މިދިޔަ ހަފްތާގައި ހަރުކަށި ފިކުރުގެ ބަޔަކު ހުޅުމާލޭގައި ތިން ބިދޭސީއަކަށް ދިން ހަމަލާ އާއި ގުޅުން ހުރި އެންމެ އިސް މީހަ ހައްޔަރުކޮށްފި ކަމަށާއި ހަމަލާ ދިން މީހުން އާއްމުކުރި ވީޑިއޯގައި ބުނާފަދަ ގެއްލުމެއް ކުރިއަށް އޮތްތަނުގައި ނުދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ފަތުރުވެރިންތަކަށް ހަމަލާދިން ހާދިސާއަކީ މިފަދަ އަމަލުތައް ހިންގާ ބޭރުގެ އެހެނިހެން ފަރާތްތަކުން އެކަންކަން ހިންގާ ގޮތަށް ރާވައިގެން އެވިސްނުމުގައި ހިންގި އަމަލެއްކަމަށެވެ. އެކަން ރޭވި މީހުންގެ ވިސްނުންހުރީ ވަރަށް ފުޅާކޮށް އެއަމަލު ހިންގުމަށްކަމަށާއި، އަދި ދައުރުވި ވީޑިއޯވެސް އުފެއްދީ އެ ހަމަލާދިނުމަށް ރޭވި ވިސްނުމުގެތެރެއިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހަމަލާ އިންތިޒާމުކުރި ފަރާތްތަކުން ބޭނުންވި ފުޅާމިނުގައި އެކަން ނުކުރެވުނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން، ޚާއްސަކޮށް ފުލުހުން އަޅާފައިވާ ހަރުދަނާ ބައެއް ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ.

"އެވީޑިއޯއާގުޅޭ ގިނަ މައުލޫމާތުތަކެއް އަޅުގަނޑުމެންނަށް ހޯދިއްޖެ. އެހެން ނަމަވެސް އެކަމުގައި ބަލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރި. އެ ވީޑިއޯގައި ބިރުވެރިކަން ގެނައުމައްޓަކައި އެހާމަކުރި ހާމަކުރުން، ނުވަތަ އެވިސްނި ވިސްނުން އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމާއިދޭތެރޭ ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް" ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ހުޅުމާލޭގައި ދިން ހަމަލާ އާއި ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާ އަކީ ނިރުބުވެރި ހަމަލާއެއް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ހަމަލާ އާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ.

ހަމަލާއަށް ފަހު އައިއެސްއަށް ތާއިދު ކުރާ ބަޔަކު ހިންގާ "ޓެލެގްރާމް" ގްރޫޕެއްގައި އާއްމު ކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި ވެސް ހަމަލާތަކެއް ދޭނެ ކަމަށާއި ނަމަވެސް އެހަމަލާތައް ދޭނީ ކޮންއިރަކު، ކޮންތަނެއްގައި ކަން ސަރުކާރަށް ލަފާކުރަން ވެސް ނޭނގޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބެއްޔާ

    ތީ ސަރުކާރުން އަމިއްލަ ހިންގާ ޖަރީމާތަކެއް. ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭތީ އެމްޑީޕީ ބަލިވަމުންދާތީ ހަމްދަރުދީ ހޯދުމަށް ކުރާކަންކަން.

    106
    24
    • އ. ޖ. އ

      ކޮއްކޮ މެން ދެން ބަސްއަހައިގެން ބޯލާ

      22
      7
      • އިމްނަ

        2002 ފެށިގެން 2009 ޖެހެންދެން މި ރާއްޖޭގައި ހަރުކަށި ފިކުރަަށް ހިތްވަރުދީ އެކަން ޕުރަމޯޓުކުރި މީހަކު މިއަދު ހޯމް މިނިސްޓަރު ކަމަށް އައިސް ޕޯޑިޔަމް ކުރިމަތީ ހަރުކަށި ފިކުރު ނައްަތާލަނަމޭ ބުނީމާ ހަމަ ސުވާލުތަކެއް ސިކުނޑިއަށް ޖަމާއެބަވޭ...

