ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ސަރުކާރު ހިންގާ އެމްޑީޕީ ޓިކެޓުގައި ވާދަކުރުމަށް ބޭއްވި ޕްރައިމަރީން މާފުށީ ކައުންސިލްގެ މިހާރުގެ ރައީސް ބަލިވުމާއި ގުޅިގެން އެރަށުގެ އެމްޑީޕީ ޖަގަހައިގައިގެ ކުލަ ފިޔާތޮށިކުލަ އަށް ބަދަލުކޮށްފިއެވެ.

މާފުށީ "ޑޮލަރު ޖަގަހަ"އިގެ ކުލަ ފިޔާތޮށި ކުލައަށް ބަދަލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން ދާއިރު، އެ ވީޑިއޯއިން ފެންނަނީ ކުރިން ރީނދޫ ކުލަ ލާފައި ހުރި ފާރުތަކުގައި މީހަކު ފިޔާތޮށި ކުލަ ލަމުންދިޔަ މަންޒަރެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މިއީ މާފުށި ކައުންސިލްގެ މިހާރުގެ ރައީސް އުސްމާން ރަޝީދަށް މިދިޔަ ޕްރައިމަރީން ލިބުނު ނާކާމިޔާބާއި ގުޅިގެން އޭނާއަށް ތާޢީދުކުރާ ބަޔަކު ކުރަމުންދާ ކަމެކެވެ. އަދި އެފަރާތްތަކުން އެގޮތަށް ކަންތައް ކުރަމުންދަނީ ޕްރައިމަރީއަށްފަހު ރަށުގެ އެމްޑީޕީ ސަޕޯޓަރުންގެ މެދުގައި ބައިބައިވުން އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މާފުށީގެ އިތުރުން ގިނަ ރަށްތަކުން ޕްރައިމަރީގައި ވާދަކުރި ކުރީގެ މެމްބަރުންނަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން މާލެ ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީގެ މިހާރުގެ މޭޔަރުންނަށް ވެސް މި ޕްރައިމަރީ ކާމިޔާބު ކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސަހީ

    ބުހހަހަހަަަހހހަަހަހހަހ ????

    29
  2. ާައާދިލް ސަލީމް

    ޢަސްލު ބޯވަތައް ފާޅުވަނީ.

    46
  3. އާދިލް ސޭޓު

    އުސްމާން ލުލް. އުސްމާން ލުލް

    12
  4. Anonymous

    މުޅި ޤައުމުން ވެސް ރީނ ދޫ ކުލަ ފުހެލާން އެބަ ޖެހޭ. ރީތި އަސުރުމާ ކުލަ ގެންނަށްވީ.

    131
    13
    • އ. ޖ. އ

      ތީރުން މުޅި ގައުމުގާ ހޮޑުލާ ރޯގާ އޮންނާނީ

      3
      43
  5. އިބުރަތް

    އަސްލު ވިސްނާލައިފި ކޮންމެމީހަކަށް ވެސް އެނގޭނެ ޒުވާނުނަށް ވެސް އަދިމުޅިރަށްުުުޔަތު ނަށްވެސް ކަންތައް ކޮށްދެވޭނެ މީހުނާއި ނުކޮށްދެވޭނެމީހުން ފާއިވި 5 އަހަރާ އެގެ ކުރީގެ އަހަރުތަކަށް ބަލާލުމުން ވެސް މިކަން އެނގިގެންދާނެ

    70
    3
  6. ސިކަންދަރު

    ތިޔާ ރަށުގެމީހުންނަށް ހެޔޮވިސްނުން ދެއްވިކަމައްޓަކާ މާތްﷲ އަށް ޝުކުރުދަންނަވަން އެއީ ފުރިހަމަ މުސްލިމަކުގެ ގަޔައް ދެފަހަރު އެއް ހަރަކުން ކައްޓެއް ނުޖަހާނޭ މުސްކުޅިން ބުނާއަޑު އަހަން އަމިއްލަ ޕާޓީގެ އިންތިހާބަކުން މަކަރާހީލައް ހަދާބަޔަކު ދެން ކާކައްތޯ އިޙްލާސް ތެރިވާނީ ޙުދު ތިމާމީހުންގެ އަމިއްލަ އާއިލާގެ ހައްގުވެސް ހޯދާނުދެވޭ ބަޔަކައް ކޮން ރައްޔިތެއްގެ ހައްގުތޯ ހޯދާދެވޭނީ މީޙަގީގަތަކީ ވީމާ މާފުށީގެ ރައްޔަތުންނައް ހެޔޮވިސްނެވުންދެއްވީތީ މާތްﷲ ހަމްދުކުރަން އާމީން ޔާﷲ މިމަކަރުވެރިންގެ ކިބައިން މިގައުމުގެ ނިކަމެތި ރައްޔަތުން ސަލާމައްކުރައްވާ ހެޔޮވިސްނުން ދެއްވާ ފާންދޭވް އަމީން

    38
    2
  7. ޥަގ

    ކޮންމެވެސް އެއްކޮޅަކުން ކެވޭތޯ އެބަ ބަލަން ޖެހޭނު!

