައްމަދު އަޙުމަދު

    ހިތްހަމަޖައްސައިލައިގެން ތިބެ ވެބްކެމްޖައްސާ! އޯކޭވާނެ. އެކަމަކު ދިވެހިރާއްޖޭގެ ރައީސްކަމަކަށް ނަޝީދަކަށް ކުރިމައްޗެއް ނުލެވޭނެ.

  18. ސަރަނގު

    ހުވަފެނެއް!

  19. މުހައްމަދު

    ދުނިޔޭގައި ޓެރަރިސްޓުންނާއި ހަގުރާމަ ކުރަމުން ދަނިކޮށް އދ އިން މިވަނީ ޓެރސރިސްޓަކަށް ދިވެހިރާއްޖޭގެ ރިޔާސީ ޓިކެޓް ދިނުމަށް އަންގާފަ....
    ދެން ކޮބާތަ އެކިޔާ ޓެރަރިސްޓުްނނާއި ދެކޮޅަށް ކުރާ ކަމަކީ

  20. ަސދފ

    ﷲ އިރާދަކުރެއްވިއްޔާ ނަޝީދުގެ ނަމެއް ވޯޓު ކަރުދާހުގައި ނޯންނާނެ.

  21. ޅަބީބު

    އަޅުގަނޑު ގައިމު މިސަރުކާރަކަށް ތާޢީދެއްނުކުރަން އެހެނަސް އަޅުގަނޑު ބޭނުމެއްނޫން ނަޝީދު ވެރިކަމަށް ގެންނާކަށް. ވަރަށްގިނަމީހުންމަތިން މިބުނީ...

  22. އަބްދުއްލާ

    ހަމަ ޔަގީން ނަސީދުގެ ނަން ވޯޓް ކަރުދާހުގަ ނޯންނާނެ ކަންޔަގީން . ބަލާ ބޮޑުކުރާނަމަ އދ ގެ ހިއުމަންރައިޓްސް އެގްރީމެންޓް ބޮއިކޮޓްކޮށް އެގްރީމެންޓް ބާތިލް ކޮށްލާ އެ އެގްރީމެންޓް ބާތިލް ކުރިޔަކަސް އދ ން ވތްކެތް ނުވާނެ. 1965 ގަ އދ ގަ ބައިވެރިވީ . ހިއުމަންރައިޓްސް ގަ ބައިވެރިވީ 2002 ގަ ޔުނެސްކޯ ޔޫއެންޑީޕީ ގަ 60 ގެ އަހަރުތެރޭ ބައިވެރި ވެއްޖެ . ޔޫއެންގެ ޖަމާއެަތްތަކުން މިހާރުވެސް ދަނީ ގައުމުތަކުން. ވަކިވަމުން. ދާދި ފަހުން އެމެރިކާ ވެސް ވަނީ އދ ގެ ޖަމާއަތަކުން ވަކިވެފާ .ތިޔަ ހިއުމަންރައިޓްސްގެ ނިންމުން ދާދިފަހުން އެމެރިކާ އާ އިގިރޭސި ވިލާތުންވެސް ވަނީ ދެކޮޅުހަދާ އަމލު ނުކޮށްފަ. ދެން ރާއްޖެއިން ކުރަން ޖެހޭނެތަ ؟

  23. މާފުށި މާންބެ

    ޝިފާޒު މޮޔަފުޅު ވީތޯ.