  2. ތާޖު

    ތިޔައީ މިގައުމުގަ އިސްލާމްދީން ފުހެލަން ރާވައިގެން ހިނަގާ ޖަރީމާއެއް. ޙަރުކަށިފިކިރޭ ކިޔާ ތިޖަމާއަތް ފައިސާދީގެން ހިންގަނީވެސް ރޭވުމެއްގެތެރެއިން. ޢަރަބި އިސްލާމީ ދައުލަތްތަށް ފުނޑާލަން ބޭނުންކުރި އުކުޅު މިހާރު މިގައުމުގަވެސް ބޭނުން އެކުރަނީ.

    79
    10
  3. ގަނޑިޔާ!!!

    ތިމީހުންގެ ފޮޓޯ އަދި މަޢުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރައްވާ.. ތިވަރުގެ ނުބައި ޖާހިލު ބައެއް އެންމެންގެ ސަލާމަތަށްޓަކައި އިނގެން ޖެހޭ އެބަ. އަދި އެ މީހުންނަށް ނުފުރޭނެހެން ޕާސްޕޯޓުވެސް ހިފެހެއްޓުންވެސް ބުއްދިވެރި.

    78
    7
    • އޭ

      ސިޔާސީ ރޭވުމަކުން ދޭ ޙަމަލާގެ ބައިވެރިން މީޑިއާގެ ކުރިމައްޗަށްް ނުގެނެވި ދާނެ

      18
      1
  4. ދޫރު

    ރާއ

    10
  5. ވެރިން

    ތި މީހުންގެ ވަނަވަރު ހާ މަކުރަން ގޮވާލަން، ތިވަރުގެ ނުބާއިބައެއް ހުރިހާ ރައްޔިތުން އިގެން ޖެހޭނެ، އޭރުން ދޯ ވަގަށް ޝަހިންދާ މެން،އުފާ މެން ފުރާއިގެން ދިޔަހެން ދާން އުޅުނަސް ފެނުނީ މމަ އިނގޭނީ .

    32
    2
  6. ސުވާލު

    މި ހުރިހާ ކަމެއްގެ އަޑީގައި ހުންނަނީ އަންނި. އޭނަައަށް އެނގުނު އަފްރާޝީމް މަރުގެމައްސަލައިގައި ބައިވެރިވިމީހުން ފުރިކަން އެފްބީއައި ގެ ތަހުގީގައްވުރެ ކުރިން. ތިކަމުގައިވެސް އޭނަގެ އަތެއްވާނެކަން ގަބޫލު ކުރެވޭ.

    45
    2
  7. ނަން

    ކީއްވެ ނުދެވެންވީ؟ މިތާ ކޮމެންޓް ކުރަން މިތިބީވެސް އޭގެ މީހުން . އެމީހުން ހުހެއްވެސް ނުކުރެވޭނެ. އެވިސްނުން ވެސް. އެއީ އެބުނާ އަނދިރި ދައުލަތް.

    6
    25
  8. ސޮރު

    ކަލޭ ވަކިކުރަން ނަޝީދު ކުރުވި ކަމެއް ޤަމާރު

    25
    4
  9. ޗިޕޭ

    ސިޔާސީ ރޭވުމެއް ޝޭޚު ދޮގު ނުހަދާށޭ.
    ޓެރަރިސްޓް ހަމަލާތަކުގެ 70 ޕަސަންޓް ހަމަލާ އަކީ ވަކި ބަޔަކު ހައްޔަރު ކުރުމަށް އުޒުރެއް ހޯދާ މުސްލިމުންނާ މެދު މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެއްދުމުގެ ބޭނުމުގަ ދެވޭ ޙަމަލާތަކެއް. 20 ޕަސަންޓް ހަމަލާތަކަކީ އިލްމެއް ހިލްމެއް ނެތް ކުދިންގެ ބޮލަށް ސިޔާސީ މީހުން ޗިޕު ޖަހައިގެން ސުވަރުގެ ލިބޭނެކަމަށް ވިސްނަދީގެ ދެވޭ ޙަމަލާތަކެއް. 3 ޕަަސަންޓް ހަމަލާތަކަކީ ހަމަލާ ދޭ މީހާގެ ފެމިލީ ބަޔަކު މާރާލުމުން ބަދަލު ހިފުމުގެ ރޫހުގައި ދެވޭ ޙަމަލާ. 7 ޕަސަންޓް ޙަމަލާ ތަކަކީ ބޯގަޅިން ދޭ ހަމަލާ، އެއީ މިސަާލަކަށް އިހައްދުވަހު ތައިލޭންޑް ގައި ދެވުނު ޙަމަލާގެ އިތުރުން ނިއުޒިލޭންޑް މިސްކިތުގައި ދެވުނު ކަހަލަ ޙަމަލާތައް، މި އީ ކޮންމެ ދީނެއްގައި ވެސް އުޅޭނެ ކަމަށް ބެލެވޭ ބަޔެއް.

