ފެނަކައިން ހއ.އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

އުތީމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ މަސައްކަތް މިއަދު ފައްޓަވައިދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުހައްމަދާއި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ނަސާ ލިންކް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށެވެ.

މި އެއްބަސް ވުމުގައި ނަސާ ލިންކްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަބްދުލް ރަޙްމާނެވެ. ފެނަކަ އިން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އައި ވޯންޓު ސީ ޔޫ ނައޮ ސާބަސް ތަކަންދޭ

  2. މުގައްދަރު

    ތިޔައީވެސް ކައުންސިލު އިންތިހާބައް ކުރާ ކަމެއް ބިންގާ އަޅާލީމާ ނިމުނީ ވޯޓްދޭނެ ރައްޔަތުން އިންޖީނުގެ އަޅާނެ ކަމެއް ނޭންގޭ މިހާތަނައް ކަން ކަން ކޮއްފައި ހުރީ