  24. ދިއްދޫ

    ޝިފާޒު ބުނަންތަ ވާހަކައެއް. އެއީ އޭނަޔަށް ކުރެވޭނެ ދައުވާއެއް. އެކަންކުރަން އެންގީ ނަޝީދު ރައީސްއޮފީހުން. ގާޒީއަށް އިންޒާރުދިނީވެސް ނަޝީދު. ޝިފާޒު އަޑެއް ނާހަންތަ އޭނަ ވާހަކަދައްކަމުން 100 ފޫޓާ ހަމައަށް ކައިރިނުވެވޭނެކަމެއް. ތިހާ ހަނދާންބަލި މީހުން މިތިބީ ގައުމު ހިންގަން ހަވާލުވާން. ކިހާވަރެއްވާނެ އަދި ހަވާލުވެއްޖެއްޔާ

  25. ާޅިއަނު

    މިޅިއަނު ވަރަށްމޮޅުވާނެ ފުލެޓް ބަހަން ،، މިކަހަލަ ކަޗޯރުން ތަންތަނަށް އަރާ އަގަގަޅާތި ދެރައީ ،، މިދެންމީހެއްތަ މިކަމުނުދާ ފުށުއުނދުނު ބިއްދަށަށްލާވެސް .................

  26. މަރިޔަމާ

    ހަމަ ޔަގީން ނަސީދުގެ ނަން ވޯޓް ކަރުދާހުގަ ނޯންނާނެ ކަންޔަގީން . ބަލާ ބޮޑުކުރާނަމަ އދ ގެ ހިއުމަންރައިޓްސް އެގްރީމެންޓް ބޮއިކޮޓްކޮށް އެގްރީމެންޓް ބާތިލް ކޮށްލާ އެ އެގްރީމެންޓް ބާތިލް ކުރިޔަކަސް އދ ން ވތްކެތް ނުވާނެ. 1965 ގަ އދ ގަ ބައިވެރިވީ . ހިއުމަންރައިޓްސް ގަ ބައިވެރިވީ 2002 ގަ ޔުނެސްކޯ ޔޫއެންޑީޕީ ގަ 60 ގެ އަހަރުތެރޭ ބައިވެރި ވެއްޖެ . ޔޫއެންގެ ޖަމާއެަތްތަކުން މިހާރުވެސް ދަނީ ގައުމުތަކުން. ވަކިވަމުން. ދާދި ފަހުން އެމެރިކާ ވެސް ވަނީ އދ ގެ ޖަމާއަތަކުން ވަކިވެފާ .ތިޔަ ހިއުމަންރައިޓްސްގެ ނިންމުން ދާދިފަހުން އެމެރިކާ އާ އިގިރޭސި ވިލާތުންވެސް ވަނީ ދެކޮޅުހަދާ އަމލު ނުކޮށްފަ. ދެން ރާއްޖެއިން ކުރަން ޖެހޭނެތަ ؟

  27. މަލަކުރި

    ވީމާ ރައީސް ނަޝީދުގެ ވެރިކަން ނުގެއްލޭ، އެމަނިކުފާނަށް ވެރިކަމާއި ފޭއަށް ކުރިމަތި ކުރުވި ހުރިހާ ކަމެއް ބާޠިލު ކޮށް އޭގެ ފަހުން އައިހާ ކަންކަން ދޫކޮށް ނަޝީދު ގެނެސް ތަޚުތުބައި ބެއިންދެންޖެހޭނެ. އަދި މިކަންކަމުގެ ބަދަލު ދެވޭނެ ގޮތް ގާއިމުވާން ޖެހޭނެ.

  28. ކަތީބު

    ޗެކުތަކުގައިވެސް ހުރޭ ވޯޓަރމާކު އަކަށް ބީ.އެމް.އެލް ޖަހާފަ، އެގޮތަށް މިބޭބެ ނަން ބާއްވަން ހިންގާ.....

  29. ނަހޫ

    ޝިފާޒް ވެބްކެމް ޖައްސާއިގެން ކެނެރީ-ގޭ ނަޝީދު ސޯޓްކަރުދާސް ބެލީދޯ ކަށަވަރުކުރަން.

  30. ކެނެރީގެ

    ކިޔާނެ އެއްޗެއް ނެތީޔާ މިގެންނަ ތަރައްޤީގެ ވާހަކަ ދައްކަބަލަ.