ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި މައްސަލަ ބަލަން ކޮމަންވެލްތުގެ ބައިވެރިވުމާއި އެކު ތައްޔާރުކުރި ކޯނީން ނެރުނު ރިޕޯޓްގެ ހަނދާންތައް އާކޮށް އެމްޑީޕީގެ އޭރުގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.

އޭރުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް 2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، މަގާމުން އިސްތިއުފާ ދެއްވީ މަޖުބޫރު ވެގެން ކަމަށާއި އެއީ ބަޣާވާތެއް ކަމަށް ވިދާޅުވުމުން ކޮމަންވެލްތު މެދުވެރިއެއްގެ ރޯލް އަދާކޮށްގެން ކޮމަންވެލްތުގެ މަންދޫބަކު ބައިވެރިވެ ވަޑައިގެން ރިޔާސީ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު އުފެއްދެވިއެވެ.

ކޯނީގެ ނަން ދިން ރިޔާސީ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ނިންމީ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އަމިއްލަ އިހްތިޔާރުގައި ކަމަށާއި އެއީ ރޭވިގެން ގެނައި ބަޣާވާތެއް ނޫން ކަމަށެވެ.

ނަޝީދުގެ ވެރިކަން ވެއްޓުނުތާ އަށް އަހަރު ފުރުން މިއަދު އެމްޑީޕީން ފާހަގަ ކުރަމުން ގެންދާއިރު 2018 ވަނަ އަހަރު ވެރިކަމަށް އައި އެމްޑީޕީގެ ސަރުކާރުން ވަނީ ކޮމަންވެލްތުގެ މެންބަރު ގައުމަކަށް އަލުން ރާއްޖެ ހަދާފައެވެ. މިހަފްތާގައި ސަރުކާރުން ގެންދަނީ އަލުން ކޮމަންވެލްތުގެ މެންބަރަކަށް ވުމުގެ އުފާފާޅު ކުރަމުންނެވެ.

އެކަމަށް އިޝާރާތްކޮށް ރިކޯ މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތްގެ އިސްނެގުމާ އެކީ ތައްޔާރުކުރި ކޯނީ ރިޕޯޓުގައި 7 ފެބްރުއަރީ ގައި ހިންގާ ދިޔައީ ބަޣާވާތެއް ނޫން ކަމައް ލިޔެ ރިޕޯޓު ނެރެފައި ވަނިކޮށް އޭގެ އަށް އަހަރު ފަހުން 07 ފެބްއަރީއާ ދިމާކޮށް ކޮމަންވެލްތްގައި އަލުން ބައިވުމުގެ އުފާ ފާޅުކުރާއިރު ހެސްކިޔާފަ އަތްޖަހަމުން ގެންދާ ކަމަށެވެ. ހަރުގޭގަ ސައި އޮތިއްޔާ ދާނަން ކަމަށް ވެސް މޫސަގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުން 11 ނޮވެމްބަރާއި ހަމައަށް އާރައީސަކު އިންތިޚާބު ނުކުރެވި، ޤާނޫނީ ހުސްކަމަށް ދާން އުޅުމުން ކޮމަންވެލްތުގެ ބައިވެރިވުމާއި އެކު އެމްޑީޕީން އެއްބަސްވުމެއްގައި ވެސް ސޮއި ކުރިކަމަށް އޭރު އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނެވި މޫސަ ވިދާޅުވިއެވެ.

"2013 ނޮވެމްބަރު 11 ހަވީރު ކޮމަންވެލްތުގެ ބައިވެރި ވުމާއި އެކު އެމްޑީޕީ ސޮއެކުރި ލިއުމުގައި އެރޭ 12 ޖަހާއިރަށް މަޖިލީހާ ވެރިކަން ހަވާލުކުރާނެކަމަށް ލިއެފައިއޮއްވާ ވަހީދާ ބައިވެރިން ޤާނޫނާއި ޚިލާފަށް 7 ދުވަހުވެރިކަން ކުރީމަވެސް ކޮމަންވެލްތު އޯކޭ. 8 އަރުފަހުން ހެސްކިޔާފައަތްޖަހާ. ދާނަން ސައިއޮތިއްޔާ" މޫސަގެ ޓްވީޓްގައި ވިދާޅުވިއެވެ.

