މިދިޔަ ބުރާސްފަތި ދުވަހު ކ.މާފުށީގައި، ބިކިނީ ލައިގެން ހުރި ފަތުރުވެރިއަކު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި ހައްޔަރު ކުރީ ރަނގަޅަށް ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެއަށް ވުރެ ރަނގަޅަށް، ޒިންމާދާރު ކަމާ އެކު އެމީހާ، ފުލުހުންނަށް ހައްޔަރު ކުރެއްވުނީސް ކަމަށް ދުންޔާ ވިދާޅުވިއެވެ.

އެކަމަކު، ދުންޔާގެ ޓުވީޓުގައި ވިދާޅުވި ގޮތުގައި އެ ފަތުރުވެރިޔާ ކުށެއް ނެތް ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. އެ ފަތުރުވެރިޔާ ވެސް ރާއްޖޭގައި އޮތް އިސްލާމް ދީނާއި އާންމު އިޖުތިމާއީ މިންގަނޑަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ކުރެއްވި ޓްވީޓް: ފޮޓޯ މީސްމީޑިއާ

ފުލުހުން ފަތުރުވެރިޔާ ހައްޔަރު ކުރީ ތުވާއްޔެއް ބޭނުންކޮށްގެން އައުރަ ނިވާ ކުރަން ކުރި މަސައްކަތަށް އޭނާ ހުރަސް އެޅުމާއި ގުޅިގެންނެވެ.

ހަތަރު ފިރިހެން ފުލުހަކު ބާރުގެ ބޭނުންކޮށްގެން އޭނާ ގައިގައި ބައްދައިގެން ބިޑި އަޅުވަން މަސައްކަތް ކުރިއިރު އޭނާ ދިޔައީ "އަވަގުރާނަ" ގޮވަމުންނެވެ. އަދި އޭނާ ކައިރީގައި ފިރިހެން ފަތުރުވެރިއަކުވެސް ހުއްޓެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން ނަމަވެސް ފަހުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

މާފުށީގައި މަސްތުވެގެން ނިވާކަން ކުޑަކޮށް މަގުމަތީގައި އުޅުނު ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތް ގާތުން ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްގެ ޓިމެއް އެ ރަށަށް ގޮސްފައިވާ ކަމަށާއި، އެ މައްސަލަ ދެ ދުވަސް ތެރޭގައި ބަލައި ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އަންގާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފަތުރުވެރިޔާ ހައްޔަރުކުރީ ރަނގަޅަށް ނޫން ކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް އެއްބަސްވެވަޑައިގެންނެވިއެވެ. މި މައްސަލަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

އެ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަަޅު އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ. އަދި ދިވެހި ރައްޔިތުންނާއި، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަން ދޭނެ ކަމަށް ފުލުހުން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މިރުޒަނތް

    އަމިއްލައަށް ދިޔަނަމަ ހޭންޑަލްކުރަން، ޓްވީޓެއް ކޮށްލީމަ އެހިސާބުން މައްސަލަ ނިމުނީނުން

    60
    1
  2. ސެނަޓައިޒާރ

    ތި ވާނީ ބްލެކް ވިޑޯ ދައިތްއެޅީ ކަމަށް

    18
    2
  3. Anonymous

    ލާދީނީ އެއްވެސް އެއްޗަކައް ކަމަކު ނުދާނެ

    48
    4
  4. ޥައިޑީ

    ޙައްޔަރުކުރި ގޮތް ކަމަކު ނުދޭ ތަންކޮޅެއް ތަހުޒީބުވެ ޕްރޮޕެޝަނަލްވާން ެބަޖެހޭ ފުލުހުން.

