ސަސްޕެންޝަނަށް ފަހު ދިއްދޫ ކައުންސިލަރުން އޮފީހަށް ނިކުތުމުން 8 ކަނބަލުންގެ މާފަތީގެ މަރުހަބާއެއް ކިޔައިފިއެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލާ ނެރުނު ނޫސް ބަޔާނަކާ ގުޅިގެން ސަސްޕެންޑް ކުރި ދިއްދޫ ކައުންސިލަރުން ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން މިއަދު އޮފީހަށް ނިކުންނަވާފައި ވާއިރު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ބަޔާނެއް ނެރުމާ ގުޅިގެން އެލްޖީއޭ އިން އެމައްސަލަ ބެލުމަށްފަހު މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެއް މަސް ދުވަހަށް އެބޭފުޅުން ސަސްޕެންޑްކޮށްފައެވެ.

ދިއްދޫ ކައުންސިލްގެ ތިއްބަވަނީ އެމްޑީޕީގެ ފަސް ކައުންސިލަރުންނެވެ. ސަސްޕެންޑް ކުރި ކައުންސިލަރުންނަކީ ކައުންސިލްގެ ރައީސް އަލީ ހާޝިމާއި، ނައިބް ރައީސް މުހައްމަދު ހާޝިމާއި، ކައުންސިލަރު އަހްމަދު ފިރާގާއި، ކައުންސިލަރު ޒުހުރާ އެވެ.

ސަސްޕެންޝަނަށް ފަހު އޮފީހަށް ނިކުމެ ވަޑައިގެން ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވީ ނުހައްގުން ކައުންސިލްތަކަށް އަދަބުދީ، ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލައި، ގާނޫނާ ހިލާފަށް ކަންކަން ކުރަން ފުރުސަތު ދީގެން ނުތިއްބެވޭނެ ކަމަށެވެ.

ދިއްދޫ ކައުންސިލަރުންގެ އިތުރުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލި އިތުރު ބައެއް ކައުންސިލަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ކައުންސިލަރުން ކަރުގަ ރީދޫ މާފަތި އެޅުވީމަ އެދެވުނީ ސުވަރުގެއައްތަ

  2. ގަމީރާ

    ވަރުގަދަ ރީދޫ ކައުންސިލެއް.މިދެން ބޮޑުވެއްޖެ ކެމެކޭދޯ؟މި ރީދޫ ބައިގަނޑު ޤައުމުން ފޮހެލަންވީ...

    • ޢިސާ

      ދެން ފިޔާތޮށި ބައިގަޑޯ... އެމީހުން އަށް ކީއްކުރާނީ ކަލޯމެން...

  3. ހަސީނާ

    ބަލަގަ ތިއޮށް އާބާދީ ބޮޑު ރަށުގަ އެންމެ 8 ރީދޫ ކަނބަލުން..މަވާ ލަދުން ހަލާކު.ތިކަމުންވެސް އެނގިގެން ތިދަނީ ތިރަށުން ގޮއްރީދޫ ކުލަ ފަނޑުވެ އޮފްކެނޑެމުންދާކަން..

  4. ނާރެސް

    ބަލަ ތިޔައީތަ ދިއްދޫގައި އަންހެނުކަބަލުން ތިބިވަރަކީ ތަ/ ފަސްހާސް އާބާދީޔަކުން މަ ވަރުގެ ރީދޫވެގަނެގެމިއުޅެނީ ރީދޫ ސަޕޯޓެއްނެތް މިހާރުގެ މަގުތަކުގެ މައްސަލަތިޔައުޅެނީ އަތޮޅުގެ ވާދަ ބަލަ މުއީޒުމެންގެ އާއިލާއެކީ ވަށަފަރުގެ އާއިލާ އެހެންވީމާ މުއީޒުމެންބޭނުމެންނުވާނެ ދިއްދޫ ތަރައްގވާކަން މި

  5. ބަލްޤީސް އާދަމް / ހުޅުމާލެ

    ފައްޅިކުލައިން ބުރުގާއަޅާ ، ފައްޅިކުލައިން ދިދަހަދާ ، ފައްޅިގެ މާ ބޭނުންކޮށް ފައްޅީގެމަލުން މާފަތިހަދާ ، ފައްޅީގެ ނިޝާން ޓީވީގައިލާ (ރ)ގެ ނަމުގަ ކާލިގަނޑރަމްޒުކޮށް ، ފައްޅިތަކުގެ އެހީތެރިކަންހޯދާ މިކަންތައްތަކުން މުސްލިމު އުއްމަތް ޢިބްރަތް ޙާޞިލްކުރައްވާ!

  6. ރަށްދު

    އެއްކޮންގޮވާފަ ތިތިބީ

  7. ލޮލް

    ހަހަހަ ލޮލް ލޮލް ރައްޔުތުންނޭ ބުނީމަ ދޭހަވަނީ ވަރަށް ބައިވަރު މީހުންހެން ހަހަ އެކަމް ފެންނަން ތިބީ 5 ކަނބަލުން ތަކެއް ހަހަހަ ލޮލް ލޮލް ލޮލް

  8. ޙަސަން އަޙްމަދު ސަލީމް

    ތިޔަކަހަލަ ދެތިން އަންހެނަކު ނުކުމެ ހާމުދުދުރުނަގެ މާފަތި ދައްކާލުމަކުން މުސްލިމެއްގެ ހައިސިއްޔަތުން އަހަރެމެންމަށް ކުރާނެ އެއްވެސް އަސަރެއް ނެތް. ނަމަވެސް ބުނެލަން ބޭނުންވަނީ ތިޔަ ގޯސް ޚިޔާލުތައް ދޫކޮށް ހެޔޮމަގަށް ރުޖޫޢަވުން ހެޔޮކަން ބޮޑުވާހަކަ.

  9. ދެކުނު

    އުހުން ފިޔާތޮށި މާފަތިއެޅުވީމަ އެދެވުނީ ޖަނަތުލް ފިރުސައުސްއަށް ޔާމީނުގެންދަނީ

  10. މޫސަ، ހއ. ދިއްދޫ

    4000 މީހުންގެ އާބާދީ އަކުން 20 މީހުން ނިކުތުމުން ކައުންސިލަރުންގެ މަސައްކަތް ބަލައި ނުގަންނަކަން އެބަ އެނގޭ. ހާޝިމު މެންނަށް ހީވާކަހަލަ އެމީހުން ކުރާކަންކަން ރައްޔިތުންނަށް ނޭނގޭނެއޭ. މުޅީންވެސް އަމިއްލަ އެޖެންޑާގައި މަސައްކަތް ކުރަނީ. ރަށު ތަރައްޤީ އަށް ކުރި ކަމެއް ނެތް. މުސާރަ ނަގައިގެން ތިބެނީ.

  11. ބޮސް

    މިތިބީ އީޔޫގޮ ފާދިރީން ތައް