2013 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހު ރައީސަކު އިންތިޚާބު ނުކުރެވުމުން ނޮވެމްބަރ 16 ވަނަ ދުވަހާއި ހަމައަށް ވަހީދު ވެރިކަމުގައި ހުންނެވިއެވެ. ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރ 16 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހަސަންކޮއި

    ވަރަށްފުރިހަމަ

    16
    1
  2. ކޯނީ ރިޕޯރޓު

    މީ އަނެކަކު!ހީ ހީ ހަލާކު

    7
    6
  3. ނަގޫގޮށްޖެހި

    ދާދި ފަހަކުން އަންނިވެސް އޯޕަންކޮށް ނޫސްވެރިންނަށް ބަޔާނެއް ދީފައި އޮންނާނެ އެއީ ބަޣާވާތެއް ނޫން ކަމަށް.

    38
    1
  4. ވަޠަން

    އަންނިއަކީ ހަމަ ޤާއުމުގެ ހަލާކު. އަހަންނަން ފެންނަނީ ހަމަ މިހާރުވެސް އެ ހުރި މަޤާމުން އެކަލޭގެ އިސްތިޢުފާ ދޭން. އަންނި ދޫނީ ދޮންކަލޯ އަވަހަށް އިސްތިޢުފާދީ.

    33
    1
  5. މުބީނު މާރނީ

    ރީކޯ އުޅެނީ ރައްޔިތުން ވެބު ހައްދަން. އެދުވަސް (ވެބު ހެއްދޭނެ ދުވަސް) ދެން ފާއިތުވެ ހިގައްޖެ. އެންމެނަވެސް އިނގޭ ކޯނީ ރިޕޯޓުގެ އިސްވެރިޔަކަށް ހުރީ މައުމޫނުގެ ޑިފެންސް މިނިސްޓަރު ކަން ކުރި އިސްމާއީލް ޝަފީއު ކަން. ސިންގަޕޫރު މީހާ އެއީ ގަނެލެވޭ މީހެއް ކަން. ބަލަގަ ރީކޯ ދިވެހި ރައްޔިތުން ގަމާރެއް ނޫނޭ.

    1
    3
  6. ކަދުރު

    އޭގެއިން އެނގެނީ އަދުލުގެ ނިޒާމައް އިހުތިރާމް ކުރާކަން. ތިކަހަލަ މީހުން އެމީހުންގެ ދަރިންނައްވެސް މަލާމަތް ކުރާނެ.

    2
    1
  7. ޙާލަތު

    މޫސައަށް ކޮށްލިވަރު މިހާއަވަހަށް ހަނދާން ނެތުނީ. ޥެދާނެ ކުރި އަނިޔާގެ ސަބަބުން ސިކުނޑިއަށް ލިބުނު ގެއްލުން އަދި ރަނގަޅު ނުވަނީކަމަށް.

    2
    1
  8. ޑަމީ

    ބޮޑު ވަގު

    2
    1
  9. ދިވެހި ދަރިއެއްގެ ދުލުން

    ރީކޯ ކަލޭ މާރީޗެއްނޫން މީހުންގެ ވާހަކަ ދައްކާކަށެއް، ކަލޭތީވެސްތީ ދިވެހިންގެ ލާރިގަނޑު ކާލައިގެން ހުރި މީހެއް. އަދި ކަލޭގެ މުވައްޒަފުންނަށް އެމީހުންގެ މުސާރަނުދީ، އެމީހުންގެ އާއިލާތަށް ބިކަކޮއްލި މީހާ!!!!!!!!!!!.....

    5
    1
  10. އަލިފް ހ

    މީހަކު އަމިއްލައަށް ވެއްޓި ގަނެގެން އެދުވަހެއް ފާހަގަ ކުރުމަކީ ހައުދަހައިވާ ލަދުވެތިކަމެއްތާއޭ! އ/ހ

  11. ހޯރަ ބޭ

    ކޯނީ އަން އައިތަނުން ރިސޯޓްހަދަން ރަށެއވެސް ދިން ހެހެހެ

  12. ރީކޯ

    ސައި އޮތިއްޔާ މަވެސް ދާނަން