ދިވެހި ފުލުހުންނަކަީ ޕްރޮފެޝަނަލް ބައެއް ނޫން ކަމަށާއި އެފަރާތްތަކަށް ފިސްތޯލަ ނުދިނުމަށް އުވާލާފައިވާ ޖަމިއްޔާ މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ 8ވަނަ ދުވަހު ހިނގައި ދިޔަ ކަންތައްތަކަށް ބޮޑަށް އަލިއަޅުވާލަމުން ބުނެފައި ވަނީ ފިސްތޯލަ ފަދަ ލީތަލް ހަތިޔާރު ފުލުހުން އަތަށް ދޭން ނުޖެހޭ ކަމަށެވެ.

"7 އަދި 8 ފެބްރުއަރީ 2012 ވަނަ ދުވަހުގައި ފުލުހުން ހިންގާފައިވާ ޤާނޫނާއި ޙިލާފު އަމަލުތަކަށް ހިތްވަރުދީ، ޤާނޫނީގޮތުން ސުވާލު އުފެދޭ ހާލަތްތަކެއްގައި ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމާއި ހަވާލުވި މީހަކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މިއަދު ހުރެގެން، ފުލުހުންގެ އަތަށް ފިސްތޯލަ ފަދަ ލީތަލް ހަތިޔާރު ދިނުމަށް ގޮވާލުން މި ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އެމްޑީއެން އިން ނެރުނު ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިއަދު ދިވެހި ފުލުހުން "އަންޕްރޮފެޝަނަލް" ހާލަތެއްގައި ވަނިކޮށް ފުލުހުންގެ އަތަށް ފިސްތޯލަ ފަދަ ނުރައްކާތެރި ހަތިޔާރު ދިނުމަކީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއްކަން ފާހަގަކޮށް، ފުލުހުންގެ އަތަށް ފިސްތޯޯލަ ނުދިނުމަށް ގޮވާލަފައެވެ.

އަދި 2012ވަނަ އަހަރު ފެބްރުއަރީ 7 އަދި 8 ގައި ޤާނޫނާއި ޙިލާފުވި އެންމެހައި ފުލުހުންގެ މައްސަލަތައް ތަހުގީގުކޮށް، ޤާނޫނީ ވެރިކަމެއްގައި އަމަލު ކުރުމަށް ހަމަޖެހިފައި އޮންނަ އުސޫލުން އެމީހުންނާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އަށް ގޮވާލާ ކަމަށްވެސް އުވާލާފައިވާ އެ ޖަމިއްޔާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އަލިފް

    ފިސްތޯލަ ދީ ޕްރެކްޓިސް ކުރުވީމަ ޕްރޯ ބަޔަކަށް ވާނީ........ބޯގޯސް އެމް..ޑީ..ން.......

    36
    1
  2. ޖޭބޮކި

    ތި ލާދީނީ ޖަމިއްޔާ ތީ އުވާލާފަ އޮތް ޖަމިއްޔާ އެކޭ ބުނި މި ޓްވީޓް ސަރުކާރުން.

    43
  3. ރައްޔިތުމީހާ

    ޅ ހިންނަވަރު އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާ! އެމްޑީއެންގެ ޖަމިއްޔާ އުވާލިކަން ސަރުކާރުން އަންގަފައިވަނިކޮށް ކިހިނެއް އެމްޑީއެންގެ ނަމުގައި ސްޓޭޓްމަންޓު ނެރުނީ. ދެން ވުޖޫދުގައި ނެތް ޖަމިއްޔާއަކުން ނުވަތަ ރަޖިސްޓަރީ ކޮށްފައި ނުވާ ޖަމިއްޔާއަކުން ސްޓޭމަންޓު ނެރުނީ މާ އެ ބަޔަކާއި މެދު ފިޔަވަޅު އަޅަން ވާނެ ސަބަބަކީ އެއީ ބޭން ކޮށްފައިވާ ޖަމިއްޔާއަކަށްވާތީ. ސަރުކާރުގެ ރައްޔިތުންނަށް އޮޅުވާލީ ޖަމިއްޔާ އުވާލިކަމަށް ބުނެ.

