ޓްރެފިކް ޖޫރިމަނާ ނުދައްކައިފިނަމަ އެ ފައިސާ ހޯދުމަށް ދައުވާ ކުރުމުގެ ބާރު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ދޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބަދަލު ގެނައުމަށް އިސްލާހު ހުށައަޅާފިއެވެ.

މި އިސްލާހު ހުށައަޅާފައިވަނީ ދައުލަތުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ.

މި އިސްލާހުގައި ޓްރެފިކް ޖޫރިމަނާ ނުދައްކައިފިނަމަ އެ ފައިސާ ވާނީ ދައުލަތަށް އެމީހަކު ދައްކަން ޖެހޭ މަދަނީ ދަރަންޏަކެވެ. އެފައިސާ ދައުލަތަށް ހޯދުމަށް މީރާއަށް އެމީހާގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރެވޭނެ އެވެ.

އޭގެ އިތުރުން، ޓްރެފިކް ގަވާއިދާ ހިލާފުވެގެން ކުރާ ޖޫރިމަނާ އާއި މެދު ހިތްހަމަ ނުޖެހޭނަމަ ޓްރާންސްޕޯޓު މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެފަދަ ނިޒާމެއް އެ މިނިސްޓްރީގައި ގާއިމް ކުރަން ވާނެ ކަމަށެވެ. ޖޫރިމަނާގެ އަދަދުތައް މުރާޖައާކުރެވޭނެ ހާލަތްތަކާއި، ހަމަހަމަކަމާއެކު އެކަން ކުރެވޭނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެކަމަށް ބުނެފައިވެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ ވަރަށްވުރެ ބާރަށް އުޅަނދު ދުއްވައިފިނަމަ ފުރަތަމަ ފަހަރު1000 ރުފިޔާއިން، ދެވަނަ ފަހަރު 1500 ރުފިޔާއިން ޖޫރިމަނާ ކުރަން އިސްލާހުގައިވެއެވެ. އަދި ތިން ވަނަ ފަހަރުން ފެށިގެން ގަވާއިދާ ހިލާފަށް ބާރަށް ދުއްވައިގެން ހުއްޓުވާ ކޮންމެ ފަހަރު2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭގެއިތުރުން، އެއްގަމު ދަތުރުފަތުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި މިވަނީ ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖެހުން މެކުހަށް ޖަހާފައިވާ ކަމަށް ބުނެ އާންމުގެ ރުޅިވެރިކަން ސަރުކާރަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައި އެވެ.

މިހާރު ގާނޫނު އޮތް ގޮތުން ޓްރެފިކް ޖޫރިމަނާ ފައިސާ ނުދައްކައިގެން ދައުވާ ކުރުމުގެ ބާރެއް ނޯވެ އެވެ. އެކަމަކު އެ އުޅަނދަކާއި ގުޅޭ ހިދުމަތްތައް ފޯރުކޮށް ނުދިނުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.

ނުގަވާއިދަށް ޕާކުކުރާ އުޅަނދުގައި ސްޓިކާ ޖަހައިގެން ފުލުހުން އަންނަނީ ގިނަ އަދެދެއްގެ ރުފިޔާ ނަގަމުންއެވެ. މިކަމާ ގުޅިގެން ގިނަ ރައްޔިތުން އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންއެެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހަސަން

    ރަޔިތުންގެ ލޭބޯސަރުކާރު މީވަބާއެއް ސަމާލުވޭ ނިކަމެތިން ފެލާޤެން ކަނީ

    36
  2. ވަޅޯ

    ޔާމިންގެ ވެރިކަމުގައި ނަމަ އަނގަ ބޮޑުވެފައި
    ބޮލަށް ތުރާވެ އުޅުމަށް ދަތިވާނެ!! މިބުރާންތިންވީމަ ހެޔޮކޮންމެ ގޮތެއްހެދިޔަސް، އަނބިދަރިން ވެސް ހޯދަން ދައުވާ ކޮއްފާނެ،
    ބބބައެތުލްމާލު ހުސްވެގެން ތިހަރަގެން ހޭބަލިވަނީ

    28
  3. ނަސީދު

    ބާރައްދުއްވައިގެން ޖޫރިމަނަ 10000 ނަގަން ފެނޭ އެރުން ބާރަދުއްވާމީހުން ކުޑަކޮއްނަވެސް ވިއްސްނާލާނެ