    7
    45
    • ޙައްގުބަސް

      ފުލުހުން ހައްޔަރުކުރީ އަދި މާރަނގަޅަށް އޯގާތެރިކަމާއެކު!! ފުލުހުންގެ އަމުރަށް ނުކިޔަމަންތެެރިކަން ދައްކާ ގަދަހަދާ މީހުން ހައްޔަރު ކުރަންޖެހޭގޮތަކީ، އެފަދަ މީހަކު ޖެހެނީ ފުރަތަމަވެސް އުކުޅެއް ބޭނުންކޮށްގެން (އެއުކުޅު ފުލުހުންނަށް އެނގޭނެ) މީހާ ބިންމައްޗަށް ތިރިކޮށްލަން ނުވަތަ ބިންމައްޗަށް ވައްޓާލަން އެއަށްފަހު އެމީހާ ބިންމަތީގައި ބަންޑުން ބޭއްވުމަށްފަހު އެމީހާއަށް ނުތެވޭގޮތަށް ފުލުސްމީހާގެ ކަކޫލުން ބުރަކަށީގައި ވިއްދާ ބަހައްޓާފަ ދެއަތް ފުރަގަހަށް ގެނަސް ބިޑި އަޅުވާނީ! ދެން މީހާ ބިންމަތިން ތެދުކޮށްގެން ގެންދާތަކަށް ގެންދާނީ!! މިއީ ފުލުހުންނަށް ނުކިޔަމަންތެރިވެ ފުލުހުްންގެ ބެލުމުގެ ދަށަށް އަންނަން ދެކޮޅުހަދާ ފަރާތްތައް ހައްޔަރުކުރަން ޕްރޮފެޝަލީ މަސައްކަތްކުރާގޮތަކީ!! މިއީ ކުރިއަރާފައިވާ ހުރިހާ ގައުމެއްގައިވެސް ޢަމަލުކުރާގޮތް!! ނޭގި ވާހަކަ ނުދައްކާ!! އޮޕަރޭޝަނަލް އަދި ޓެކްޓިކްސްގެ ޒައްރެއްގެ މިންވަރު ނޭނގޭ މީހުން އަނގަނުތަޅާ މަޑުން ތިބޭ!! ފުލުހުން އެމީހާ ބިންމައްޗަށް ވައްޓާނުލާ އެކަންކުރިގޮތް ހަމަ ވަރަށް ރަގަނޅު!! ބިންމައްޗަށް ވައްޓާލިނަމަ ހުސްގަޔާ ހުރި މީހަކަށް އަނިޔާ ލިބޭނެކަމަށް ބަލާފަ އެކަން ނުކުރީކަމަށް ބެލެވެނީ!!

      63
      1
      • އަހަރެން

        އަންހެނެއް ހައްޔަރުކުރާއިރު އަންހެން ފުލުހެއް ހުންނަންވާނެ. ޕްރޮފެޝަނަލްއެއް ނޫނެކޭ އެކަކުވެސް ނުބުނޭ އެކަމަކު މިއަށްވުރެ ބޮޑަށް ޕްރޮފެޝަނަލްކޮށް ކަންތައް ކުރެވެން އޮންނާނެ. އަންހެނެއްގެ ގައިގައި ފިރިހެން ފުލުހެއް އަތްލުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫން. މިއީ އެ އަންހެން މީހާ ދިފާޢުކޮށް ވާހަކަ ދެއްކުމެއްނޫން.

  5. ވާނުވާ

    ރަގަޅު ގޮތް ކިޔައިދީ ބައްޕާފުޅަށް، މާފުށި ޖަލުގައި މީހުން ގަޔަށް ބަޑި ނުޖަހާވެސް އެކަން ހައްލު ކުރެވޭނެ ރަގަޅު ގޮތް އޮންނާނެ،

    34
    2
  6. ޙަމަހަމަ

    މޮޅެތި ވާހަކަދައްކާ ޢެންމެންވެސް ބުނާނެ "ތިޔަށް ވުރެއް ރަނގަޅަށް ކަންކުރެވުނީސްއޭ". ޢެކަމަކު ދުވަހަކުވެސް ނު ބުނާނެ އެ ބުނާ އަނެއް ގޮތަކީ ކޮ ބައިކަމެއް. ޢަދި ޓުވީޓަކު ނެތް އެތާ ހުރި މީހާގަޔަށް އަތްލި ވާހަކައެއް. ޢަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ވާހަކައެއް. ޢޮތީ އިޖުތިމާއީ ދީނީ މިންގަނޑުގެ ވާހަކައެކަނި.
    ޢެހެން ގައުމެއްގަ ނަމަ ތި މީހާގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާފަ ޓޭޒަރުން ކަރަންޓު ޖައްސާފަ އަތް މަތާލާފަ ބިޑިއަޅުވާފަ ބާއްވާނީ.