    13
  8. ސަދީ

    ފަތުރުވެރިޔާއަށް ކަންތައްކުރި ގޮތުން މާފުޢްޓައް ސަލާމް

    6
    72
  9. ޏ

    މޭޔަރުން އިންތިޚާބުގައި ބަލިވުމަކީ މޑޕ އިނދަޖެހި ވެލި ކައިފިކަމުގެ ހެއްކެކެވެ ލޯކަލްކައުންސިލް އިންތިޚާބުވެސް
    އަދި އެހެން އިންތިޚާބެއްވެސް ދެން ތި މޑޕ އަށް ކާމިޔާބު ނުކުރެވޭނެއެވެ.

    36
    5
  10. ހަވަރު ތިނަދޫ ބިގަރު ކައުންސިލް

    ހަވަރު ތިނަދޫގެ ކުރީގެ ފޮނި ޒާތްކޮޅު ބޮޑު ކިބުރުވެރި ބޮޑާ އިއްޒަތްތެރި ރަށު ކައުންސިލްގެ ދެމެންބަރުންނާއި އަަތޮޅު ކައުންސިލްގެ މެންބަރު ވަނީ ޕްރައިމަރީގަ ބަލިވެފައެވެ. ކެންޕޭނުގެ ލޯންޗު ހަރަދާއި ކެއުމާ ކޮފީއާއި މީހުންނަށް އެއާކޯނާއި ދޮންނަމެށިނާ ފެންމޯޓަރާ ބެހި ފައިސާގެ އަދަދާއެކު 2.5 މިލިޔަން ހަރަދުކުރިކަމަށްވެއެވެ. ތަމްދީހު ނަރީމާ އަމްޖަދު ލުލް

    20
  11. ބުރުސްލީ

    އެއީ އެކުދިން ޖޯޝުގައި ކުލަލަނީ. އެއީވެސް ހެޑުކުއާޓަރުން އަނގައިގެން ކުރާކަމެއް.

    18
  12. މާފުށި

    ސާބަސް މާފުށީރައްޔިތުންނައް ތިޖޯޝުގައިތިއްބަވާ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ

    40
    3
  13. އަލީ

    ދަރިންނޭ ވިސްނާ ފިކުރުކުުރާ ބަޔަކަށްވޭ. އާއިލާތަށް ރޫޅެނީ ރަށްޓެހިން އެކަކު އަނެކަކާ މައްސަލަ ޖެހި ތަޅާ ފޮޅަނީ ކުރިން އެކަތި ގަނޑަކަށް އޮތް ރަށް މިހާރު 4 ބަޔަށް ބައިވެއްޖެ، ހަމަ ތި ސިޔާސީ މީހުންނާ ހެދި ، އެމީހުން ނާން ނާނެ ތި އެންމެން ސުލްހަ ކުރާކަށް އެމީހުން ތިބޭނީ ހެވިފަ ލާރި ކޮޅު ގުނަން. ވިސްނަމާ

    30
    1
  14. ބްރިންދާ

    މިއިންވެސް އިނގެނީ ދިވެހިންގެ ގަމާރުކަން، އެންމެ ފުރަތަމަވެސް ފިޔާތޮށި ކުލަ ލީނަމަ ދޯ؟ ފައިދާ އޮތް ކުލައަކަށް ތި ވިސްނީ، ދެން 2023 ނިންމާފަ އަލުން ރީނދޫ ލާނީކީ އެއްނޫން

  15. ާއަނާ

    ???ނުހޭން ވިޔަކަސް ހެވެނީ ސޮރީ

  16. އ. ޖ. އ

    ކޮބާތަ 0 ވޯޓް ޕްރައިމަރީ

  17. ޢައިސް

    ?????

  18. ދިޔާނާ

    އެމް.ޑީ.ޕީ ހަރުގެ އޭބުނާއިރު އެއީ މީހެއްގެ އިމާރާތެއްދޯ.. އެ އިމާރާތުގެ ވެރިފަރާތުން ބޭނުންވާ ކުލައެއް އެތާހުންނާނީ އެކަން އެގޭބާ؟؟؟؟

    5
    1
  19. އެހާލަތު

    މާދަމާ އަނބުރާ ރީނދޫކުލަ ލާން ހަދައިގެން ދެކުލަ މިކްސްވެ އޮރެންޖްކުލަ އަރާފަ ހުއްޓާ ފެންނާނީ. ރީނދޫކަން ކެނޑޭނީ ކުޑަހިނދުކޮޅަކަށް.

    15
    2
  20. ޕައުލާ

    ޕޮލިސްސްޓޭޝަންގެ ކުލަ އެރަށު ރައްޔިތުން ޕިންކަށް ބަދަލު ނުކުރިކަން ނަސީބު. ފޮލިހުންނަަަށް އެހެރީ ޔޫ ސެޓަކާއި އެކު އޮސްޓްރޭލިޔާގައި 2 އަހަރު ލާދީން ކިޔެވި ރޯނާއެެއް ލިބިފައި