    61
    1
  4. އަލިފް

    ކަލޭމެން ތީ ގާނޫނާ ހިލާފް ބަަައެއް...ސޯ ނޯ ރަައިޓް ޓު ޓޯކް.......

    46
  5. ޢާސީ

    ނޮޓް ގުޑު ޑެސިސަން ..

    20
  6. ރައްޔިތު މީހާ

    ފުުހުން ކައިރިޔައް ފިސްޓޯލު ދީފިޔާ މަރާނީ ކުށެއް ނެތް އާމް ރައްޔިތުން. ޖައްވައް ހަވަޔައް ފަޒާޔައް ބަނޑިޖަހާނީ.

    9
    30
  7. އެމްޑީ އެން

    އެމްޑީއެން އުޅޭތަ އަދިވެސް. އެއީ އުވާލާފައިވާ ބައެއް ނޫންތަ؟

    50
    1
    • Anonymous

      އުވައެއް ނުލާ އެއީ ހަމަ އަޑެއް. އުވާލިނަމަ އެމްޑީއެންގެ ނަމުގައި ބަޔާން ތައް ނެރެވޭނެތަ. ޕަޕެޓް ސަރުކާރު

      18
      1
  8. ނާމަން

    ޢުވާލި ޖަމްއިއްޔާ

    30
    1
  9. ހެހެހޭ

    އެމްޑީއެންއޭ ކިޔުނު ޖަމިއްޔާ އުވާލީމަވެސް، އެމްޑީއެންގެ ނަމުގައި ނޫސްބަޔާން ނެރެ އަނގަ ލައްކަ ހަޔާތްކުޑަވީމަ. މަހޭ ނިކަން އެއްޗެކޭ ބުނެބަލަ؟

    35
    1
  10. މަޑުކަށި

    ތި އެމް.ޑީ.އެން އޭ ކިއުނު ޖަމާއަތް އުވާލީ އެމް.ޑީ.އެންގަ މަސައްކަތްކުރި ފަރާތްތައް ޕްރޮފެޝަނަލް ކަމުން

    31
    1
  11. ...

    ޢެމްޑީއެން އަދިވެސް އެބައުޅޭތަ؟ ކަލޯ ސަރުކާރަށް މިކަންވެސް ނުކުރެވުން ދޯ. .......... ޕިސްޕިސް. . އެމްޑީއެން ތީ ވަރަށް ޕްރޮފެޝެނަލް ބައެއް ވިއްޔާ ދޯ؟ ?

    27
    1
  12. ޙަސަނާ

    އެމް.ޑީ.އެން ތިޔަޖަމިއްޔާ އިންނޭމިގައުމުގަވެރިކަންކުރަނީ ރައްޔިތުންގަބޫލެއްނުކުރޭ ތިޔަޖަމިއްޔާ އުވާލެވިދާނެކަމަކައް މިގައުމުގަ ހިންގާހުރިހާނުބައިނުލަފާކަމެއްގެ އަޑީގަވެސް ތިޖަމިއްޔާވާނެ..ރަސޫލާގެ ސުންނަތާ އެއްގޮތައް އުޅޭމީހުނާ އިލްމުވެރިންގެ ދުވަސްދުއްވާލަން ހުރިހާރޭވުމެއްރާވާ ގޭންގުތަކާގުޅިގެން މާރާމާރީތައްވެސް ހިންގުވަނީ ތިޔަބައުގަޑުކަން ވެސް ރައްޔިތުންދަނޭ ނަށިދުއައްގައުމުގެ ހުރިހާބާތެއްލިބުނީމަ މިމީހުން މިތިބީ އީދުއައިއްސަ މިމީހުންގެއެޖެންޑާ ވަރައްނުރައްކާ ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ވެސް މިވެރިން އަޑީތިބެގެން ކެމްޕެއިންކުރަމުންދަނީ...އިންތިހާބައްފަހު އިލްމުވެރިން ހައްޔަރުކުރުމުގެ މަސައްކަތް ފަށާނެ..