    11
    13
  4. Anonymous

    ގޮސް އދ.ދިގުރަށަށް ގޮސް ބަލާ މާލެއަށްވުރެ ގިނަ ސައިކަލު އޮއްނާނެ! މީހުންނަށް އުނދަގޫވާވަރަށް ބާރަށް ދުއްވާނެ! އެތަނަށްގޮސް ބާރަށް ސައިކަލު ދުއްވާމީހުންގެ ސައިކަލުތަކުގަވެސް ސްޓިކާ ޖަހާނަމަ! ހަމަ އެކަނި މާލޭގައެއްނޫން ތިކަހަލަ ކަންތައްތައް ކުރަންޖެހެނީކީ ރާއްޖެތެރޭގަވެސް

    16
    2
  5. މާމީ

    އިއްޒައްތެރި މބޭފުލުން ރައްތިތުންގެ ޓެކުސް ފައިސާ އިން މަހަކު 85000ރުފިޔާ ގެ މުސާރަ ނަންގަވާގެން ތިއްބަވާ އިރު ރައްޔިތުން އަތުން ގަދަކަމުން ފައިސާ ފޭރިގަންނަ ގޮތައް ދޭހަވާ ކަހަލަ މައްސަލަތައް މަޖިލިހައް ވައްދާގެން ތި ފާސްކޮއްލަނީ އެއްވެސް ވިސްނުމަކާ ނުލާ އަމިއްލަ އެދުމައް ކަމައް ދެކެން... ތިޔަބިލުގަ އެއްވެސް ވަރަކަށް އަލިއަޅުވާފަކަ ނެތޭ މާލޭގަ ލައިސަންސު ދީފަ މިތިބި ރާއްޖޭން ބޭރުމީނުނަށް ލައިސަންސު ލިބިފަ ތިބީ ކިހިނެއްކަމެއް ބަލާލުމުގެ އެއްވެސް ވާހަކައެއް،،،،، މިއިންވެސް އެނގޭ މީ ހަމަމާލޭގަ ވެހިކަލް ދުއްވާ ދިވެހިންނަށް ޓާގެޓު ކޮއްފަ ކަން ،،،ވަރަށްސަލާމް މިފަދަ އަނިޔާވެރި ކަމެއް ދޭންއުޅޭތީ.

    20
    1
  6. ފިލާވާޅު

    ކައްވަޅު ކޮއްނަނީ އަމިއްލަޔައް

    20
    1
  7. އަފީ

    މިއަދުގެ ގަމާރު ކަމަށް ނުކުޅެދޭ މީހުން ތިބި ސަރުކާރަށް ގައުމު ހިންގަން ނޭގުމު ނަތީޖާ މި ފެންނަނީ. އަދިވެސް ތަނެއް އޮތިއްޔާ ވާނޭ ކިޔާ ބޮކޮށްޕޭތޯ ބަލާތި.

    26
  8. Anonymous

    ދެން ބާރަށް އަތް ޖަހާ ކޮޑުހުޅުން ނެއްޓެންދެން އެޖެންޑާ19

  9. މެދުކަށިމީހާ

    އެންމެ ބައި ލޯ ލާރިއެއްވެސް ނުދޭނަން. މުސްލިމުންގެ އަތުން ވައްކަން ކުރާ ކަލޭމެންނަށް ލަޢުނަތް ހުރި.

    7
    1
  10. ށުމަން

    ގިނަ ރައްޔިތުން ޖޫރިމާނަ ފައިސާ ނުދެއްކީމަ ދެން މީރާ އުޅޭނެ އެއްނު ކޯޓަށް ލައިގެން ދުވެ ދުވެ.އެ ވަރު ކޮއްލީމަ ދެން ފައިސާ ދައްކާނީ. ޢަހަރެމެން ވެސް ފައިސާ ހޯދަނީ ވަރަށް ބުރަ މަސައްކަތުން އެ ހެންވީމަ ކަލޭމެންް ވެސް ކޯޓއ ތަކަށް ދުވަ ވަގތުތަކެއް ނަގާލައިގެން 1 ދުވަހުން ނޫނީ 5ދުވަހުން އަހަރެމެންް ތިފައިސާ ތައް ދައްކާނީ.
    ނޯ ޕެއިން ނޯގެއިން....

  11. ދެއްވިވޯޓައްޝުކުރިޔާ

    ރައްޔިތުން ހަނާކުރާސަރުކާރު އެހެންނުވާނީ ބަޔްތުލްމާލް ދިރުވާލައިފިޔޭ އަދިވެސް ދެމީހަކު ކާއްޓެއްކަންޏާ އެދޭދެރައްވަންނާތި މަށައްވާނޭކިޔާފަ

  12. ސަޓޯ

    މީރާއަށް ތިހުރިހާބާރެއް ދިނަސް ނުދިނަސް މިއުޅޭ ބޯދިގުކޮއްފައި ތިބޭ ޕާރޓޭންނަކަށް ކަހަރު ވަކެކޭވެސް ހީނުވާނެ ކުރެވޭނެ ކަމެއްވެސް ނޯންނާނެ