ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމް ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ފުވައްމުލަކު ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރެއްވި ކުރީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

ފަޒާދުއާ ވާދަކުރައްވާ ފުވައްމުލަކު ސިޓީގެ ޕީޕީއެމް ޓިކެޓު ކަށަވަރުކުރީ ތޯރިގު އަހުމަދެވެ. އޭނާ ވަނީ ޕްރައިމަރީގައި 892 ވޯޓު ހޯދާފައެވެ. ކުރީގެ މެންބަރު އަލީ ފަޒާދަށް ލިބުނީ 634 ވޯޓެވެ.

ފުވައްމުލަކުގެ ހަތަރު އަވަށެއްގައި ޕީޕީއެމްއިން ވޯޓު ފޮށި ބެހެއްޓިއެވެ. އޭގެތެރެއިން ފުނާޑް އާއި މާލެގަން ފިޔަވައި އަނެއް ހަތަރު އަވަށުގެ އަގުލަބިއްޔަތު ނަގާފައިވަނީ ތޯރިގެވެ. މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ އަގުލަބިއްޔަތު ވޯޓު ނަގާފައި ވަނީ ތޯރިގެވެ.

ފަޒާދު ވަނީ އެ ނަތީޖާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ކައުންސިލް އިންތިހާބުގައި ތޯރިގަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އޭނާ ވަނީ ޕީޕީއެމްއިން އިންތިހާބަށް ތައްޔާރުނުވާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ. އެގޮތުން އޭނާ ވަނީ އިދާރީ ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ސަރުކާރާއި ދެކޮޅުވެ އިދިކޮޅު ހަރަކާތްތަކުގައި ވަނީ ބައިވެރިވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޯރި

    ޠާރިޤަކަށް އިސްމާއިލް ކައިރީ ހިފަހައްޓައެއް ނުލެވޭނެ.
    ރަށުގެ ބޮޑު މެޖޯރިޓީ އޮތީ އިސްމާޢީލާއެކު ޚާއްސަކޮށް ދަޑިމަގު ޒުވާނުން.

    5
    21
  2. ދުމޭ

    އިސްމާއިލަށް ވަކި މާ ބޮޑު އެއްޗެއްނެހެދޭނެ. ޕަޕެޓެއް ، ގައުމު ވެއްޓެމުން މިދާ އަނދަވަޅުން ފުވައްމުލަކަށް މޮޅެއް ހޯދޭނީ ތައުލީމީ ސިޔާސީ ކެރޭ މީހަކަށް. ދެމީހުންނީވެސް ތައުލީމީ ދެމީހުން. އިސްމާއީލަކީ ސިޔާސީ "ހަމީދެއް". ބޭނުންވަނީ ސިޔާސީ - ކެރޭ "ޗެޓޫ" އެއް.

  3. ޟުހައްމާ

    ދޫޑިގަމު ޒުވާނުން ޖަލަށްލައި، ދެންތިބި ކުދިން ދެއިރު ދެދަޅަޔަށް މައްސަލަ ބަލަން މާލޭ ކޯޓަށް ދަމަމުން ދާކަން ހަނދާނެއް ނުނެތޭ. ޢިސްމާއީލް އެކުދިން ޖަލުން ދޫކުރޭ. ޢެހެންނޫނީ ވޯޓެއް ނުދެވޭނެ.

    1
    1