    ފުލުހުން ހަމަ ބަރާ ބަރު! ޥަކި މީހަކަށް ހާއްސަކަމެއް ނޯންނާނެ!

    36
    1
  7. ނީނާ

    ފުލުހުން އެއަންހެންމީހާ ހައްޔަރުކުރިގޮތް ކަަމަކުނުދޭ، ކޮބާ އަންހެން ފުލުހުން.

    3
    33
    • ޙަމަހަމަ

      ޢެ ރަށަކު ނެތޯ. ޢެހެންނަމްވެސް އެއީވެސް މި ރާއްޖޭގެ ގަވާއިދެއް ދޯ ؟ އަންހެން ފިރިހެން ފުލުހެއް ބެލުމެއްނެތި ފަތުރުވެރިޔާ ޖެހޭނެ ކިޔަމަންވާން.

      12
      1
  8. ސަޓޯ

    ދެން ކަމަނާފާނު ދާންވީނު ޕޮލިސް ސޫލަށް، ރާ ބޮއެގެން ހުންނަ މީހަކު މައިތިރި ކުރާނެގޮތް ކިޔާދޭން ޕޮލިހުންނަށް. ޓުވީޓު ނުކޮއް.. މިވެރިން ދެން މޮޅުއެއްޗެއް ކިޔާފަ ޓުވީޓު ކުރީމަ ހުރިހާކަމެއްވީ!!

    15
  9. ހަތް ގުދު

    މިއޮތީވާ ޒަމާނެއް.. މަންޖެއަށް ބޭރު މީހުންގެ ރުހުން ހޯދަން އުޅެ އުޅެވެސް އެކަމެެއް ނުވިދޯ؟؟؟ ބައްޕަ ކަންތައް ކުރި ގޮތުގެ ވާހަކަ ދައްކަބަލަ ފުރަތަމަ.. ލާދީނީ އަ ން ނި އަށް ވެރިކަން ދިޔައީ ތަގޭ ބައްޕަގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން.. ތި ބިކިނީ ގްރޫޕް އަށް ވަދެ އެގޮތަށް އުޅެން ބޭނުމިއްޔާ އެހެން ގައުމަކަށް ދޭ... މިގައުމުގައި ޗަރުކޭސް ދައްކަބް އުޅޭނެކަމެއްނެތް.. ރައްޔިތުން ލޮލުގައި އަނދުން އަޅުވާފަ😎😎

    10
  10. ޟމ

    އަހަރެމެންނަށް ވެސް ދުންޏާ އުޅޭ ގޮތެއް ކަމަކު ނުދޭ،

    20
  11. ސޯކާބެ

    ކަމަކުނުދާނެނުންތޯ ހުދުތިމާމެންނައްވެސް އާރަށުގައި އުޅެވިފައި ހުރިގޮއްކަމައް ވެދާނެނުންތޯ އެހެންވެއްޖެއްޔާ އިއްތިފާގަކުންވެސް ކަމަކު ނުދާނެނުންތޯ މީހުސް ސުވާލް ނުންތޯ

    15
  12. Anonymous

    ލާދީނިއްޔަތަށް ލޯބިވާ ބަޔަކަށް އެކަން ބަލައިގަންނަން އުނދަގޫ ވާނެ. އެހެން މީހުން ކުއްވެރިކޮށް ޓުއިޓުކުރަމުންދާއިރު ތިމާ މީހާ މުސްކުޅިވެ ބޮލުގައި ނުރަޖަހަމުންދައިރު އައުރަ ނިވާކުރަން ހިތަށްވެސް ނާރާ. އެއީ ލާދީނީ ކަން ހުރިވަރު.