    21
    1
  13. އީސާ މަސީހު

    ވަގުތު ނޫސްވެރިންނައް ގޮވާލަން ތިމީހުން ނެރޭ ނޫސްބަޔާން ވަގުތު ނޫހުން ގެނެސްނުދޭން

    30
    1
  14. ކައުންސެލަރު

    މީއަދި ކޮންބައެއްތަ؟ މާ ފުއްޕަނީ. ލާދީނީ!

    31
    1
  15. ޢަޖީބު

    ހުރިހާކަމެއްގަ ރައްޔިތުންނައް އޮޅުވާލުމާ މަކަރު އުވާލައިފީމޯ އެމްޑީއެން އުވާލިޕާޓީއެއްނަމަ ކިހެނެއްބަޔާންނެރޭނީ އަނެއްކާ ދެވަނަފަހަރައް ރަޖިސްޓްރީކޮއްދިނީތަ

  16. ނުރަބޯ

    އުވާލާފައޮތް ޖަމިއްޔާއެއްގެ ނަމުގަ ނޫސްބަޔާން ނެރެވޭތަ. ކޮބާ ޔޫތު މިނިސްޓަރު

    12
    • ސަލީމް

      ނޫސްވެރީންގެ ޒިންމާދާރުކަން އަސްލުގަ ކުޑައީ!.... ކީތްވެގެންތޯ އުވާލާފައޮތް ޖަމްޢިއްޔާއަކުން ދައްކާ ވާހަކަތަކެއް އެބައިމީހުން ކުރީން ބޭނުންކުރިނަމުގައި ނޫސްވެރީން އިޝްތިހާރު މިކުރަނީ؟؟ ނޫސްވެރީންނަށް އެމީހުންގެ ކޮޑުގަ އޮތް މަސްއޫލިއްޔަތުގެ ސައިޒު ވަޒަންކުރަން އެގެން އެބަޖެހޭ! އަޅުގަޑު ދަންނަވާނީ ނޭގިތިބެހެދޭ ވަރަށް ބޮޑު ގޯހެކޭ.

  17. ފުތާ

    ޒަމާނައްސުރެން ދިވެހީންގެ ވަކި ބޭފުޅުންގެ ބަޔަކު ގަބޫލު ކުރާގޮތުގައި އެބޭފުޅުން ފިޔަވައި އިތުރު ބަޔަކު ހަތިޔާރު ބޭނުންކޮށްގެން ނުވޭ. ޕްރޯ ނުވަނީވެސް ސިޔާސީ މީހުން ހަދާގޮތުން

    5
    1
  18. ހަސަންކޮ

    އެމްޑީއެން؟؟؟؟ މީ ކިހިނެއްވާ ކަމެއް؟؟؟

  19. ފުތާބެއްޔާ

    އެހެންވީމާ ހަރުކަށި ފިކުރު މީހުންނޭ ކިޔާފަ ހެލްމެޓް އަޅައިގެން ހަމަލަ މިދިނީ މި ލާދީނީ އެމްޑީއެން މީހުން ތާދޯ

    • ސަލީމް

      ތިހެންވުން އެކަށީގެންވޭ!!

  20. އަންނި

    ފިސްތޯލަވެސް ދޭންވީ ބަޑިވެސް ދޭންވީ ނުވިތާކަށް ދަގަޑުބުރިވެސް ދީގެން މަގުމަތީ މިއުޅޭ ބައިގަނޑު މައިތިރިކުރަންވީ ގާނޫނތައް ވަކިމީހެއްނެތި ތަންފީޒުކުރަންވީ...ނުވައްޏާ އުވާލަންވީ. ސަިކަލްދުއްވާއިރު މީހުންގެ ހިތައް ބިރުވެރިކަން އަންނަގޮތަށް ދުއްވާމީހުން މައިތިރިކުރަންވީ ގެއްލުން ލިބޭނީ ނުލަފާކޮށްއެޅޭތީ.. ރީތިކޮށް ތިބީމަ އެންމެނަށޤވެސް ފައިދާ