    29
    3
  10. އ. ޖ. އ

    👏🏾

    1
    2
  11. Anonymous

    ކަމާއި ނުވެސް ބެހޭ ބަޔަކު ހައްޔަރުކޮއްގެން ކަލޭމެން ކޯއްޗެއް ހާސިލް ކުރަންބާއޭ ހިތައް އަރާ

    16
    2
  12. Anonymous

    ތީ ހުސް ހޮޅިވާހަކަ!ތީ ހަމަ ކުޅުނުގޭމެއް !ތިބުނާ އައިސް މީހުންކުރަކަމެއްނަމަ މަރާލާފަނޫނީ އެމީހުންނުދާނެ!އަހަރެން އެމީހުންނަށް ތާއީދުކުރަނީއެއްނޫން!ތީހަމަ ކޮންމެވެސް ކަމެއްހާސަލުކުރުމައްޓަކާ ކުޅުނު ގޭމެއް!ސ ގަމުގަޔާ އެހެން ރަށްރަށުގަ ވަކިހިއްޕާލައިގެން އުޅޭއިންޑިޔާ ސިފައިން ބޭރުކުރެވޭތޯ ބެލިއްޔާވެސް މާ ތާހިރުވާނެ!އެމިހުން މިރާއްޖެއަށް ގެންނަ އެއްވެސް އެއްޗެއް ކަސްޓަމްސްއަށް ޗެކްކުރުމުގެ ހުއްދައެއްވެސްނޯވޭ!އެމީހުންގެންނަނީ ކޯޗެއްކަންވެސް ނޭގޭ !ގައުމު އަޅުވެތިވެނިމިއްޖެ

  13. ޕަޕެޓް

    މިނިސްޓަރުކަން ގެއްލިދާނެތީ ތެޅިފޮޅެނީ

  14. ޢަލީ

    ވެރިންނަކީ ވަގުންނަށްވީމާ މިކަންމިހެންދާނެ! ކުރިންވެސް އެމަންޒަރު މިހާރުވެސް އެމަންޒަަރު! ދެކޮޅުގަ އެއްވަރަކަށް މޮޔައިން ތިބީމާ ވާނީ ދެންމިކަހަލަ ގޮތެއް! ދެކޮޅުންވެސް ހަޖަމު ކޮށްލާ! ސަހަލަ ބަޔަކު ނެތޭ! ވިސްނާމީހަކަށް ދެކޮޅުގަވެސް އުޅެނީ އެއްބައެއްކަމާއި މިދައްކާވާހަކަ ތެދުކަން ނުހަނު ފަސޭހައިން ފަހުމްވާނެ! ޔާ ﷲ އަޅަމެންނަށް ތެދުމަގު ދައްކަވާންދޭ!

  15. Anonymous

    ގަދަބަސް ނުބުނޭ ، ގަދަބަސް ނުބުނޭ. ތިކަހަލަ ހިރިހާ ހަ މަލަޔަކާ ޓެރަރިޒަ މްގެ އަސްލަކީ ރުޅިވެރިކަން އުފެދި ހިނގާ ކަންކަން. ތި އުފެއްދެނީ ރުޅިވެރިކަމަ ޒާތީ ހަސަދަ. ތި ލީޑުކުރަނީ ޓެރަރިޒަމަށް.