    11
  13. Anonymous

    މިކަމަނާ އަށް ދިވެއްސަކުވެސް ކަމުނުދާ ކަން އެއޮތީ ފެންނަށް.އެހެވީމާ ދިވެހި ފުލުހުން ވެސް އެމީހުން ކުރާކަމެއް ވެސް ކަމަކު ނުދާނެނު. މިކަމަނާ އަށް ރަނގަޅު ވަނީ ބަނގުލަދޭޝްގެ ފުލުހުން ކުރަކަން ތައްވިއްޔާ އެވެ.

    13
  14. ވިޝާމް

    ލިޔެކިޔަން ނޭނގޭ މީހުން ޕޮލިހުގަ ކިހިނެއް ވާހަކަ ދައްކާނީ

    4
    3
  15. ޖިންނިފުރެންޑް

    އޭނަ ހައްޔަރު ކުރަން ދާންވީ ފުލުހުން ބިކިނީ ލައިގެން އުތަ

  16. ޢަލީ

    އެކަމުގައި ފުލުހުން ކަން ކުރީ ރަނގަޅަށް. އޮރިއާމުން ހުރެ ފުލުހުންނަށް ޙަމަލާ ދޭއިރުވެސް އެއީ ދޮން މީހެކޭ އަންހެނެކޭ ކިޔާފައި އެމީހާ މުޅި ރަށުތެރޭގައި ކުޑަކުދީންގެ ކުރިމަތީގައި ދުވަން ދޫކޮށްލަށް ވަކާލާތު ކުރާ މީހުންނަކީ ހަމަ ޔަގީނުންވެސް މިފަސްގަނޑު ފަސާދަކުރަން ހިތްވަރުދޭ މީހުން. ހަގީގީ ހަރުކަށި މީހުންނަކީ އެއީ. ދުންޔާ އަކަސް ތިގޮތަށް ވަކާލާތު ކުރަންޏާ އެކުރެވެނީ މި ދިވެހި ރާއްޖޭގެ ހައްގުގައި ފަސާދައަށް. އަދި މިކަމުގައި މައާފަށް އެދުނު ހަމީދު މިހާރުން މިހާރަށް އިސްތިއުފާ ދޭން އެބަޖެހޭ. ސަބަބކީ އޭނާއަށް ދީނާ އިޖުތިމާޢީ މިނަގަނޑާ ދިވެހި ރާއްޖޭގެ ގަާނޫނާއި ގަވާއިދަށް ވުރެ ލާދީނިއްޔަތު މުހިންމު ވީކަން ޢަމަލުން ދެއްކުން. އޭނާއަކީ މިދިވެހި ރާއްޖޭގެ ގާނޫނުއަސާސީ ނަގަހައްޓަން ހުވާ ކޮށްގެން ހުރި މީހަކަށްވެ އެކަން ނުކުރުން. އަދި އޭނާގެ އެ އަމަލުގެ ސަބަބުން މިދިވެހި ރާއްޖޭގައި ބައިބައި ވުމަށް ފުރުސަތު ލިބޭކަން ވެސް އަވަނީ އެނގި ފާޅުވެފައި.

  17. ޙަސަން

    ތީ ބުރުގާ އެޅުންވެސް ކަމުނުދާ ގުރޫޕެއްނު. ހުރިހާ ދަންނަބޭކަލުން ބުރުގާ އަޅަންޖެހޭނެކަމަށް ވިދާޅުވާއިރުވެސް ތިގުރޫޕް މުސްކުޅިވާއިރުވެސް ތިހުންނަނީ ތިގޮތަށް. ކާކަށްތޯ ދެރެވާނީ. މީހާގެ ޖާހާ ޢިއްޒަތާ ޤަދަރާ މުއްސަދިކަމެއް މަރުވުމަށްފަހު ނޯންނާނެ. އޭ ހޭއަރާ ވިސްނާށެވެ.

  18. ނަސީދު

    ޢަންނިޔަ ސަނާކިޔާ ކުއްޖެމީ ބައްޕާފުޅު ވެރިކަމުން ބޭލިދުވަހު އެކަން ހަދާން ނެތީދެއްތޯ

  19. ބާގީ

    ކަންބޮޑު ނުވޭ ތިޔަ އަންނގެ އަންގައިން ހަލާކުވެނުމިދާތަން ދެކެން ތިބޭ.