ރާއްޖެ އާއި މެދު ޗައިނާގެ އެއްވެސް އަމިއްލަ އެދުމެއް ނެތް ކަމަށާއި ޗައިނާ އިން ހަމައެކަނި ބޭނުން ވަނީ ރާއްޖެ ތަރައްޤީވެ ދިވެހި ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުން ލިބެން ކަމަށް ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީ އިން ބުނެފިއެވެ.
ޗައިނާ އެމްބަސީ އިން ނެރުނު ބަޔާނެއްގައި ބުނީ "މިހާރު ވެސް ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ޗައިނާ އިން ބައިވެރިވަމުން މިދަނީ އެއްވެސް އަމިއްލަ އެދުމެއް ނެތިއެވެ. ޗައިނާ އާއި ރާއްޖޭގެ ގުޅުން ބަދަހިވުމުގެ ފައިދާ ކުރާނީ ދިވެހި ރައްޔިތުންނަށެވެ."
ޗައިނާގެ އެމްބަސީގެ ބަޔާނުގައި ވެސް ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިޙްތިރާމް ކުރުމަށް ޗައިނާ ސަރުކާރުން ގޮވާލަމުންދާ ގޮވާލުންތައް ތަކުރާރުކޮށްފައެވެ.
ޗައިނާގެ އެމްބަސީ އިން ބުނީ ބައިނަލްއަޤުވާމީ ފަރާތްތަކަށް ރާއްޖޭގެ ތަރައްޤީ އަށް އަދި ހަމަޖެހުން ގާއިމު ކުރުމަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ޗައިނާ އިން ގަބޫލު ކުރާ ކަމަށެވެ.
"ނަމަވެސް ރާއްޖޭގެ ތަރައްޤީ އަށް ވެސް އަދި ރާއްޖޭގެ ހަމަޖެހުމަށް ވެސް ބައިނަލްއަޤުވާމީ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްްދޭން ވާނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިޙްތިރާމް ކޮށްގެން" ޗައިނާގެ އެމްބަސީ އިން ބުންޏެވެ.
ރާއްޖެ އާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ޗައިނާ އިން ދަނީ މިހާރު ރާއްޖޭގައި އުފެދިފައިވާ މައްސަލަތަކާއި ގުޅިގެން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ދިފާޢުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަމުންނެވެ. ރާއްޖެ އަށް ސިފައިން ފޮނުވަން ކުރީގެ ރައީސް ނަޝީދާއި އިންޑިއާގެ ބައެއް ސިޔާސީ ބޭފުޅުން ގޮވާލަމުންދިޔަ ގޮވާލުންތަކަށް ވެސް ޗައިނާ އިން ވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ރައްދު ދީފައެވެ.
ޗައިނާ އިން ބުނެފައި ވަނީ ރާއްޖެ އަށް އިންޑިއާ ސިފައިން ފޮނުވައިފިނަމަ އެކަން އެކަން ޗައިނާ އިން ހުއްޓުވާނެ ކަމަށެވެ.
ރާކަނިމަސް ކެވިއްޖެ އެއްނު...ދެން ލަލަލަ
ކޮބާތަ ޓެރަރިސްޓް ނަޝީދު .. ހަމަ ނުބައި ރޭވުންތައް ރާވަނީދޯ. މިހާރު ފިލާއޮވެ ހުޅު ޖައްސުވަނީ ދޯ
الحمد لله، الله أكبر، ޝުކުރިއްޔާ ރައީސް ޔާމީން، ޝުކުރިއްޔާ ޝީޖިން ޕިން
އިންޑިޔާކަހަލަ ދެފުއްކެހެރި ބަޔެއްނޫންކަން އަހަރުމެންނަށް އެނގޭ!
ދެން ފެންނާނީ ޗައިނާ މީހެއް މި ގައުމުގު ވެރިޔަކަށް ހުންނަތަން!
ކާކުތަ ގަބޫލު ކުރަނީ އެދުމެއް ނެތި ވެދުމެއް ކުރާނެ ކަމަށް؟
ޏަަަަސީދައް މަރުގެ އަދަބުދޭން ގޮވާލާ ކެމްފެއިން ފައްޓަން ފެނޭ ހުރިހާ ނުސްތަކުންވެސް
ނަޝީދަކީ ބާގީއެއް.
ނަޝީދު އަކީ ބާޤީއެއް. ޢޭނާ މިރާއްޖެއަށް ނާރުވާތި. ކެރަފާ ބާޤީ ފެމިލީ